މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 568 ވަނަ ޞަފްޙާ

މައުސޫމަކީ އުސޫލުތަކެއްގައި ހިފަހައްޓަވާ ވަރަށް އަހްލާގު ރަނގަޅު ބޭފުޅެއް: ރާޢީ

މައުސޫމަކީ އުސޫލުތަކެއްގައި ހިފަހައްޓަވާ ވަރަށް އަހްލާގު ރަނގަޅު ބޭފުޅެއް: ރާޢީ

އެމްޑަބްލިޔުއެސްސީގެ ކުރީގެ ޗެއާމަން މައުސޫމަކީ ކަންކަމުގައި ހަމަ އާއި އުސޫލުތަކެއްގައި ހިފަހައްޓަވާ ވަރަށް ރަނގަޅު އަހްލާގެއްގެ ބޭފުޅެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މައުސޫމް ވަނީ މިދިޔަ ހަފްތާގައި ވެރިކަން ހިންގާ އިއްތި ހާދުގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރު ކަމުން ވަކިވެ، އޭނާ އަދާކުރައްވަމުން ގެންދެވި އެމްޑަބްލިޔުއެސްސީގެ  ޗެއާމަން ކަމުންނާއި، އެ ކުންފުނީގެ ބޯޑު މެންބަރު ކަމުންނާއި އަދި އެމްޑީޕީގެ މަކުނުދޫ ދާއިރާގެ...

ޔުމްނާ ޢަލީ

މެންބަރު ހުސައިންގެ ތުހުމަތުތަކެއް ޔާމީން ސަރުކާރަށް!

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ޝަހީމް)، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކުރައްވައި، މަޖިލިޙުގައި ވާހަކަ ދައްކަވައިފިއެވެ. އޭނާ މި ތުހުމަތުތައް ކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ޚިދުމަތާއިި މުދަލުގެ އަގު ބޮޑުވުން ކޮންޓްރޯލު ކުރުމަށް ސަރުކާރަށް ގޮވައިލާ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ހުސައިން ވިދާޅުވީ އެ ގަރާރު މައިގަނޑުގޮތެއްގައި އަމާޒުކޮށް...

މުޙައްމަދު އަފްރާޙް
ޕާޓީގެ މުދަލަށް ގެއްލުން ދިނުމަކީ ނާތަހުޒީބު ފިނޑި ޢަމަލެއް: އެމްޑީޕީ

ޕާޓީގެ މުދަލަށް ގެއްލުން ދިނުމަކީ ނާތަހުޒީބު ފިނޑި ޢަމަލެއް: އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރުގެ ހިސޯރުކޮށް މުދަލަށް ގެއްލުންދީފައިވާ ކަމަށާއި، އެކަން ކުށްވެރިކުރާކަމަށް އެ ޕާޓީން ބުނެފިއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދަން މަސައްކަތް ކުރަމުން އަންނަ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް”ގެ ޓީމަކުން މިއަދު ހަވީރު ވަނީ އެމްޑީޕީގެ ހަރު ހުޅުވައި އެތަނަށް ވަދެފައެވެ. އަދި ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ވަނީ އެ ހަރުގޭގައި ފަށާފަ އެވެ. މިކަމާއި ގުޅިގެން އެމްޑީޕީން މިރޭ ޢާންމު ކުރި […]

ޔުމްނާ ޢަލީ
މިލަންދޫ އަންހެނުންގެ ކޮމެޓީން ޖަނާޒާ ކޯހެއް ފަށައިފި

މިލަންދޫ އަންހެނުންގެ ކޮމެޓީން ޖަނާޒާ ކޯހެއް ފަށައިފި

ށ. މިލަންދޫގައިި ”ރޫލްސް އޮފް ޖަނާޒާ 1” ގެ ނަމުގައި ޖަނާޒާ ކޯހެއް ފަށައިފިއެވެ. އެެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ ޖި ކޯހާއި ބެހޭ މައުލޫމާތު ‘ތިލަދުން’ އަށް ދެއްވީ އެ ކަޮމެޓީގެ ރައީސާ އައިޝަތު ހަނިއްޔާއެވެ. އޭނާ ވިދާޅުވީ މިއީ ދެ ހަފުތާގެ މުައްދަތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި މި ކޯސް ފެށީ މި މޭ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މި ކޯސް ކުރިއަށް ދަނީ […]

މުޙައްމަދު އަފްރާޙް
އެމްއާރްއެމްގެ މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް ހުށަހަޅައިފި

އެމްއާރްއެމްގެ މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް ހުށަހަޅައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް ނިންމި ނިންމުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިކަން ހާމަކުރީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން، ދެ ވަނަ ނޯޓިސްއެއް ވެސް ދިނުމަށް ފަހުއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވ...

މުޙައްމަދު އަފްރާޙް
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރުން: ސަރުކާރަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރުން: ސަރުކާރަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. އުސޫލާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރި ފަރާތްތަކުން ދައުވާ ކުރުމުންނެވެ. ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ދައުލަތުން ހައި ކޯޓުގައި އިސ...

ހުސައިން ހަބީބް
ޕީސީބީއަށް އައްޔަންކުރުމަށް އާޒާދަށް ރުހުން ހޯދުމަށް މަޖިލީހަށް

ޕީސީބީއަށް އައްޔަންކުރުމަށް އާޒާދަށް ރުހުން ހޯދުމަށް މަޖިލީހަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ޢައްޔަންކުރެއްވި މުޙައްމަދު އާޒާދަށް ރުހުން ހޯއްދެވުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އޭނާގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހެވެ. އާޒާދު، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލަރސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، އޭނާއަކީ ސީއެފްއޭ ޗާޓަރ ހޯލްޑަރއެއއްވެސް މެއެވެ. ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަޤާ...

މުޙައްމަދު އަފްރާޙް
ޓްރީ ޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ހިދުމަތް ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ހިދުމަތް ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު މިއަދު ހެނދުނު ހުޅުވައި އެ ހޮސްޕިޓަލުގައި އައިވީއެފް ހިދުމަތް މިއަދު ފަށައިފިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފަރޓިލިޓީ ސެންޓަރު މިއަދު ހުޅުއްވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ދެއްކެވިވާހަކަފުޅުގައި މި ޚިދުމަތަކީ ދަރިމައި...

ޔުމްނާ ޢަލީ
މަގާމުން ވަކިކުރި ފަރާތްތަކަށް ސިއްޕެގެ ތައުރީފް

މަގާމުން ވަކިކުރި ފަރާތްތަކަށް ސިއްޕެގެ ތައުރީފް

ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ފިކުރަކީ ވަޒީފާއެއް އެކަނި ކަމަށް ދެކިގެންނުވާނެކަން ސަރުކާރުގެ މަގާމުތަކުން އިއްޔެ ވަކިކުރި ފަރާތްތައް ހާމަކޮށްދީފިކަމަށާއި، އެއީ އެފަރާތްތައް ގައުމުގެ ކުރިމަގަށް ހެޔޮ އެދޭތީ ނެގި ސްޓޭންޑެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕ...

ޔުމްނާ ޢަލީ
ފަރުވާއަށް ފަހު މެންބަރު ސައުދު ހޮސްޕިޓަލުން ދޫކޮށްލައިފި

ފަރުވާއަށް ފަހު މެންބަރު ސައުދު ހޮސްޕިޓަލުން ދޫކޮށްލައިފި

އެކްސިޑެންޓެއްގައި އަނިޔާވި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ސައުދު އެކްސިޑެންޓްވީ 23 މެއި 2023 ވަނަ ދުވަހު ހެނދުނު މަޖިލީހަށް ވަޑައިގެންނެވި މަގުމަތީގައި، ސިނަމާލެ ބްރިޖްގެ ހުޅުމާލެއާ ވީ ފަޅިން ހައިވޭގައި ވަޑައިގަންނަވަނިކޮށް، ކުރިމަތީގައި އޮތް ޕިކަޕެއް ކުއްލިއަކަށް މަޑުކުރުމުން ސައިކަލުގެ ބުރެކި ނުޖެއްސި އޭގައި ގޮސް ޖެހުންނެވެ. އެ އެކްސިޑެންޓުގައި ސައުދުގެ އަތުގެ ކޮނޑުހުޅާއި، ކަކުލުހުޅާ ދިމާއިން ވަރަށް ބޮޑަށް ވީދަ...

ޔުމްނާ ޢަލީ
މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ

މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމެޓީން ހުޅުވާލީ މިއަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. މި ފުރުސަތު އަންނަ ޖޫން މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވާނެއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ [...

ޔުމްނާ ޢަލީ
އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި

އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފިއެވެ. މިކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިގޮތަށް ނިންމީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ އިން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެން ކަމަށެވެ. މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިން ނެރުއްވާފައިވާ ސަރކިއުލަރގައިވާ ފަދައިން، އެތެރޭގެ އުދުހުންތަކުގައި ވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިންގ ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑް...

މުޙައްމަދު އަފްރާޙް
މިއުޒިޝަންސް ޔޫނިއަންގެ 4 ވަނަ އަހަރީ އާންމު ޖަލްސާ މި މަހު 30 ގައި

މިއުޒިޝަންސް ޔޫނިއަންގެ 4 ވަނަ އަހަރީ އާންމު ޖަލްސާ މި މަހު 30 ގައި

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ހަތަރުވަނަ އަހަރީ އާންމު ޖަލްސާ މި ޖޫން މަހުގެ 30 ގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ޔޫނިއަން އިން ބުނެފިއެވެ. އެ ޔޫނިއަން އިން ބުނީ ހިންގާ ކޮމިޓީގެ 2 އަހަރު ދުވަހުގެ ދައުރު ނޮވެމްބަރު 2022 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި އައު ހިންގާ ކޮމިޓީއެއް އިންތިހާބު ކުރުމަކީ މި އަހަރީ އާންމު ޖަލްސާގެ މުހިންމު ބައެއް ކަމަށެވެ. ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށް ވެސް […]

މުޙައްމަދު އަފްރާޙް
މަނަދޫ ނައީމާގެ މަރުގެ މައްސަލައިގައި މާލެއިން މީހަކު ހައްޔަރުކޮށްފި

މަނަދޫ ނައީމާގެ މަރުގެ މައްސަލައިގައި މާލެއިން މީހަކު ހައްޔަރުކޮށްފި

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާމލާފައިވާ މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލައިގާ މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ އެ އިދާރާއިން ހިންގާ ތަހުގީގަށް ތިން ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ މާލެ އިން މިރޭ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މާލޭގައި އުޅުނުު މަނަދޫގެ ޒުވާން ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެއީ ނައީމާ މަރާލިއިރު، އެރަށުގައި ހުރި މީހެއް ކަމަށް ވެސް މައުލޫމާތު […]

މުޙައްމަދު އަފްރާޙް
އެމްއާރުއެމް އުވާލުން މަޑުޖައްސާލަން ކޯޓުން އަންގައިފި

އެމްއާރުއެމް އުވާލުން މަޑުޖައްސާލަން ކޯޓުން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރެފި އެވެ. ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ 3,000 މެމްބަރުން ފުރިހަމަ ކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާތީ އެމްއާރުއެމް އުވާލަން މިދިޔަ ބުދަ ދުވަހު އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެމްއާރ...

ހުސައިން ހަބީބް