މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢިޝާ ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,842 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 65 ވަނަ ޞަފްޙާ

ދައުލަތުގެ ޢާންމު މަންފާއަށް ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައަޅައިފި

ދައުލަތުގެ ޢާންމު މަންފާއަށް ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައަޅައިފި

ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤަރާރުގެ ޖަދުވަލުގައި، ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު މަޝްރޫޢުތަކުގެ އިތުރުން، އެ މަޝްރޫޢުތައް ހަވާލުކުރެވޭ ފަރާތްތަކުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވެސް ވަނީ ހިމަނުއްވާފައެވެ....

ޔުމްނާ ޢަލީ
އަނެއްކާވެސް އާންމު މުދަލުގެ ގޮތުގައި އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފި

އަނެއްކާވެސް އާންމު މުދަލުގެ ގޮތުގައި އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފި

އާންމު މުދަލުގެ ގޮތުގައި ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން، ޖޫން 20 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 6,328 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރިއިރު، އޭގެ...

ޔުމްނާ ޢަލީ
ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ހުޅުމާލެ ފޭސް ދެއެއްގެ ފަރުކޮޅުފުށި ހިއްކާފައިވާ ސަރަހައްދުގައި މިރޭ ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހުޅުމާލެ ފޭސް ދެއެއްގެ ހިއްކި ބިމުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ އިރުއޮއްސި 18:37 އެހާކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. މި ދެ މީހުންނަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލ...

ޔުމްނާ ޢަލީ
ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރުމުން އެވިޑް ޖޫރިމަނާކޮށްފި

ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރުމުން އެވިޑް ޖޫރިމަނާކޮށްފި

ޤަވާއިދާ ޚިލާފަށް، ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި އެ ކޮލެޖަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅާފައި ވަނިކޮށް، އެކަން ތަކުރާރުވުމާ ގުޅިގެންނެވެ. އެމްކިޔުއޭ އިން ބުނި ގޮތުގައި، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކ...

ޔުމްނާ ޢަލީ
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު “އިމުގާ” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން ޕާސްޕޯޓާ ހަވާލުވުމަށްޓަކައި “ކަލެކްޝަން ޕޮއިންޓް” ގެ ގޮތުގައި އޭދަފުށީގެ އިތުރުން މިހާރު ދަރަވަންދޫ ވެސް ޚިޔާރުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ދަރަވަންދޫގައި މި ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިމ...

ޝިއުނާ އާދަމް
ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފި

ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފި

ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓާއި، އެ ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު “ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ހެލްތާއި، ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ހިންގާ “ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ''ބޮޑު ބަދަލު'' އޮފީސް އުފައްދައި ވެރިޔަކަށް ހަސަން ލަތީފް

އެމްޑީޕީގެ ''ބޮޑު ބަދަލު'' އޮފީސް އުފައްދައި ވެރިޔަކަށް ހަސަން ލަތީފް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލާއި، މިހާރުގެ ޗެއާޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގުޅިގެން 19 އޭޕްރިލް 2026 ގައި ޢިއުލާންކުރެއްވި ”ބޮޑު ބަދަލު” އިސްލާޙްތަކާ ގުޅޭ އޮފީސް އުފައްދާފައިވާކަމަށް މިއަދު އެ ޕާޓީން ބުނެފިއެވެ. އެމްޑީޕީން މިއަދު ބުނީ، 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ހުށަހެޅުމުން، މެންބަރުން ފާސްކޮށްފައިވާ ”ބޮޑު ބަދަލު” […]

އަލީ އާދިލް
ދީނީ ޚިދުމަތްތެރިޔާ ޝައިޚު އިސްމާޢީލް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ދީނީ ޚިދުމަތްތެރިޔާ ޝައިޚު އިސްމާޢީލް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވ...

ޔުމްނާ ޢަލީ
ރާއްޖޭގައި އިސްލާމީ ދާއިރާއިން ބައި ޤަރުނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވެއްޖެ

ރާއްޖޭގައި އިސްލާމީ ދާއިރާއިން ބައި ޤަރުނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވެއްޖެ

ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢީލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. އޭގެ ކުރިން އިންޑިއާގެ ޖާމިޔާ ދާރުއްސަ...

ޔުމްނާ ޢަލީ
''އެންމެ ބޮޑު އިސްކަމެއް މަހަށް ހަމަ އަގު ހޯދައިދިނުމަށް، އަމާޒަކީ 20ރ. ގައި ހިފެހެއްޓުން''

''އެންމެ ބޮޑު އިސްކަމެއް މަހަށް ހަމަ އަގު ހޯދައިދިނުމަށް، އަމާޒަކީ 20ރ. ގައި ހިފެހެއްޓުން''

މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި، އަމާޒަކީ ކަޅުބިލަ މަސް ގަންނަ އަގު ކިލޯއެއް 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން މި އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އ...

އަލީ އާދިލް
ވޯލްޑް ކަޕުގައި އަނގަ ނިވާކުރުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ކުޅުންތެރިއަކަށް ރަތް ކާޑެއް ދައްކައިފި

ވޯލްޑް ކަޕުގައި އަނގަ ނިވާކުރުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ކުޅުންތެރިއަކަށް ރަތް ކާޑެއް ދައްކައިފި

ވޯލްޑް ކަޕް ގްރޫޕް ޑީގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި، އަނގަ ނިވާކޮށްގެން ހުރެ ވާހަކަ ދެއްކުމުގެ ސަބަބުން ޕެރަގުއޭގެ މިޑްފީލްޑަރު މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕަށް އަލަށް ތައާރަފްކުރި ގަވާއިދެއްގެ ދަށުން މިފަދަ ކަމަކަށް ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ. މި ހާދިސާ ހިނގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ދަނޑުގެ މެދުތެރެއިން ހިނގި ފައުލަކާ ގުޅިގެން އަލްމިރޯން އާއި ތުރުކީގެ […]

އަޙްމަދު ވަހީދު
ރާއްޖެ އަށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރާއްޖެ އަށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން (25އ) އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރ...

ޔުމްނާ ޢަލީ
''ބޮޑުކަންނެލީގެ މަސްވެރިނަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ މަސްވެރިންގެ ބައިވެރިވުމާއެކު''

''ބޮޑުކަންނެލީގެ މަސްވެރިނަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ މަސްވެރިންގެ ބައިވެރިވުމާއެކު''

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ސީދާ އެ މަސްވެރިންގެ ބައިވެރިވުމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން މި އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮ...

ޔުމްނާ ޢަލީ
''ސަރުކާރު ހިއްސާވާ ކުންފުނިތައް ރަނގަޅު ސައިޒަކަށް ކުޑަކުރެވުމުން މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ލިބޭނެ''

''ސަރުކާރު ހިއްސާވާ ކުންފުނިތައް ރަނގަޅު ސައިޒަކަށް ކުޑަކުރެވުމުން މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ލިބޭނެ''

ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާޢަތްވެސް ހިމެނޭހެން، ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން “ދަ ޕަލްސް” ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާގައި ހިފެހެއްޓިފައި ތިބުމަކީ މަސްވެރިކަމުގެ ސިނާޢ...

ޔުމްނާ ޢަލީ
ވޭޕް މަނާކުރިފަހުން އެތެރެކުރި ބޮޑު ޝިޕްމަންޓެއް ކަސްޓަމްސް އިން އަތުލައިގެންފި

ވޭޕް މަނާކުރިފަހުން އެތެރެކުރި ބޮޑު ޝިޕްމަންޓެއް ކަސްޓަމްސް އިން އަތުލައިގެންފި

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައެވެ. “ޖެނެރަލް ކާގޯ” ގެ ގޮތުގަ...

ޔުމްނާ ޢަލީ