މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 805 ވަނަ ޞަފްޙާ

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު!

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު!

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 13:30 އިން ފެށިގެން ހަވީރު 17:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ އެވެ. Alert white for […]

އަލީ އާދިލް
އިދިކޮޅުން ބާއްވާ "ކޮތަރުކޮށި ޖަލްސާ" ކާނިވަލުގައި ބާއްވަން ނިންމައިފި

އިދިކޮޅުން ބާއްވާ "ކޮތަރުކޮށި ޖަލްސާ" ކާނިވަލުގައި ބާއްވަން ނިންމައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭ ފޭސް 2 ގައި ބާއްވަން ޢިއުލާންކޮށްފައިވާ “ކޮތަރުކޮށި ޖަލްސާ” މާލޭގެ ކާނިވާ ސަރައްދުގައި ބާއްވަން ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ބުނެފައިވާ ގޮތުގައި “ކޮތަރުކޮށި ޖަލްސާ” ދެން އޮންނާނީ މާދަމާ ރޭ މާލޭގެ ކާނިވަަލުގައެވެ. އެ ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ 20:30 ގައެވެ. ދެވަނަ ފޭސްގެ ހިޔާފްލެޓް ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ...

އަލީ އާދިލް
"ޕްރޮޓްކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަނީ

"ޕްރޮޓްކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަނީ

“ޕްރޮޓްކޯލް އެމެންޑިންގް ދަ ޓްރިޕްސް އެގްރީމަންޓް” ދިވެހިރާއްޖެއިން ޤަބޫލުކުރުމަށްޓަކައި، އެ މުއާހަދާއަށް ރުހުން ހޯދުމަށް ރައްޔިތުން މަޖިލީހަށް ހުށައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން ( ޑަބްލިއު.ޓީ.އޯ) ގެ “ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސ (ޓްރިޕްސް)” އެއްބަސްވުމަށް ބަދަލު ގެނައުމަށް އެކުލަވާލާފައިވާ މި ޕްރޮޓްކޯލަށް މަޖިލީހުގެ ރުހުން ހޯދަން ހުށައެޅުމަށް ރައީސް ޞާލިޙް ނިންމާފައި ވަނީ ވަޒީރުން...

އައިޝަތު ނަސާޔާ
ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް ހުޅުވައިފި

ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފިއެވެ. ހިޔާ ފްލެޓްތަކުގެ ދެކުނު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މަސްޖިދު އަބީ ބަކްރިއް ސިއްދީޤް ނަން ދީފައިވާ މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތްކުރާ ވަގުތީ ދެ މިސްކިތުގެ ތެރެއިން ފުރަތަމަ މަސައްކަތް ފެށި މިސްކިތެވެ. މި މިސްކިތް އިމާރާތްކޮށްފައި ވަނީ ޔެސް މޯލްޑިވްސް […]

ޔުމްނާ ޢަލީ
"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" އުފެއްދުމުގެ ހުއްދަދީފި

"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" އުފެއްދުމުގެ ހުއްދަދީފި

އިލެކްޝަން ކޮމިޝަން (އީސީ)އިން “ނެޝަނަލް އިންޓެގްރޭޝަން ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދީފިއެވެ. “ނެޝަނަލް އިންޓެގްރޭޝަން ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ، ސ.ހުޅުދޫ/ ރަސްގެދަރު، މުޙައްމަދު ޔާސީނަށެވެ. އީސީން ވަނީ “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވެސް ދީފައެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. […]

އަލީ އާދިލް
މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދަނީ

މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދަނީ

މިދިޔަ ނޮވެމްބަރ މަހު މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ. އެ އިއުލާނުގައި ފުލުހުން ބުނެފައިވަނީ ވައްކަން ކުރި ކަމުގެ ތުހުމަތުގައި މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ މިހާތަނަށް ކުރެވުނު މަސައްކަތުން ކާކުކަން ނޭނގުމުގެ ސަބަބުން މި 2 މީހުން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ މި އިއުލާނާއިއެކު އެ ދެމީހުން ފެންނަ ވީޑިއޯ ކޮޅެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ. […]

އައިޝަތު ނަސާޔާ
އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައި ވެސް ތިބުން ވަރަށް މުހިންމު: މައުސޫމް

އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައި ވެސް ތިބުން ވަރަށް މުހިންމު: މައުސޫމް

އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައިވެސް ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ އޮފް ޓޫރިމަށް ޑރ. ޢަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަފަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި ޕްރޮގްރާމް ޑިޒައިންކޮށް، މި ތަމްރީން ޕްރޮގްރާމް ފުރިހަމައަށް އިންތިޒާމް ކޮށްދެ...

ޙުސައިން ޝަހުދީ
ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް 109 ފަރާތަކުން ފުރިހަމަކޮށްފި

ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް 109 ފަރާތަކުން ފުރިހަމަކޮށްފި

ރާއްޖޭގެ ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް 109 ފަރާތަކުން ފުރިހަމަކޮށްފިއެވެ. މި ޕްރޮފްރާމް ނިންމުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި މިއަދު ބާއްވަފައިވާއިރު، މި ޕްރޮގްރާމްއިން ފާސްވި 87 ފަރާތަކަށް ވަނީ ސަނަދު ޙަވާލުކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 207 ބައިވެރިންނެވެ. މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރެއްވީ 109 ބައިވެރިންނެވެ. ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަތީބުން ތަމްރީނު ކުރުމަށް ހިންގި މި ތަމް...

ޔުމްނާ ޢަލީ
މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެ ސިޓީއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ފުލުހުން ބުނެފައިވަނީ މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. ގެއްލިގެން ހޯދަމުންދާ މީހަކީ ދ. މީދޫ / ނޫރާނީވިލާ، ޢަލީ އިސްމާޢީލް (54އ) ކަމަށް ފުލުހުން ބުނެފައިވެއެވެ. ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށާއި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމު...

އިބްރާހިމް އަސްވާޤް
އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް

މިފެށޭ 2022 ވަނަ އަހަރުގެ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވާގޮތުން މިއަންނަ އަހަރަށް ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ އިތުރު 4 ދުވަހެއް ކަނޑައަޅުއްވާފައެވެ. މިގޮތުން ފުރަތަމަ ދުވަހަކަށް ކަނޑައަޅުއްވާފައި ވަނީ އަންނަ އަހަރުގެ މޭ 5 ވަނަ ދުވަހެވެ. މޭ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތް ތެރިންގެ ދުވަސްކަމަށްވާތީ އެ...

އައިޝަތު ނަސާޔާ
ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ ހުޅުވައިފި

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ ހުޅުވައިފި

ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. ޑިފެންސް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެ...

އައިޝަތު ނަސާޔާ
ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް ބަންޑުންކޮށްލަން އިހުތިޖާޖަށް ނިކުންނަނީ

ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް ބަންޑުންކޮށްލަން އިހުތިޖާޖަށް ނިކުންނަނީ

މިހައަހަރުގެ މަސްވެރިންގެ ދުވަހު، ބޮޑުކަންނެލި މަސްވެރިންގެ އަޑު އިއްވުމަށް އިހްތިޖާޖަކަށް ތައްޔާރުވަމުން ދާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 އަކީ، ބީކޭއެމްޔޫގެ ވެސް ފުރަތަމަ އަހަރީ ދުވަހެވެ. އެ ޖަމިއްޔާގެ އިފްތިތާޙީ ޖަލްސާބާއްވައި، ފުރަތަމަ ހިންގާ ކޮމިޓީ އިންތިޙާބު ކޮށްފައި ވަނީ މިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު...

ޙުސައިން ޝަހުދީ
މަސްވެރިންގެ ދުވަހާއި ގުޅިގެން މަސްވެރިންގެ ފޯރަމެއް ބާއްވަނީ

މަސްވެރިންގެ ދުވަހާއި ގުޅިގެން މަސްވެރިންގެ ފޯރަމެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިންގެ ފޯރަމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. އެ މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކ. ގާފަރުގަ އެވެ. މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި މަސްވެރިކަމުގެ އުޅަނދު ފަހަރަށް އަންނަމުންދާ ބަދަލު ތަކުގެ އިތުރުން 5 ވަނަ ޖެނަރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ...

އައިޝަތު ނަސާޔާ
ދެ ބިލެއް ތަޞްދީޤު ކުރައްވައިފި

ދެ ބިލެއް ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ ބިލެއް މި އަދު ތަޞްދީޤު ކުރަށްވައިފިއެވެ. އެ ދެ ބިލަކީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޖިންސީ ކުށުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 2021 ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން […]

އަލީ އާދިލް
ކޯވިޑްގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭގެ އިލްތިމާސެއް

ކޯވިޑްގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭގެ އިލްތިމާސެއް

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަންދީ، ކޯވިޑްގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެއްބާރުލުން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކޯވިޑް-19 ގެ އާ ވެރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ ‘ޓޭރިއަންޓް އޮފް ކޮންސަރން’ އެއް ކަމުގައި ނޮވެމްބަރ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައިވާކަން ފާހަގަ ކުރަށްވާފައެވެ. ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން...

ޝިއުނާ އާދަމް