ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން އަންހެނަކު ބްލެކްމެއިލްކޮށް، ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ދައުވާލިބުނު މީހަކު ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.

ގދ. އަތޮޅުގެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2016 ވަނަ އަހަރު އަންހެނެއްގެ ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ އޭނާއަށް ބިރު ދައްކައި، ބްލެކްމެއިލްކޮށްގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމަށް ބުނެ އެވެ.

Ad
rt

އޭނާގެ ފޯނުން ބަރަހަނާ ފޮޓޯ ފެނުނު ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މި ހަފުތާގައި ހުކުމްކުރީ އޭނާ ދައުވާއަށް އިންކާރު ކުރުމާއި އަދި ކުށް ސާބިތުވާނެ ހެކި ނެތުމުގެ އިތުރުން އެ ކުށުގެ އުންސުރުތައް ފުރިހަމަ ނުވާތީ ކަމަށެވެ.

މީގެކުރިން، ވެސް މިފަދަ މައްސަލައެއްގައި ކުށް ސާބިތުނުވެ މީހަކު ސަލާމަތްވި އެވެ.