ކުރީގެ ސަރުކާރުގައި "އިގްތިސާދު ރަނގަޅުކުރި ގޮތް" ހޯދަން އުޅުނު ގައުމުތަކުގެ މައުލޫމާތު ހާމަކުރަނީ
ކުރީގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރި ގޮތް ބަލަން އުޅުނު ބޭރުގެ ގައުމުތަކާ ގުޅޭ މައުލޫމާތު ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އޭރުގެ ސަރުކާރުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރި ގޮތް ބަލަން ބޭރުގެ ގައުމުތަކުގެ ވެރިން ރާއްޖޭގެ ކިބައިން އެދުނު ކަމަށް 2023 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި އޭރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް […]