ގުރައިދޫ އިލެކްޝަނަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓޫގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެކަމުގެ ހެކި ވަރަށްބޮޑަށް ފެންނަމުންދާ ކަމަށެވެ.

Ad
rt

އެގޮތުން އެދާއިރާގެ ރަށެއް ކަމަށްވާ ގުޅީގެ ފަޅު ހިއްކަން ފެށުމަށް ތައްޔާރުވުމާއި މާފުށި ހިއްކި ބިމުން ގޯތި ދޫކުރަން ނިންމުން ވަނީ ނާޒިމް ފާހަގަކުރައްވާފައެވެ.

ނާޒިމް ވިދާޅުވީ ގުޅީގެ ފަޅު ހިއްކަން ފެށުމަށް ތައްޔާރުވުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން ނޫން ކަމަކަށް ނުވާނެ ކަމަށެވެ. އަދި މާފުށީގެ ހިއްކިބިމުން ހަމައެކަނި 'ކަޑަ' ޖެހުމަކުން ނުފުދޭ ކަމަށާއި އެކަން އެގޮތަށް ކުރަނީ މާފުށީގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަަކަށް ވާތީ، ވޯޓަށް ނުފޫޒު ފޯރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަކީ 'ފްރީ އެންޑް ފެއަރ' އިލެކްޝަނަކަށް ވުމާއިމެދު ޝައްކު ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.