ރާއްޖޭގައި ނޫސްވެރިންނާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ގާނޫނީ އޮނިގަނޑެއް ނެތްކަން ފާހަގަކޮށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް އިން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އައިއެފްޖޭގެ ޓީމެއް ރާއްޖެއަށް ޒިޔާރާތްކޮށް، ނޫސްވެރިންނާއި ކަމާބެހޭ އެހެން އިދާރާތަކާއި ބައްދަލުކުރުމަށް ފަހު ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް ހުރި ގިނަ ގޮންޖެހުންތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތުމާއި، މީޑިއާތަކަށް ސިޔާސީ ނުފޫޒު އޮތުމާއި، މުސާރައިން ކެނޑުމުގެ އިތުރަށް ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރާނެ ގާނޫނެއް ނެތުން ފާހަގަކޮށްފައިވެއެވެ.

Ad
rt

"މި ބައްދަލުވުންތަކުގައި މަޝްވަރާކުރެއްވުނު ކަންކަމުގެ ތެރޭގައި މައިގަނޑުކޮށް ހިމެނެނީ މީޑިއާގެ މަސައްކަތްތެރިންނަށް ކުރިމަތިވާ ބިރުތައް ނައްތާލަން ަސައްކަތް ނުކުރުމާއި، ހަމަލާދިނުމާއި މަޖުބޫރުން މީހުން ގެއްލުވާލުމާއި،....."

އައިއެފްޖޭއިން ބުނީ މީޑިއާގެ ހައްގުތައް ރައްކާތެރިކުރެވޭނެ ނިޒާމެއް ގާއިމްކުރުމަކީ ނޫސްވެރިކަމުގެ ހައްގުތަކާއި މީޑިއާގެ ގާނޫނާ ހިލާފު އަމަލުތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް މި ދާއިރާ އަހުލުވެރިކުރުމަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުރާޖައާ ކުރެވިފައިވާ ނޫސްވެރިންގެ ސުލޫކީ މިންގަނޑެއް އޮތުން މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ.