މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 599 ވަނަ ޞަފްޙާ

ފާރަކާއި ޕިކަޕަކާ ދޭތެރޭ ފިތި އަނިޔާވެ، ރ. މަޑުއްވަރީ ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ

ފާރަކާއި ޕިކަޕަކާ ދޭތެރޭ ފިތި އަނިޔާވެ، ރ. މަޑުއްވަރީ ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ

ރ. މަޑުއްވަރީގައި ހިނގި ހާދިސާއެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްްޖީ) އަހުމަދު އަސްލަމް މިއަދު ނިޔާވެއްޖެ އެވެ. އަސްލަމް ނިޔާވީ އެރަށުގައި މިއަދު ހިނގި ހާދިސާއެއްގައި ޕިކަޕަކާއި ފާރަކާއި ދެމެދު ފިތިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އެސްޖީ އަސްލަމް ނިޔާވީ، ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އެސްޖީ އަސްލަމް ހުންނަވަނިކޮށް ފާރާއި ޕިކަޕްދޭތެރޭ ފިތިގެންކަމަށެވެ. އަދި އެއީ ކައުންސިލް އިދާރާގެ ޕިކަޕެއް ކަމަށާއި، ޕިކަޕް އުޅުނީ ފަ...

ޔުމްނާ ޢަލީ
ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މާރިޗް 29 އަދި 31 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މިގޮތުން މާރިޗް 29 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ދެ ޕެކޭޖެއްގެ ތެރޭގައި ހުރި 6 ދަޅަކުންނާއި މާރިޗް...

މުޙައްމަދު އަފްރާޙް
ރާއްޖެ-ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖެ-ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގަ...

މުޙައްމަދު އަފްރާޙް
އެމްއޭ ކަޕް ވޮލީ މުބާރާތް: ހިންމަފުށީގެ މައްޗަށް ޓީމު މަންފާ ކުރި ހޯދައިފި

އެމްއޭ ކަޕް ވޮލީ މުބާރާތް: ހިންމަފުށީގެ މައްޗަށް ޓީމު މަންފާ ކުރި ހޯދައިފި

ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރި މެޗު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ. އަންހެން ޑިވިރަންގެ މި މެޗު ހުރައަށް ނިސްބަތްވާ ޓީމް މަންފާ އިން ކާމިޔާބުކުރީ ހިންމަފުއްޓާ ބައްދަލިކޮށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 23/25، 16/25 އަދި 19/25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓީމް މަންފާގެ ޖާރޒީ ނަންބަރ 10 އައިޝަތު މާޖިދާ (މާޖީ) އަަށް އިނާމު […]

މުޙައްމަދު އަފްރާޙް
ނާޒިމަށް ތާއީދު ކުރުމުގެ ގޮތުން ޒުވާނުންގެ ސައިކަލް ބުރެއް

ނާޒިމަށް ތާއީދު ކުރުމުގެ ގޮތުން ޒުވާނުންގެ ސައިކަލް ބުރެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމަށް ތާއީދު ކުރުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބާއްވައިފިއެވެ. މި ސައިކަލް ބުރަކީ ނާޒިމަށް ތާއީދު އޮތްކަން އަންގައިދިނުމަށް ޒުވާނުންތަކެއް ބޭއްވި ސައިކަލް ބުރެކެވެ. ވެރިރަށް މާލޭގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަމަށް އެމްއެންޕީން ބުނެއެވެ. މި ސައިކަލް ބުރުގައި ޒުވާނުން ތިބީ އެމްއެންޕީގެ ދިދަ ހިފައިގެންނެވެ. އަދި ނާޒިމަށް […]

ޔުމްނާ ޢަލީ
މަހްލޫފަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންދަނީ

މަހްލޫފަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންދަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. އެ ދައުވާ އަނބުރާ ގެންދަން ނިންމި ސަބަބެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ. ކްރިމިނަލް […]

ހުސައިން ހަބީބް
މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ: ރިޔާޟު

މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ: ރިޔާޟު

ސަރުކާރުން ރާވާފައިވާގޮތުގައި މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ގައުމުގެ ޒުވާނުން މަސައްކަތެއް ނެތި، މަގުމަތީގައި ތިބޭތަން ފެނުމުން ދެރަވާ ކަމަށާއި އެމީހުން އެހެން ތިބެން އެ ޖެހެނީ އެމީހުންނަށް ބޭނުންވާ އަޅައިނުލާ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ނައީމާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަނީ

ނައީމާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަނީ

ނ. މަނަދޫ ގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެރަށު ކައުންސިލުން ބުނީ އެކަނި ދިރިއުޅެމުން އައި ނައީމާ މޫސާގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބާއްވާނެ ކަމަށެވެ. އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ […]

މުޙައްމަދު އަފްރާޙް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ: ނާޒިމް

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ: ނާޒިމް

ގުރައިދޫ އިލެކްޝަނަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓޫގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެކަމުގެ ހެކި ވަރަށްބޮޑަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެދާއިރާގެ ރަށެއް ކަމަށްވާ ގުޅީގެ ފަޅު ހިއްކަން ފެށުމަށް ތައްޔާރުވުމާއި މާފުށި ހިއްކި ބިމުން ގޯތި ދޫކުރަން ނިންމުން ވަނީ ނާޒިމް ފާހަގަކުރައްވާފައެވެ. […]

މުޙައްމަދު އަފްރާޙް
އެމްއޭ ކަޕް ވޮލީ މުބާރާތް: ހިންމަފުށި ސްޕޯޓްސްގެ މައްޗަށް ތްރީޑީ އަށް ފަސޭހަ މޮޅެއް

އެމްއޭ ކަޕް ވޮލީ މުބާރާތް: ހިންމަފުށި ސްޕޯޓްސްގެ މައްޗަށް ތްރީޑީ އަށް ފަސޭހަ މޮޅެއް

މާލެ އަތޮޅު ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރި މެޗު ހިންމަފުށި ސްޕޯޓްސް އާއި ބައްދަލުކޮށް ފަސޭހަކަމާއެކު ޓީމު ތްރީޑީ އިން ކާމިޔާބުކޮށްފިއެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ހަސަން ނިލާމް (ޕާޓޭ) އާއި ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ޓީމް ތްރީޑީ އިން މި މެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. އެއީ 15/25 ،19/25،27/29، 13/25 އެވެ. ރޭގެ މެޗު ފަށައިގެން ވަރަށް ފަސޭހަ […]

މުޙައްމަދު އަފްރާޙް
ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކަށް އަދަބު ނުދެވުމަކީ އެފަދަ ޖަރީމާ ހިންގަން ލިބޭ ހިތްވަރެއް: އެމްޖޭއޭ

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކަށް އަދަބު ނުދެވުމަކީ އެފަދަ ޖަރީމާ ހިންގަން ލިބޭ ހިތްވަރެއް: އެމްޖޭއޭ

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކަށް އަދަބު ނުދެވުމަކީ އެފަދަ ޖަރީމާ ހިންގާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ. އެ ޖަމިއްޔާއިން މިހެން ބުނީ “ދައުރު” ނޫހުގައި ޝާއިޢުކުރި އާޓިކަލްއަކާއި ގުޅިގެން އެ ނޫހުގެ ސީނިއަރ އެޑިޓަރަށާއި އާޓިކަލް ލިޔުނު ނޫސްވެރިޔާއަށް ގުޅައި، މެސެޖުކޮށް އިންޒާރުދެމުން އަންނާތީ އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނީ 6 އޭޕްރިލް 2023 ގައި ‘ދައުރު’ ނޫހުގައި […]

މުޙައްމަދު އަފްރާޙް
ސަފާ ގްރޫޕަށް ފައިސާ ދައްކާފައިވާ މީހުން އުމްރާއަށް ގެންދިއުމަށް އެއާލައިނަކާއެކު ސޮއި ކުރަނީ

ސަފާ ގްރޫޕަށް ފައިސާ ދައްކާފައިވާ މީހުން އުމްރާއަށް ގެންދިއުމަށް އެއާލައިނަކާއެކު ސޮއި ކުރަނީ

މިއަހަރުގެ ރަމަޟާން މަހު އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުން އުމްރާއަށް ގެންދިއުމަށް އެއަރލައިން އަކާއެކު މާދަމާ ސޮއި ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށްބުނެ، ޢުމްރާ ދަތުރު ކެންސަލްކުރަން އެކުންފުނިން ނިންމާފައިވާ ނިންމުމަކީ މިނިސްޓްރީ އިން އިންތިހާއަށް ކަންބ...

މުޙައްމަދު އަފްރާޙް
މަނަދޫގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މަނަދޫގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެރަށު ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ޚަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ކުރީ މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު ކަމަށެވެ. އޭނާގެ އާއިލާ އިން ފުލުހުންނަށް މި ރިޕޯޓު ކުރުމާއި އެކު އެ އަންހެން މީހާ […]

މުޙައްމަދު އަފްރާޙް
ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް ރާއްޖެއިން ވެސް ހޯދި: ނަސީމް

ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް ރާއްޖެއިން ވެސް ހޯދި: ނަސީމް

ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ވެސް ހޯދާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބާގައި ހެލްތު މިނިސްޓަރ ދެއްވި ޚިތާބުގައި މިނިސްޓަރު ވިދާޅުވީ އެ ކާމިޔާބީތައް ހޯދުމަށް އދ.ގެ ކަމާއިގުޅޭ ހުރިހާ އެޖެންސީތަކާއެކު މަސައްކަތްކުރެވުނު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މެލޭރިއާއާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާފަދަ ބަލިތަކަށް ވެކްސިން ކަވަރޭޖް ދީފައިވާ ކަމަށާއި...

މުޙައްމަދު އަފްރާޙް
''ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް''

''ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް''

ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، 2023 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ޞިއްޙ...

ޔުމްނާ ޢަލީ