ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 17:25 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ފުލުހުން ވަނީ އެ މައުލޫމާތު އެމްއެންޑީއެފް އަށް ފޯރުކޮށްދީފައި ކަމަށް ވެސް ވިދާޅުވި އެވެ.

Ad
rt

އެމްއެންޑީއެފް އިން އެމީހުން ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު، އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާ ގުޅިގެން 58 އަހަރުގެ ދިވެހި އަންހެންކާއިއި 61 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެ އެވެ.