"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމަށް ދިން ހުއްދަ ބާޠިލް ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މ.ކެލަން, މުޙައްމަދު އިސްމާއިލަށް 3 އޮކްޓޯބަރ 2021 ގައި ކޮމިޝަނުން ދީފައިވާ ހުއްދަ ބާޠިލް ކުރުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
ހުއްދަ ބާތިލުކުރި ވަކި ސަބަބެއް އީސީއީން ހާމަކޮށްފަ އެއް ނުވެއެވެ.
މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ "ކަރިޝްމާ ޕާޓީ"ގެ ނަމުގައެވެ. ނަން ބަދަލުކޮށް އަލުން ހުށަހެޅީ އެނަމުގައި ޕާޓީއެއް އުފައްދަން އީސީއިން ހުއްދަ ނުދިނުމުންނެވެ.
"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމިއިރު، އެންމެފަހުން އުފެއްދުމުގެ މަސައްކަތްފެށި އެއްޕާޓީ ކަމަށްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބޭނުންވާ މެންބަރުޝިޕް ހަމަކޮށް، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ މި މަހުގެ 8 ވާ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މ.ކެލަން, މުޙައްމަދު އިސްމާއިލަށް 3 އޮކްޓޯބަރ 2021 ގައި ކޮމިޝަނުން ދީފައިވާ ހުއްދަ ބާޠިލް ކުރުމަށް މިއަދު ކޮމިޝަނުން ނިންމައިފި.@mvpeoplesmajlis @presidencymv @judiciarymv @PoliceMv
— Elections Commission (@ElectionsMv) October 5, 2021
އެއީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފައްދަވާ ޕާޓީއެކެވެ.
މީގެއިތުރުން "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވާ ގެންދަވަނީ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!