އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭބީޑަބްލިއުސީއައި)ގެ ރާއްޖޭގެ ބްރާންޗް ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިއަދު މެންދުރުފަހު ސޯޝަލް ސެންޓަރުގައި އެކަމަށް އޮތް ރަސްމިއްޔާތެއްގައި އެ ބްރާންޗް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އޭ.ބީ.ޑަބްލިއު.ސީ.އައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ. އަދި އެއީ ބައިނަލްއަޤްވާމީގޮތ...
ޔުމްނާ ޢަލީ
ތެޔޮ ވިއްކާ ފަރާތްތަކުން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ތަފާތު ކުރުން ގެންގުޅޭތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޖަމިއްޔާއިން ބުނީ ތެޔޮ ވިއްކާ ޝެޑް ތަކުން އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 16.32 ރުފިޔާ އަށް ވިއްކާ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ އެއަށްވުރެ ބޮޑުކޮށް 19.02 ރުފިޔާއަށް ކަމަށް އެ ޖަމިއްޔާއިން ބުނެފަ ވެއެވެ. ”މީ ކޮންކަހަލަ އިންސާފެއްތޯ؟ ވަގުތުން ވަގުތައް މަސްވެރިންނަށް ތެޔޮ އަގުހެޔޮ […]
ޔުމްނާ ޢަލީ
މުލަކު އަތޮޅު މަޑުއްވަރީގެ ބަނދަރު ހަދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާގޮތަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިއަދު ވަނީ މުލަކު އަތޮޅު ފަސް ރަށަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މިއަދު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވިކަން ފާހަގަ ކުރަށްވާފައެވ...
ޔުމްނާ ޢަލީ
ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ޢަމަރުކޮށްފިއެވެ. ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާކަން ފުލުހުން ހާމަކުރެއްވީ ރޭގައެވެ. ފުލުހުން ވިދާޅުވިގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ މާލޭގެ ފިހާރައެއްގެ ތެރޭގައެވެ. މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ޔުމްނާ ޢަލީ
ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާއި ބެހޭ ބިލަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފަށައިފިއެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވެސް އެ ބިލާ މެދު އެމްޖޭއޭއާއި، އެމްއެމްސީން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އެގޮތުން ކޮމިޓީ މަރުހަލާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބިލަށް ވޯޓަށް އެހި ދުވަހު އިހުތިޖާޖުވެސް ކޮށްފައިވެއެވެ. ރައީސް އިބްރާހިމް މ...
ޝިއުނާ އާދަމް
ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަން(ސީޕީއޭ)ގެ މެންބަރު ގައުމެއްގެ ގޮތުގައި އަނެއްކާ ވެސް ރާއްޖެ ހިމަނަން ފާސްކޮށްފިއެވެ. ސީޕީއޭގައި ރާއްޖެ ބައިވެރިވުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ މިހާރު ކެނެޑާގައި ކުރިއަށްދާ އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގައި، ވޯޓުގައި ބައިވެރިވި ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ. ރާއްޖެ އަކީ މީގެ ކުރިން ވެސް ކޮމަންވެލްތުގެ ސީޕީއޭގައި އޮތް ގައުމެކެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން 2016 އާ ޖެހެންދެން ރާއްޖެ އަކީ ސީޕީއޭގެ ގައުމެކެވެ. ރާއްޖެ ސީޕީއޭއީން ވަކިވީ ކު...
ޝިއުނާ އާދަމް
މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން މާލޭގެ ބައެއް މިސްކިތްތަކުން ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ނަމާދުކުރަން އަންގާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ދާދި ފަހުން ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެފަަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށާއި، ސާއިކިއުލާއެއް ވެސް ނުނެރޭ ކަމަށެވެ. އަދި […...
ޝިއުނާ އާދަމް
ރާއްޖޭގައި ނޫސްވެރިންނާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ގާނޫނީ އޮނިގަނޑެއް ނެތްކަން ފާހަގަކޮށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް އިން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައިއެފްޖޭގެ ޓީމެއް ރާއްޖެއަށް ޒިޔާރާތްކޮށް، ނޫސްވެރިންނާއި ކަމާބެހޭ އެހެން އިދާރާތަކާއި ބައްދަލުކުރުމަށް ފަހު ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް ހުރި ގިނަ ގޮންޖެހުންތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކ...
ޝިއުނާ އާދަމް
ނޫސްވެރިންނަށް މައުލޫމާތު ލިބޭ ގޮތުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާބެހޭ ގާނޫނު ފާސްކޮށްފައިވާތީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައިއެފްޖޭގެ ޓީމެއް ރާއްޖެ އައިސް ނޫސްވެރިންނާއި، އެޑިޓަރުންނާ ބައްދަލުކުރުމަށް ފަހު އެ މައުލޫމާތުތަކާއި އެކު ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އެ ރިޕޯޓުގައި ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވާ ދަތިތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވ...
ޝިއުނާ އާދަމް
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް، އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަނަކާ ގުޅިގެން ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރަން ނިންމައިފިއެވެ. ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން “ނެކްޓަން” ގުޅިގެން ކުރާ މި މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވައި މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދިރާސާ ފަށަން ނިންމާފައި ވަނީ އަންނަ މަހު ކަމަށާއި، ދިރާސާ 35 ދުވަހަށް ދެމިގެންދާނެ ކަމަށެވެ. މި ދިރާސާގައި ކަނޑުތަކުގެ […]
ޝިއުނާ އާދަމް
ޖަޕަނީޒް ގަރާންޓް އެއިޑް(ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލާޝިޕް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އަދި ޖޭޑީއެސްގެ ފަރާތުން ސޮއިކުރެއްވީ، ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޙަސަން ވަނީ ޖަޕާނުން ރާއްޖެއަށް ވެމުން ގެ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މިޢްވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް ޞާލިޙް މި އޯގަސްޓު 27 އިން 29 އަށް މުލަކަތޮޅުގެ ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފަސް ރަށަކީ، ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުއްޔެވެ. މި ދަތުރުފުޅުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިން...
ޔުމްނާ ޢަލީ
ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރިން ކުރެއްވި ތަސްމީނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރަ...
ޔުމްނާ ޢަލީ
ދަރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.މިޖަލްސާގައި ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައި...
ޝިއުނާ އާދަމް
ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. ފެނަކައިން ބުނީ، ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ރަށްރަށުގައި ފެނަކައިން...
މުޙައްމަދު ވަސީމް