ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން 2023 ވަނަ އަހަރަށް ފަހު ރާއްޖެ ވެގެންދާނީ "ރިބާ ފްރީ" ރާއްޖެ އަކަށްކަމަށް ވިދާޅުވެއްޖެ އެވެ.
"ރިބާ ފްރީ މޯލްޑިވްސް" ޝިޔާރު، ޑރ. ޝިހާމް މިކަން އިއުލާންކުރެއްވީ އިއްޔެ ކުރެއްވި ޓުވިޓެއް މެދުވެރިކޮށެެވެ. އެޓުވިޓުގައި ވިދާޅުވެފައިވަނީ އިރާދަ ކުރެއްވިއްޔާ 2023 ވަނަ އަހަރަށްފަހު ރާއްޖެ "ރިބާ ފްރީ" ވެގެންދާނެކަމަށެވެ.
އެޓުވިޓަށް ރައްދުދެއްވާ އާންމު ރައްޔިތަކު ކުރެއްވި ޓުވީޓެއްގައި ވަނީ ބީއެމްއެލްގެ ބޯޑް މެންބަރަކަށްވީ އެކަން އިސްލާހު ކުރައްވަންނޫތޯ އާއި ނިމިގެން ދިއައީ އެކަން އިސްލާހު ނުވެކަމަށެވެ. އެއަށް ރައްދު ދެއްވަމުން ޑރ. ޝިހާމް ވިދާޅުވެފައިވަނީ، ބީއެމްއެލް އިސްލާމީކް އުފެއްދީ އެބޭފުޅާކަމަށާއި ބީއެމްއެލްއިން ވަކިވާން ޖެހުނީ މުޅި ބީއެމްއެލް އެކީ އިސްލާމިކް ބޭންކްއަކަށް ބަދަލުކުރަން މަސައްކަތް ކުރަމުން ދަނިކޮން ކަމަށެވެ.
ބީއެމްއެލްގެ ކުރީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން 2023 ވަނަ އަހަރަށް ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އިޢުލާން ކުރެއްވީ މި އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.
Insha Allah after 2023, Maldives will be a “Riba Free Maldives”.
— Dr.Abdullah Shiham Hassan (@ShihamDr) December 13, 2021
މީގެ ކުރިން 2018 ވަނަ އަަހަރުގެ އިންތިޚާބުގައި ވާދަަކުރައްވާނެކަން ޝިހާމް އިއުލާން ކުރެއްވިއެވެ. ނަމަވެސް ފަހުން އެފަދަ މާހައުލެއް ގާއިމް ވެފައިނެތްކަމަށް ބުނެ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.
ޑރ. ޝިހާމް ވަނީ ފިގުހު އެކަޑަމީގެ މެމްބަރުކަން ހަތަރު އަހަރު ކުރައްވައި އޭގެ އިތުރަށް އިސްލާމިކް މިނިސްޓްރީގައި އަދި ގައުމީ ޔުނިވާސިޓީގައި ވެސް މަސައްކަތްޕުޅު ކުރައްވާފައެވެ.
BML ISLAMIC ufedhdhee alhugandu Board ge Chairman akah huregen. Adhi mulhi BML ekkoh Islamic Bank akah badhalukuran alhugandu masakkaiy kuranikoh vakivaanjehunee.
— Dr.Abdullah Shiham Hassan (@ShihamDr) December 13, 2021
އިސްލާމިކް މިނިސްޓްރީގައި ގައުމީ ޔުނިވާސިޓީގައި މަސައްކަތްޕުޅު ކުރައްވާފައިވާ ޝިހާމް ވަނީ ފިގުހު އެކަޑަމީގެ މެމްބަރުކަން ހަތަރު އަހަރު ކުރައްވާފަ އެވެ. އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ގާނޫނީ ލަފާ ދެއްވެވި ޝިހާމަކީ ފަރިތަކޮށް އަރަބި ބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!