ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ މޭރީ ބްއަރުންއާ ދިމާ ޖެޓީ ކައިރިންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ދޯދިލް، މައިޝަމް މުޙައްމަދު (20އ) އާއި، ނ. ކެނދިކުޅުދޫ، ކުޅުދޫ. ގުލްފާމްގެ، ޒަޔާން ޔޫސުފް (23އ) އެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ މެއި 21 ވަނަ ދުވަހު ހުޅުމާލެ […]
ޔުމްނާ ޢަލީ
ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ އެބޯލާ އާއި ހަންޓާ ވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެބަލިތައް ފެތުރޭ ސަރަހައްދުތަކުން އަންނަ ދަތުރުވެރިން ސްކްރީން ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި “ޕްރެސަރ ވިތު ދަ ސްޕޯކްސް” ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، ދުނިޔޭގެ އ...
ޝިއުނާ އާދަމް
ރާއްޖޭގައި ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ މޭޒެއް ގާއިމުކޮށްފިއެވެ. މި މޭޒު ބަހައްޓާފައިވަނީ ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ފަރާތްތަކަށް ލަސްނުކޮށް ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި، މި ދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަ އިސްކަމެއ...
ޔުމްނާ ޢަލީ
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އުސޫލަށް ގެންނަ ބަދަލުތަކާއެކު މި މުއްދަތު މީގެ ކުރީން ވެސް ވަނީ އެކިފަހަރުމަތިން އިތުރުކޮށްފައެވެ. އެންމެފަހުން ދިން މުއްދަތު ކުރިން އޮތީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާގޮތަށެވެ. ހައުސިން މިނިސްޓްރީން މިފަހަރު ޖޫން މަހުގެ 15 ވަނަ ދުވަހުގެ […]
ޔުމްނާ ޢަލީ
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ ފޯމުތަކަކަށް ޖަވާބުދީ ނިމިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ. ތަރުޖަމާނު ވިދާޅުވީ، ޤާނޫނުގައި އިސްތިސްނާކޮށްފައިވާ ދާއިރާތައް ފިޔަވައި، ރައީސް އޮފީހަށް މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅި ހުރި...
ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނަކު މިއަދު ދަސްވެނިވެއްޖެއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދަސްވެނިވި ހުރިހާ ޒުވާނުންނަށް މަރުޙަބާ ވިދާޅުވެފައެވެ. މި ފަހަރު ދަސްވެނިވި ޒުވާނުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ. ރައީސްގެ މެސެޖުގައި މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، އެ […]
ޔުމްނާ ޢަލީ
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ‘’މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.’’ ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯ އިން ބުނީ މާލެ އާއި ހުޅުމާލޭގެ އިންޖީނުތައް ހިންގައި އަލުން ކަރަންޓް ދެމުން އަންނަ ކަމަށެވެ. މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މެންދުރު 12 ޖަހާކަށްހާއިރުއެވެ. މާލެ އާއި ހުޅުމާލޭގެ […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ގޮވާލުމުން، އެމަނިކުފާނުގެ އެންމެ އަރިސް ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ހިނިފުޅުވަޑުވަން ހުންނަވާ ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ. ޝުޖާއު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި އއ. ތޮއްޑޫގެ ޕީއެންސީގެ ކެންޑިޑޭޓުން ހޯދި...
އަލީ އާދިލް
ބަނގުލަދޭޝްގެ ނާރަޔަންގަންޖްގައި އޮތް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުން ނަންދެވިފައިވާ މަޝްހޫރު ފީނި (albino) ގެރިއެއް ކުރިއަށް އޮތް އަޟްޙާ އީދުގައި ގުރުބާން ކުރުމަށް ތައްޔާރުވެއްޖެއެވެ. ބަރުދަނުގައި 1،500 ޕައުންޑް ހުންނަ މި ގެރިއަށް “ޑޮނަލްޑް ޓްރަމްޕް” ގެ ނަން ދީފައިވަނީ އޭގެ ބޯމަތީގައި ހުންނަ ރަންކުލައިގެ އިސްތަށިގަނޑު ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރުވުމުންނެވެ. މި ތަފާތު ސިފަތަކުގެ ސަބަބުން މި ގެރި ވަނީ އެ ސަރަހައްދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. މި ގެރީގެ ވެރިޔާ، އުމުރުން...
ނާޒިމާ އަލީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިޔުޑީސީތަކުގެ) ރައީސުންގެ މުސާރަ މުރާޖަޢާކޮށް ބަދަލުގެނެސްފިއެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފަހުން ނިންމާފައި ވަނީ، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އާއި އިނާޔަތަށް 41,500 ރުފިޔާ އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރައާއި އިނާޔަތަށް 21،000ރ. ދިނުމަށެވެ. މިކަން އިއްޔެ މީޑިއާގައި އާންމުކުރުމުން ގެ އަދަދާއި މެދު އާންމު ބޮޑު ބަހުސަކަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން...
ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ. މީސްމީޑިއާ މެދުވެރިކުރައްވައި، މަރްޙޫމް ޢަލީ ޒުބައިރުގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އަލްމަރްޙޫމް ޢަލީ ޒުބައިރަކީ ދައުލަތަށް 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކ...
ޔުމްނާ ޢަލީ
ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން މޫދަށް ފޭބި މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެމީހާ ނިޔާވެފައި އޮއްވަ ފެނިއްޖެއެވެ. ހުޅުމާލޭ ސްޓެލްކޯ ސަރަހައްދާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބި ދިވެއްސެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 18:30 ގައެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެއީ ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބޯޓަކުން މޫދަށް ފޭބި އެ ބޯޓުގެ ފަޅުވެރިއެކެވެ. އެމީހާ ގެއްލުނުކަމުގެ ރިޕޯޓް […]
ޔުމްނާ ޢަލީ
އިރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުން ދިފާޢުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމެރިކާގެ ބެލިސްޓިކް މިސައިލް އިންޓަރސެޕްޓަރުތަކުގެ ރިޒާވްގެ ދެބައިކުޅަ އެއްބައި ހުސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ކުރި ދިރާސާތަކުން ދައްކާގޮތުގައި މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި އަސްކަރީ އޮޕަރޭޝަން ހިންގުމުގެ ގާބިލްކަން އެމެރިކާގެ މިހާރު ވަނީ ކުޑަވެފައެވެ. ޚާއްޞަކޮށް ޗައިނާ އަދި...
ނާޒިމާ އަލީ
ވަޒީރުންގެ މަޖިލީހަށާއި ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ އެމަނިކުފާނު ބަދަލުތައް ގެންނަވަންޖެހޭ ކ...
އަލީ އާދިލް
ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި ޚާއްޞަކޮށްގެން އުފައްދާ “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ކުރިއަށް އޮތް މިނިވަން ދުވަސް، ނުވަތަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައ...
ޝިއުނާ އާދަމް