ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީން) ނިންމައިފި އެވެ. މިގޮތަށް ފާސްވީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ވަކިކޮޅަކަށް ނޭރުމަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. އެޕާޓީން ވިދާޅުވ...
އަލީ އާދިލް
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލޭގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ ބިންތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކޮށް ހުސް ބިންތަކުގައި ކުޅިވަރު ފެސިލިޓީތައް ގާއިމުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާފަންނުގައި ހުރި ކަމްޕޭން ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ އިން ޖާގަތައް އުފައްދައި ޒުވާނުންނަށްޓަކައި ކުޅިވަރު ފެސިލިޓީތައް ގާއިމު ކުރުމަކީ ކުރީގެ ރައީސް...
މުޙައްމަދު
މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކޯލިޝަން ހަދާނެ ސިޔާސީ ޕާޓީއެއް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %2 ވޯޓެވެ. ރިޔާސީ […]
މުޙައްމަދު
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ލީކު ވެއްޖެއެވެ. އެ ސިޓީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމދު ވަނީ ލީކުވެފައިވާ ސިޓީ އަކީ ސައްހަ ސިޓީއެއް ކަމަށް ވިދާޅުވެފައެވެ. އެ ސިޓީ ލީކުވި ގޮތެއް ސާފުކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ސިޓީ އަކީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް އެޑްރެސް ކުރައްވާ ސާލިހު ފޮނުއްވި ސިޓީއެކެވެ. އެ […]
މުޙައްމަދު އަފްރާޙް
ދިވެހި ސިފައިންގެ ބަދަހި ސަފުތަކަށް ކިލަނބުކަން ލިބޭ ފަދަ ވާހަކަ ނުފަތުރަން އެމްއެންޑީއެފުން މިރޭ އެދިއްޖެއެވެ. އެމްއެންޑީއެފުން މިގޮތަށް ބުނެފައި ވަނީ “ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސިފައިންގެ އިސްވެރިން ދެކޮޅު ހަދަނީ” މި ސުރުހީގެ ދަށުން “ދިޔަރެސް” ނޫހުން ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ. ނޫސްވެރިން ތިބޭ ވައިބާ ގްރޫޕްގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފައިންގެ ލީޑަޝިޕްގެ ބޭފުޅުންނާ ބެހޭ ގޮތުން “ދިޔަރެސް” ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަ...
މުޙައްމަދު
މި ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ ވަގުތީ ނަތީޖާގައިވާ ގޮތުން ފުރަތަމަ ބުރުގައި 101635 ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައިގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑަގެންފައިވަނީ 86161 ވޯޓެވެ. ދެން އެންމެގިނަ ވޯޓު ލިބ...
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދޭތެރޭ ގޮތެއް ނިންމާނީ ކައުންސިލުގެ މަޝްވަރާއަށް ފަހު ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ކުރަންޖެހޭ ކޮންމެ ކަމއެއްގައި ވެސް ދެމިތި...
މުޙައްމަދު އަފްރާޙް
މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތުން މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތު ފަޅުތެރެއިން ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް […]
މުޙައްމަދު އަފްރާޙް
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ޕީއެންސީ، ޕީޕީއެމްގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފެށުމަށް ނިންމައިފިއެވެ. އެ ކޯލިޝަނުން ބުނީ ދެވަނަ ބުރުގައި މުއިއްޒުއަށް ކާމިޔާބީ ހޯދައިދިނުމަށް ކެމްޕެއިން ޓީމާއި ސަޕޯޓަރުން ވަނީ އަތުކުރި އޮޅައިލާފައި ކަމަށެވެ. “އަޅުގަނޑުމެންގެ ޓީމުން މިވަނީ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމަށް އަތުކުރި އޮޅާ...
މުޙައްމަދު އަފްރާޙް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ސިޔާސީ ޕާޓީތަކާއި ކޯލިޝަން ހެއްދެވުމަށް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށާއި ބައެއް ޕާޓީތަކުން ސަރުކާރާ އެކު ކޯލިޝަން ހެދުމަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. “ރާއްޖެ ޓީވީ” އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ހެއްދެވިފައިވާ ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކޮށްގެން ދެވަނަ ބުރާ ކުރިމަތިލުމުން ކާމި...
މުޙައްމަދު
މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލި ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ދައުވަތު ދެއްވައިފިއެވެ. “ޝުކުރިއްޔާ ދިވެހިން” ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެންނަށް ވެސް ހަމަހަމަކަމާއި ލޯތްބާއި ކުލުނާ އެކީގައި ތަރައްގީ [...
މުޙައްމަދު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީ، ޕީޕީއެމް ކޯިޝަންގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވިކަން ހާމަކުރައްވާފައިވަނީ ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައމަދު ޖަމީލް އަހްމަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް ދަންނަވައި އެ ޓްވީޓުގައި ވިދާޅުވީ ޑރ. މުއިއްޒު އަށް އިތުރު ތ...
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބާ ގުޅިގެން ނުވަތަ އެ ނޫން ވެސް އިރެއްގައި މިދިޔަ ފަސް އަހަރު ތެރޭ އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައި ނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ފުލުހުން މިގޮތަށް ބުނެފައި ވަނީ އޮންލައިން ނޫސް “ދިޔަރެސް” ގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ތާއީދު ހޯދަން 300 ފުލުހަކަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަކީ […]
މުޙައްމަދު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީ.އެން.ސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެކި ކަންކަމުގައި ސަރުކާރާއި ދޭތެރޭ ހުރި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކުގެ ޖަޒުބާތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުދި ޕާތީތަކަށާއި އަމިއްލަ ކެނޑިޑޭޓުންނަށް ވޯޓުލީ ގިނަ ރައްޔިތުން ދެވަނަ ބުރުގައި ޕިއެންސީ އަށް ވޯޓުދީފާނެ ކަމަަށް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން ފެކް...
މުޙައްމަދު އަފްރާޙް
މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 11 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާއި ގުޅިގެން ކުރަން ޖެ...
މުޙައްމަދު އަފްރާޙް