ށ. އަތޮޅުގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ކޯހެއް ބޭއްވުމަށް ނިންމައި، ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލު އިދާރާ އިން މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ކޯހާއި ބެހޭ މައުލޫމާތު 'ތިލަދުން' އަށް ހިއްސާ ކުރެއްވީ ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމްއެވެ.
އޭނާ ވިދާޅުވީ މިއީ 30 ގަޑިއިރަށް ހިންގާ ކޯހެއް ކަމަށާއި ކޯސް ފެށުމަށް މިހާރުތާވަލުކޮށްފައިވަނީ ޖޫން މަހުގެ ފަހުހަފުތާގައި ކަމަށެވެ.
މި ކޯހުގައި އަތޮޅު ކައުންސިލުގެ ފަރާތުން ބައިވެރިވާނަމަ، ފީއަކީ 1000 ރުފިޔާ ކަމަށާއި ނަމަވެސް އަމިއްލަގޮތުން ބައިވެރިވާނަމަ، 2000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދިޔަ އަހަރުވެސް ހިންގިން ނިޔަމި ކޯހެއް. ތަރުހީބުވެސް ރަނގަޅު. މިއަހަރުގެ ކޯސް ވެސް ފަރުމާކޮށްފަ މިވަނީ އަތޮޅުގެ ހުރިހާ ކައުންސިލަކާ ވެސް ގުޅިގެން ކުރިއަށް ގެންދާގޮތަށް. އެހެންވެ، ބައިވެރިންގެ ދަތުރުގެ ޚަރަދާއި އެކޮމޮޑޭޝަން ހަމަޖައްސާނީ ކައުންސިލުން." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެންމެގިނައިން ބައިވެރިން ލިބޭ ރަށަކުން މި ކޯސް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އޮންލައިން ފޯރމް: https://forms.office.com/r/HcPde0dumG
އިތުރު މަޢުލޫމާތު: https://www.gazette.gov.mv/iulaan/241204
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!