މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 584 ވަނަ ޞަފްޙާ

ފަތުވާ މަޖިލީހަށް މެންބަރުން އައްޔަންކޮށްފި

ފަތުވާ މަޖިލީހަށް މެންބަރުން އައްޔަންކޮށްފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އިތުރު މެންބަރުން އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުވާ މަޖިލިސް އަލުން އެކުލަވައިލުމުގެ ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިޢުވާން މުހައްމަދު ވިދާޅުވެފައި ވަނީ ފަތުވާ މަޖިލިހަށް ހަތަރު މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ކަމަށް [...

ޔުމްނާ ޢަލީ
ދިއްދޫ ފަރަށް އެރި ޓަގު ބޯޓު ފުންކޮށްފި

ދިއްދޫ ފަރަށް އެރި ޓަގު ބޯޓު ފުންކޮށްފި

ހއ. ދިއްދޫ ފަރުމައްޗަށް އެރި ޓަގު ބޯޓު ރޭ ފުންކޮށްފިއެވެ. މި ޓަގު ބޯޓު ދިއްދޫ ފަރުމައްޗަށް އެރީ އަންގާރަ ދުވަހުގެ ހެނދުނުއެވެ. މި ޓަގު ބޯޓާއެކު ބާޖެއް ވެސް ވަނީ ދިއްދޫ ފަރުމައްޗަށް އަރާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެރަށު ފަރުމައްޗަށް އެރި ބާޖު އަންގާރަ ދުވަހު ފުންކޮށްފައިވާ ކަމަށެވެ. އަދި ޓަގު ބޯޓު ރޭ 10:00 ހާއިރު ފުންކޮށްފައިވާ ކަމަށެވެ. ”ބޯޓު ފުންކުރުމުން ރޭ ފުރައިފި، އެއީ […]

ޙުސައިން ޝަހުދީ
އިޓްލޮސްގެ ހުކުމް ބަލައެއް ނުގަންނަން، މައްސަލަ އިސްތިއުނާފު ކުރާނަން: އިދިކޮޅު

އިޓްލޮސްގެ ހުކުމް ބަލައެއް ނުގަންނަން، މައްސަލަ އިސްތިއުނާފު ކުރާނަން: އިދިކޮޅު

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނިންމި މައްސަލަ ބަލައި ނުގަންނަކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތ...

ޔުމްނާ ޢަލީ
ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ހުޅުވާލައިފި

ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ހުޅުވާލައިފި

2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޢިއުލާންގައި ވިދާޅުވެފައިވާ ގޮތުގައި މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލާޝިޕާބެހޭ އުޞޫލުގައިވާ ގޮ...

ޔުމްނާ ޢަލީ
ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަނަމަަކަަށް ޒަކަރިއްޔާ މަންސޫރު ހަމަޖައްސައިފި

ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަނަމަަކަަށް ޒަކަރިއްޔާ މަންސޫރު ހަމަޖައްސައިފި

ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޑެޓްގެ ޗެއާމަންކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) ޒަކަރިއްޔާ މަންސޫރު ހަމަޖައްސަވައިފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ބުނީ ކައްދޫ އެއަޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންކަމުގެ މަގާމަށް ޒަކަރިއްޔާ އައްޔަންކޮށްފަައިވާ ކަމަށެވެ. ކައްދޫ އެއަޕޯޓް ކޮމްޕެނީ ލިމިޓެޑް އުފެދުމާއެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑް މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައިވާ ބޭފުޅެކެވެ. ނެޝަނަލް ކ...

ޔުމްނާ ޢަލީ
ތިން ވަނަ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ފަށައިފި

ތިން ވަނަ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ފަށައިފި

ތިން ވަނަ “އެކްސްޕީރިއަންސް މޯލްޑިވްސް” ކެމްޕެއިން މިރޭ ފަށައިފިއެވެ. މިއީ ރާއްޖެއަކީ ފަތުވެރިކަމުގެ މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަދި އެމެރިކަން އެކްސްޕްރެސް ގުޅިގެން، ކުރިޔަށްގެންދާ ކެމްޕެއިންއެކެވެ. މި ކެމްޕޭން ފެށުމަށްޓަކައި ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވި ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ...

ޔުމްނާ ޢަލީ
ކަނޑުވި މީހުން 9 ގަޑިއިރު ވަންދެން ކަނޑުމަތީގައި ތިބި، އެންމެންގެ ހާލުވެސް ރަނގަޅު!

ކަނޑުވި މީހުން 9 ގަޑިއިރު ވަންދެން ކަނޑުމަތީގައި ތިބި، އެންމެންގެ ހާލުވެސް ރަނގަޅު!

ސަވާރީ ބޯޓު އަޑިއަށް ދިޔަ ހާދިސާގަައި ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި ހަ މީހުންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓު ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް އެމްއެންޑީއެފުން ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި މިބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފައި ވަނީ މިއަދު […]

ޔުމްނާ ޢަލީ
ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އަލުން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އަލުން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލާގައި އަލުން ދައުވާ ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑަމްޕް ޓްރަކްތަކެއް ވެމްކޯއަށް ގަތުމުގެ މައްސަލާގައި ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާއެއް ކުރުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ ދައުވާ ކުރަން ޖެހޭނ...

ހުސައިން ހަބީބް
ސަވާރީ ބޯޓު ހާދިސާ: ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފި

ސަވާރީ ބޯޓު ހާދިސާ: ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފި

މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓު އަޑިއަށް ދިޔަ ހާދިސާގަައި ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފިއެވެ. މި ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ސަވާރީ ބޯޓު ރޭ ދަންވަރު އަޑިއަށްދިޔަ ޙާދިސާގައި ކަނޑުވި 6 މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި […]

ޔުމްނާ ޢަލީ
ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށައިފި

ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ޙާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ. ކެއާ ސޮސައިޓީ އާއި ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާޙިމް ތޯހާ އެވެ. ކެއަރ ސޮސައ...

މުޙައްމަދު އަފްރާޙް
އައިޔޫއެމް އިން ބާއްވާ ރިސާޗް ކޮންފަރެންސް މި މަހު 6 ގައި ފަށަނީ

އައިޔޫއެމް އިން ބާއްވާ ރިސާޗް ކޮންފަރެންސް މި މަހު 6 ގައި ފަށަނީ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކުރާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް މި މެއި މަހުގެ 6 ވާ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ. އައިޔޫއެމް އިން ބުނީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސް އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެ ޔުނިވާސިޓީގައި ކަމަށެވެ. މި ކޮންފަރެންސްގައި މައިގަނޑުކޮށް އޮންނާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން...

މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ، ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މިއުވާން

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މިއުވާން

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެމަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެމަސައްކަތް ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް އެމަސައްކަތް ނިމެނޭ ކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚި...

މުޙައްމަދު އަފްރާޙް
ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ އެގޮތަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. ދިވެހިންނަށް މި ލިބިދިން ވިސާގެ ލުއިތަކުގެ ދަށުން ސައްހަ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް ކެމްބޯޑިއާއަށް އެތެރެވެ، 30 ދުވަހަށް ތިބެވޭނެގޮތް ހަމަޖައްސާފައި މިވަނީ 16 ޖެނުއަރީ 2023 ގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާ އެކްސްޕެންޝަން އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވު...

މުޙައްމަދު އަފްރާޙް
މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސް ކޮށްފި

މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސް ކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން މިހެން އިލްތިމާސް ކުރީ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ދެވޭ ރައްކާތެރިކަމުގެ އިރުޝާދުގައެވެ. އެ އިރުޝާދުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމު ވައި ބާރުވެ، ކަނޑުތައް ގަދަވުމ...

މުޙައްމަދު އަފްރާޙް