ހދ. ކުޅުދުއްފުށި ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދުއްވަމުން އަންނަ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރިނަމަވެސް މަސައްކަތަށް ދަތިވެފައިނުވާކަމަށް އެއިދާރާއިން ހާމަ ކޮށްފި އެވެ.
އެއިދާރާއިން ބުނީ، ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ލިބުމުގައި ދައްޗެއް ނެތްކަމަށެވެ.
ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފިކަމަށާއި އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓުރޯލުނުކުރެވި ފުލުހުންނަށް ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށް، އެސިޓީގައި ހިންގަމުން އަންނަ ކުޅުދުއްފުށި އޮންލައިން އިން އިއްޔެ ވަނީ ރިޕޯޓު ކޮށްފަ އެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނީ، ކުޅުދުއްފުށީގައި ބޭނުންކުރާ ފުލުހުންގެ ވެހިކަލް ތަކަށް ތެޔޮ އަޅަނީ އެގްރީމެންޓް އެއް ހަދައިގެން ކުރެޑިޓް ލިމިޓް އަކާއެކު ކަމަށެވެ.
"ކުރެޑިޓް ލިމިޓް ހަމަވާން ކައިރިވީމަ ޕެޓްރޮލް ދޫކުރުން ލިމިޓް ކުރި ނަމަވެސް އެއްވެސް އިރަކު މަސައްކަތަށް ދަތި ވެފައި ނުވޭ."
ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.
މީގެ އިތުރުން، ރަށަށް ޕެޓްރޯލް ނުލިބި ދަތި ވާފަހަރު ތަކުގައިވެސް ފުލުހުންގެ މަސައްކަތަށް ދަތިނުވާވަރަށް އަބަދުވެސް ތެޔޮ އަޅައިދެމުންގެންދާކަމަށާއި ރަށުތެރެ ޕަޓްރޮލް ކުރުމުގެ މަސައްކަތްވެސް ގަވާއިދުން ގެންދާކަމަށް ފުލުހުން ހާމަކުރިއެވެ.
ކޭއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތުމާއަށް ފުލުހުން ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 5 ލައްކައަށްވުރެ މަތީގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!