މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 623 ވަނަ ޞަފްޙާ

އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކެއް ގާއިމު ކުރަނީ

އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކެއް ގާއިމު ކުރަނީ

އިސް ރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްދޭން ނިންމަވާފައިވާ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމީ ޚ...

ޔުމްނާ ޢަލީ
ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 86 ބޭފުޅަކަށް ދެއްވައިފި

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 86 ބޭފުޅަކަށް ދެއްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ 86 ބޭފުޅަކަށް މިރޭ ދެއްވައިފިއެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަންހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ގައުމީ އިނާބެހޭ ކޮމެޓީން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ މިރޭ މާލޭ ސިޓީގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާޙީމް މުޙައްމަ...

ޔުމްނާ ޢަލީ
ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދެނީ

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދެނީ

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލަ މިރޭ 22:02 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. ”އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން” ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރަށް ގެންގޮސްފައެވެ. މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް […]

ޔުމްނާ ޢަލީ
''ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު''

''ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު''

ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ފެނިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އުމުރުން 31 އަހަރުގެ އާސިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި […]

ޔުމްނާ ޢަލީ
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް

ދިރުވާލައިގެން މަސްތުވާތެކެތި އެތެރެކުރަން އުޅުނު ލެޓްވިއާ އަށް ނިސްބަތްވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. ފުލުންގެ ޚިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް އުމުުރުން 46 އަހަރުގެ ލެޓްވިއާ ފިރިހެނެއް ގެންދިޔަކަން ފުލުހުންގެ ޚިދުމަތުން ހާމަކުރީ މި މަހު 14 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅު...

ޔުމްނާ ޢަލީ
އިސްރާއިލް މީހަކަށް ދެ ލައްކަ ރުފިޔާ ދޭން ދިވެހި ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި

އިސްރާއިލް މީހަކަށް ދެ ލައްކަ ރުފިޔާ ދޭން ދިވެހި ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި

އިސްރާއިލްގެ ދެ މީހަކު ރާއްޖެ އަންނަން ހެއްދި ބުކިން ކެންސަލްވި މައްސަލާގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެ މީހުންނަށް ދައްކަން ދިވެހި ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އިސްރާއިލްގެ ދެ މީހަކު ރާއްޖެ އަންނަންވެގެން ދިވެހި ކުންފުންޏެއް މެދުވެރިކޮށް ބުކިން ހައްދައި، 19،000 ޑޮލަރު ދައްކާފައި ވަނިކޮށް ބުކިން ކެންސަލްކުރީ ކޮވިޑް-19 އާ ގުޅިގެން ދަތުރު ނުކުރެވޭތީ އެވެ. ބުކިން ފައިސާ އާއި ފައިސާ ގާނޫނީ ހަރަދާ އެކު 23،000 ޑޮލަރު […]

ހުސައިން ހަބީބް
ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގައި އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރިކަން ސާބިތުވެ، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ. ހަސަން ސައީދު ސަސްޕެންޑު ކުރަން ނިންމާފައި ވަނީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ޖޭއެސްސީއިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ […]

ހުސައިން ހަބީބް
އަދާލަތުން ވިއްކާނީ ''އޮރިޖިނަލް ބްރޭންޑެއް''، ޖަހާ ހިސާބު ދިމާވާނެ: ތޫބާ

އަދާލަތުން ވިއްކާނީ ''އޮރިޖިނަލް ބްރޭންޑެއް''، ޖަހާ ހިސާބު ދިމާވާނެ: ތޫބާ

އަންނަ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އަދާލަތު ޕާޓީ (އޭޕީ) އިން ޖަހާ ހިސާބު ދިމާވާނެ ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޠޫބާ ރަޝީދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމައެވެ. ސެޕްޓެމްބަރު މަހުގެ 9 ވަނަ […]

ޔުމްނާ ޢަލީ
ކޯލިޝަން ހެދުމުގެ ބާރު ރައީސަށް

ކޯލިޝަން ހެދުމުގެ ބާރު ރައީސަށް

އަންނަ ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ)އިން ކޯލިޝަން ހެދުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މިގޮތައް ފާސްކުރީ މިރޭ މާލޭ އިއްޒުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ރައީސަށް އެ ބާރު ދިނުމަށް ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ. ހަތަރު މެމްބަރ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ކޯޓަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ކޯޓަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަޣުލަބިއްޔަތުން އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ކާމިޔާބުކުރައްވާފައެވެ. އަންނަ ހުކުރު ދުވަހުގެ ރޭ ރައީސް ޞާލިޙަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރަން އެމްޑީޕީން ދަނީ ތައްޔާރު ވަމުންނެވެ. މި ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރަކަށް އެދި ސިވިލް ކޯޓަށް [...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމަށް ކޯހެއް

ކުޅުދުއްފުށީގައި ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމަށް ކޯހެއް

ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ހިންގަން ނިންމާފައިވާ ފުރަތަމަ ކޯސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސްޕަވިޝަން ކޯހުގެ އޮރިއެންޓޭޝަން ރޭ ބާއްވައިފިއެވެ. މި ކޯހަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި، މި ކޯހުގައި 38 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ކޯހަކީ މީރީ ޕްރޮޖެކްޓުގެ ދަށުން ސްޕޮންސަރ ކޮށްގެން ހިންގޭ ކޯހެއް ކަމ...

ޔުމްނާ ޢަލީ
ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް އެދިވަޑައިގެންފި

ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް އެދިވަޑައިގެންފި

ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ. އެކަމަނާ މިހެން މިގޮތަށް އެދިވަޑައިގަތީ ދެވަނަ ގްލޯބަލް ޔޫތު މޮބިލައިޒޭޝަން (ޖީ.ވައި.އެމް) އަދި ބިގް ސިކްސް މޫވްމަންޓް ހުޅުވުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވި ޒުވާނުން، އެއްވެސް މަޖުބޫރުކަމ...

ޔުމްނާ ޢަލީ
އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން، ތުރުކީއާއި ސޫރިޔާއަށް އެހީވާން ހަރަކާތްތަކެއް

އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން، ތުރުކީއާއި ސޫރިޔާއަށް އެހީވާން ހަރަކާތްތަކެއް

ތުރުކީއާއި ސީރިއާ އަށް އައި ބިންހެލުމުގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މަދަނީ ޖަމިއްޔާތަކާއި އައިއޭސީ ގުޅިގެން ފަންޑްރެއިސިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ރާއްޖޭގެ ޢިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން، ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި، “އެއް އުންމަތެކޭމީ..!” މި ނަމުގައި ކުރިއަށްގެންދާ ފަންޑް ރެއިޒިންގ ހަރަކާތް ލޯންޗު ކޮށްފައިވަނީ މިއަދު އެވެ. ޕޯސްޓް ބިލްޑިންގުގައި...

އަލީ އާދިލް
10 އަހަރު ކުރީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

10 އަހަރު ކުރީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށްގާނޫނުގައި ކުރިން އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ 10 އަހަރު ފަހުން އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ. ޕާޓީތަކުގެ ގާނޫނު 2013 ވަނަ އަހަރު ވުޖޫދަށް އައިއިރު، 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް މާއްދާއެއް އޮތެވެ. މިހާރުގެ ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ސޯލިހްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ […]

ހުސައިން ހަބީބް
ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރި، ނަމަވެސް މަސައްކަތަށް ދަތިވެފައެއް ނުވޭ: ފުލުހުން

ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރި، ނަމަވެސް މަސައްކަތަށް ދަތިވެފައެއް ނުވޭ: ފުލުހުން

ހދ. ކުޅުދުއްފުށި ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދުއްވަމުން އަންނަ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރިނަމަވެސް މަސައްކަތަށް ދަތިވެފައިނުވާކަމަށް އެއިދާރާއިން ހާމަ ކޮށްފި އެވެ. އެއިދާރާއިން ބުނީ، ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ލިބުމުގައި ދައްޗެއް ނެތްކަމަށެވެ. ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފިކަމަށާއި އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓުރޯލުނުކުރެވި ފުލުހުންނަށް...

އަލީ އާދިލް