ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މޭ 6 ވަނަ ދުވަހުގެ ރޭ ވަނީ ބޮމެއް ގޮއްވާލާފައެވެ. މި ހާދިސާއާ […]
އަލީ އާދިލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން 2023 ވަނަ އަހަރަށް ފަހު ރާއްޖެ ވެގެންދާނީ “ރިބާ ފްރީ” ރާއްޖެ އަކަށްކަމަށް ވިދާޅުވެއްޖެ އެވެ. “ރިބާ ފްރީ މޯލްޑިވްސް” ޝިޔާރު، ޑރ. ޝިހާމް މިކަން އިއުލާންކުރެއްވީ އިއްޔެ ކުރެއްވި ޓުވިޓެއް މެދުވެރިކޮށެެވެ. އެޓުވިޓުގައި ވިދާޅުވެފައިވަނީ އިރާދަ ކުރެއްވިއްޔާ 2023 ވަނަ އަހަރަށްފަހު ރާއްޖެ “ރިބާ ފްރީ” ވެގެންދާނެކަމަށެވެ. އެޓުވިޓަށް ރައްދުދެއްވާ އާންމު ރައްޔިތަކު ކުރެއްވި ޓުވީޓެއްގައި ވަނީ ބީއެމްއެލްގެ ބޯޑް […]
އިބްރާހިމް އަސްވާޤް
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ނޫން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ފޭސް 1 އަދި 2 ގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ވަނީ ޑިސެމްބަރު 8 ވަނަ ދުވަހު ބާތިލްކުރުމަށް ފާސްކޮށްފައެވެ. މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިގޮތަށް ފާސްކުރީ […]
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާގައި، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިއިން ދެމުންދިޔަ ޚިދުމަތްތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވި...
ޔުމްނާ ޢަލީ
ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދަށް ބައިނަލްއަޤްވަމީ އެވޯޑެއް ލިބިއްޖެއެވެ. އެކި ދާއިރާތަކުން މީހުން ބިނާކޮށް، މަތީ ތައުލީމްގެ ގިނަ ފުރުޞަތުތަކެއް ހުޅުވާލަދީފައިވާ އެވިޑް ކޮލެޖްގެ ޗެއާމަން މުސްތާޤަށް ލިބިވަޑައިގެންނެވީ ސައުތް އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް 2021ގެ ވިޝަނަރީ ލީޑަރޝިޕް އިން އެޑިއުކޭޝަން އެންޑް ލަރނިން ޑިވެލޮޕްމެންޓް އެވޯޑެވެ. މި އެވޯޑް މުޝްތާގަށް އަރުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބުގ...
އައިޝަތު ނަސާޔާ
ދުނިޔެމަތީގައިވެސް ރަނގަޅު ގޮތްތައް މެދުވެރިވާނީ، އަޅުގަނޑުމެން އިންސާނުން، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، އެޗް.އާރް.ސީ.އެމް.އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނ...
ޙުސައިން ޝަހުދީ
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ ތަހުގީގު ރިޕޯޓެއްކަމަށް ބުނެ ފަތުރަނީ ފޭކެއްކަމަށާއި އެކަން ތަހުގީގު ކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެމައްސަލަތަކުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓެއްކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުމާ ގުޅޭގޮތުން ފުލުހުންވަނީ މިއަދު ނެރުނު ނޫސް ބަޔާނެއް ނެރެފަ އެވެ. އެނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތ...
އިބްރާހިމް އަސްވާޤް
ލޯންޗަކާއި ޓެކްސީ އެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ބަލައިފާސްކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެކާ ދިމާލު ފަޅުތެރޭގައި ތޮށިގަނޑާ ކައިރިކޮށްފައި އޮތް ލޯންޗެކެވެ. އަދި ބަލައިފާސްކުރި ޓެކްސީ ވެސް އޮތީ އެ ސަރަހައްދުގައެވެ. މި ލޯންޗާއި، ޓެކްސީ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ. މި ބަނގުރާތައް އަތުލައި، ފަސް މީ...
ޔުމްނާ ޢަލީ
ކޯވިޑް-19 ބަލީގައި ބ. ދޮންފަނަށް ނިސްބަތްވާ މީހަކު ނިޔާވެއްޖެއެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މިއަދު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ އެ އަތޮޅު ދޮންފަނު 80 އަހަރުގެ އަންހެނެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެމީހާ ނިޔާވީ ރޭ ފަތިހު 6:35 ގައެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިއީ މިބަލީގައި ރާއްޖެއިން ނިޔާވި […]
ޝިއުނާ އާދަމް
ބޭނުންފުޅުވީ ކޮތަރުކޮށި ހުރި ސަރަހައްދުގައި ކޮތަރުތައް އުދުހޭތަން ބަލައިލަން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމް މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ބާތިލުކުރުމުން މި މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީގެ ކާނިވަލުގައި ވަނީ އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖަލްސާއެއް ބާއްވާފައެވެ. އަދި އެ ޖަލްސާއަށްފަހު މި މަހުގެ 10 […]
އަލީ އާދިލް
ވެރިކަމުގެ މަސްއޫލިއްޔަތާއި، ޒިންމާގެ ބޮޑުކަމާއި މަތިވެރިކަން، ދައްޗާއި ތުރާލާއި އުނދަގުލުގެ ތެރޭގައިވެސް އެމަނިކުފާނުގެ ހަނދާނުން ކެހިގެނެއްނުދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ކ. ގާފަރުގައި ރޭ ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވިގޮތުގައި ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުގ...
ޙުސައިން ޝަހުދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކ. ކައުންސިލުން އަދި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންދެވީ، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގާފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި ގާފަރު ކައުންސިލުން ވ...
އައިޝަތު ނަސާޔާ
“ކަންނެތް މަދު ވިޔަފާރިވެރިންކޮޅެއްގެ ކޮންޓްރޯލުން” ކަންނެލި މަސްވެރިކަން ސަލާމަތްކޮށް، އެ މަސައްކަތް ގައުމީ ސިނާއަތަކަށް ހަދައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)އިން ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިހެން ގޮވާލީ، މިއަދު ފާހަގަކުރަމުންދާ އެ ޖަމިއްޔާގެ ފުރަތަމަ އަހަރީ ދުވަހުގެ ޖަލްސާގައެވެ. އެ ޖަލްސާފެށުމުގައި، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަތުމުން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ވަނީ އެ މަނިކުފާނަށް ހުށަހަޅާފައެވެ. މިގޮތުން މ...
ޙުސައިން ޝަހުދީ
ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތަކާއި ދިގުމުއްދަތުގައި ކުރެވެންހުރި ކަންތައްތައް، ތަރުތީބެއްގެ ތެރެއިން ކުރަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)ގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތު ކަންނެލި ދޯނި ފަހަރުގައި ކުރިއަށް ދަނިކޮށް އެތަނަށް ވަޑައިގެން ބޮޑުކަންނެލި މަސްވެރ...
ޙުސައިން ޝަހުދީ
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑުއެއްސެވުމަށް މިއަދު ކަންނެލި ދޯނިތަކަށް ވަޑައިގެންފިއެވެ. މިއަދަކީ މިއަހަރުގެ މަސްވެރިންގެ ދުވަހެވެ. އަދި މިއަދަކީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)ގެ ފުރަތަމަ އަހަރީ ދުވަހެވެ. އެ ޖަމިއްޔާއިން އޮތީ މިއަދު ދެއެއް ޖަހާއިރު އެޖަމިއްޔާގެ އަހަރީ ޖަލްސާ ކަންނެލި ދޯނިތަކުގައި ތިބެގެން ކުރިއަށް ގެންދަން އިންތިޒާމްކޮށްފައެވެ. އަދި މިއަދު ހަވީރު 4 ޖަހާއިރު ކަންނެލި މަސްވެރިންގެ އަޑު އިއްވުމ...
ޙުސައިން ޝަހުދީ