މަޖިލީހުގެ ކޮމެޓީތަކުގައި މުހިންމު ބިލުތަކެއްގެ ތާށިވެފައި ހުރުމުން މިޢުވާންގެ ކަންބޮޑުވުން
ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމެޓީތަކުގައި މުހިންމު ބިލުތަކެއްގެ މަސައްކަތް ހުއްޓިފައި ހުރުމުން، އެކަމުގެ ކަންބޮޑުވުން ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ފާޅުކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާއި އެންމެ ގުޅުންހުރި މަސައްކަތްކުރާ ދައުލަތުގެ ބާރު ކަމަށެވެ. އެހެންވެ، މަސައްކަތްތައް މަޑުޖެހި، މަޖިލިސް ހުއްޓިފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރުގެ ލެޖިސްލޭޓިވް އ...