ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަށް ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 8,982,616.00ރ އަށް ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

12 ކުލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރީގައި ކުރިއަށް ގެންގޮސްފަ އެވެ.

މިއީ PSIP 2021ގެ ދަށުން ކުރިއަށްދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ. ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޢަލީ ޢިޔާން އެވެ. މިރަސްމިއްޔާތުގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރ ހުސައިން ޒިޔާދު ބައިވެރިވެ ވަޑައިގެންނެވެި އެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ، ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެފަހަރު ނިންމަން ޖެހެނީ 2020 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށެވެ. ފީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫ އެފަހަރު ހަވާލުކުރީ 7،780،282.47 ރުފިޔާ އަށެވެ.

ހދ. އަތޮޅު މަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 12 ކުލާސް ރޫމުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން އިޢުލާން ކުރީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.