ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަންހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ، މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި، ދަރުބާރުގޭގައެވެ. މިޖަލްސާގައި 86 ބޭފުޅަކަށް އިނާމު ދެއްވަން ނިންމަވާފައިވާއިރު، އިނާމުގެ ގޮތުގައި އެބޭފުޅުންނަށް ދެއްވާ ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ. މި އޮފީސް އިމާރާތަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފައިވާ އޮފީސް އިމާރާތެކެވެ. ހުޅުމާލޭގައި މިކަމަށް މިއަދު އޮތް ރަސްމިއްޔާތުގައި އެ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އޮފީސް އިމާރާތް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކު...
ޔުމްނާ ޢަލީ
ރާއްޖޭގައި 5 އަހަރާއި 11 އަހަރާ ދެމެދު ކުދިންނަށް ކޯވިޑް-19 އިން ރައްކާތެރިވުމަށް ދޭ ފައިޒާ ވެކްސިން ދޭން ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވިދާޅުވި ގޮތުގައި ފައިޒާ ވެކްސިން ވަނީ ރާއްޖެއަށް ލިބިފައެވެ. އެހެންކަމުން އިއްޔެއިން ފެށިގެން 5 އަހަރާއި 11 އަހަރާއި ދެމެދު ކުދިންނަށް މި ވެކްސިން ދޭން ފަށާފައިވާ ކަމަށް އެ އޭޖެންސީން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވިގޮތުގައި މި ވެކްސިން މި އުމުރުފުރާ ކުދިންނަށް ދޭން ފެށީ މޯލްޑިވްސް […]
ޔުމްނާ ޢަލީ
ފަތުރުވެރިން މޫދަށް އެރުމަށް، ހއ. ދިއްދޫގައި ވަގުތީ ސަރަހައްދެއް ހަމަޖައްސައިފި އެވެ. ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ފަތުރުވެރިން މޫދަށް އެރުމަށް ހަމަޖެއްސި ވަގުތީ ސަރަހައްދަކީ އެރަށު އުތުރު ފަރާތުން ހައުސިން ޔުނިޓްތަކާ ދިމާލުން ބައުންޑްރީ ވަކިކޮށްފައިވާ ސަރަހައްދު ކަމަށެވެ. އެސަރަހައްދަކީ ގެސްޓު ހައުސްގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ދިއްދޫއަށް ގެންނަ ފަތުރުވެރިން ބޭނުންކުރުމަށް ވަގުތީ ގޮތުން ހަމަޖެއްސި ސަރަހައްދެއްކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ...
އަލީ އާދިލް
މާލޭ ސިޓީގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ޢަމަލުތައް ހިންގުން ކުރިއަށްވުރެ މަދުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި، މާލޭ މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަ...
ޔުމްނާ ޢަލީ
ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން އަންހެނަކު ބްލެކްމެއިލްކޮށް، ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ދައުވާލިބުނު މީހަކު ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ. ގދ. އަތޮޅުގެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2016 ވަނަ އަހަރު އަންހެނެއްގެ ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ އޭނާއަށް ބިރު ދައްކައި، ބްލެކްމެއިލްކޮށްގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމަށް ބުނެ އެވެ. އޭނާގެ ފޯނުން ބަރަހަނާ ފޮޓޯ ފެނުނު ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން […]
ހުސައިން ހަބީބް
2021ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސްގެ ސްކޮލާޝިޕް ޙާޞިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު ފާޠިމަތު ހުޔާމް ޚަލީލާ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. ހުޔާމަށް ރައީސް ޞާލިޙް ހިތްވަރު ދެއްވީ، ރައީސްގެ ސްކޮލާޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ހުޔާމް ހޯދި ކާމިޔާބީގެ އަގު ވަޒަ...
ޔުމްނާ ޢަލީ
ދިރުވާލައިގެން މަސްތުވާތެކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ. އެމީހާއަކީ ލެޓްވިއާ އަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ. ފުލުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުުރުން 46 އަހަރުގެ ލެޓްވިއާ ފިރިހެނެއް ކަމަށެވެ. ”އޭނާ ދި...
ޔުމްނާ ޢަލީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން ތަހްގީގުކުރި ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާކަމަށް ނިންމައިފިއެވެ. ޖޭއެސްސީން ވިދާޅުވިގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކަކާއި ގުޅިގެން ތަހްގީގުކުރި ހަތަރު ސުލޫކީ މައްސަލައެއް ސާބިތުނުވާކަމަށް ވަނީ ނިންމާފައެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނީ އެ ކޮމިޝަނަށް ހުށަހެޅުނު ދެ ޝަކުވާއަކާއި ގުޅިގެން ތަހުގީގުކުރި ހައިކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައާއި، ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްޢަތ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަގާމު އުވާނުލުމަށް އެ ޕާޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މިގޮތައް ފާސްކުރީ ޖޭޕީގެ މައި މަޒުކަޒު، ކްނޫޒްގައި މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޖޭޕީގެ ޤައުމީ ކޮންފަރެންސް މި މަހުގެ 24-25 ގައި ބާއްވަން ނިންމާފައިވާއިރު، އެ ކޮންފަރެންސްއަށް ހުށަހެޅުމަށް ޖޭޕީގެ އަސާސީ ޤަވާޢިދުގެ ޑްރާފްޓެއް ވަނީ އެކުލަވާލާފައިފައެވެ. މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އެ ޑްރާފްޓައް ހުށަހެޅުނު އިސްލާޙްތަކާމެދު ކައުންސިލުން ގޮތް ނިންމާފައެވެ....
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ ފަރާތުން ނޭސަނަލް ޕޭކޮމިޝަނާއި ސިވިލްސަރވިސް ކޮމިޝަން (ސީއެސްސީ) އާއިއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލާގައި ދެކޮމިޝަންގެ ވިސްނުން ދެކަފިވެފައިވާކަން ހާމަވެއްޖެއެވެ. ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ސިވިލްސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ނޭޝަނަލް ޕޭކޮމިޝަނުން މިހާރު ޢާއްމުކޮށްފައިވާ އޮނިގަނޑުގައި ވާގޮތުން ޑިގްރީ ފުރ...
އިބްރާހިމް އަސްވާޤް
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާއި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިންގ ޓީމާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެކަމުގެ ނަތީޖާވެސް...
މުޙައްމަދު އަފްރާޙް
ކޮޮންމެވެސް ބަޔަކު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިފި ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މަސްތުވާތަކެތި ގެންނަ ބިދޭސީން ފޮނުވާލުމާއި ގުޅޭ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ. ގާނޫނު އަސާސީ އާ ގާނޫނާ ހިލާފަށް އެއްވެސް ގަވާއިދެއް ނުހެދޭނެ ކަމަށާއި އެފަދަ އަމުރަކަށް ވެސް ތަބާވާން ނުޖެހޭނެ ކަމަށް މަޖިލީހުގެ ޖަލްސާގައި ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި ހަސަން ލަތީފް […]
މުޙައްމަދު އަފްރާޙް
ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ސެޓްފިކެޓެއް ބަލައިގަންނަން އަމުރު ނުކުރެވުނަސް, ކިޔަވަން ކުރި ހަރަދު ލިބުނު ގެއްލުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުން ހިންގި ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރާ ކަން 2016 ވަނަ އަހަރު އެންގުމުންނެވެ. ޖެނުއަރީ، 2018 ވަނަ އަހަރު އެ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރުން […]
ހުސައިން ހަބީބް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މި ފެބްރުއަރީ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފިއެވެ. އެ ޕާޓީން މީގެ ކުރިން ވެސް ބުނެފައިވަނީ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބާއްވާ ޖަލްސާ މި ފެބްރުއަރީ މަހު ބާއްވާނެ ކަމަށެވެ. މި ސަލްސާ ބޭއްވުމަށް ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ޓިކެޓް ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މާލެ ސިޓީ […]
މުޙައްމަދު އަފްރާޙް