ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް، ސަމާލުވާން އެދިއްޖެ
ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވުމަށް ރައީސް އޮފީހުން އެދިއްޖެއެވެ. މިކަމަށް ސަމާލުވުމަށް އެދި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ އެކައުންޓަކީ ރައީސް އެންޑޯޒްކުރައްވާ ނުވަތަ ބޭނުންފުޅު ކުރައްވާ އެކައުންޓެއް ނޫން ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ތަރުޖަމާނ...