އިސްރާއިލްގެ ދެ މީހަކު ރާއްޖެ އަންނަން ހެއްދި ބުކިން ކެންސަލްވި މައްސަލާގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެ މީހުންނަށް ދައްކަން ދިވެހި ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އިސްރާއިލްގެ ދެ މީހަކު ރާއްޖެ އަންނަންވެގެން ދިވެހި ކުންފުންޏެއް މެދުވެރިކޮށް ބުކިން ހައްދައި، 19،000 ޑޮލަރު ދައްކާފައި ވަނިކޮށް ބުކިން ކެންސަލްކުރީ ކޮވިޑް-19 އާ ގުޅިގެން ދަތުރު ނުކުރެވޭތީ އެވެ. ބުކިން ފައިސާ އާއި ފައިސާ ގާނޫނީ ހަރަދާ އެކު 23،000 ޑޮލަރު ހޯދަން އޭގެ ތެރެއިން އެކަކު ފަރާތުން އެދުނެވެ.
ސިވިލް ކޯޓުން ހުކުމްކުރީ 14،000 ޑޮލަރު (215،000ރ.) ދެއްކުމަށެވެ. އެއީ އޭގެ ތެރެއިން އެކަކު ބުކިން ފީއަށް ދެއްކި 12،500 ޑޮލަރާއި ވަކީލު ފީއަށް ހަރަދުކުރި 1،500 ޑޮލަރެވެ. އެ ފައިސާ މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި ކޯޓަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
ބާކީ ހުރި ފައިސާ ނަގައި ނުދިނީ އެ ފައިސާ ދެއްކީ ދެވަނަ މީހާ ކަމަށްވާތީ އާއި މި މައްސަލާގައި ދައުވާކުރީ ދެ ވަނަ މީހާގެ ފަރާތުން އެނގޭނެ ލިޔުމެއް ނެތުމުންނެވެ.
ރާއްޖެއަކީ ޔަހޫދީ އިސްރާއިލް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް އިސްލާމީ ފުރަތަމަ ގައުމު ކަމަށް ވިޔަސް، މިހާރު ރާއްޖެ އާއި އާއި އިސްރާއިލާ ދެމެދު ހާރިޖީ އެއްވެސް ގުޅުމެއް ނޯވެ އެވެ. އެކަމަކު އެ ގައުމުގެ މީހުންނަށް ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އާދެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!