ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.
ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރިން ކުރެއްވި ތަސްމީނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ތަސްމީން މީގެ ކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!