ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މަޝްވަރާ ކުރަން މިއަދަށް ތާވަލް ކުރި ކައުންސިލް ބައްދަލުވުން ފަސްކޮށްފިއެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި ކައުންސިލް ބައްދަލުވުން ފަސް ކުރީ ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް އަދިވެސް ނިމިފައި ނުވާތީއެވެ. ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގާސިމްގެ އަރިހަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި […...
މުޙައްމަދު
މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލާ ޕާކު (ސަން އައިލެންޑް) ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ […]
މުޙައްމަދު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮފިޝަލުންތަކެއް ވޯޓުތަކެއް ބާތިލް ކުރި ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އަދި އެމްޑީޕީގެ މާލެ ދާއިރާގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ރޭ ފާޑު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހްގެ ނަމާ ދިމާލުގައި ޖަހާފައި ހުރި ރަނގަޅު ފާހަގަތަކެއް ބާތިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައި ހުރި މައްސަލަ އެންމެ ފުރަތަމަ މީޑިއާތަކުގެ ސަމާލުކަމަށް ގެންނެވީ ޔޫތު މިނިސްޓަރު އަހުމަދު […]
މުޙައްމަދު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހެދުނު ގޯސްތައް ދެނެގަނެވިފައިވާ ކަމަށާއި ހިތްވަރާ އެކު އެންމެން އެކުގައި 17 ދުވަހުން ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާއިރު، ވޯޓުލާން މީހުން ނުކުމެފައި ވަނީ ރާއްޖޭގެ ތާރީހުގައި ނުދެކޭ ފަދަ މަދުން ކަމަށެވެ. އެގޮތުން، މިފަހަރު ވޯޓުލާން ނުކުތް މީހުންގެ […]
މުޙައްމަދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓެއް ނެގުމަށް ގޮވައިލާ ދަ ޑިމޮކްރެޓުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވައި، އެންމެގިނަ ވޯޓު ތިންވަނައަށް ހޯއްދެވި ކެންޑިޑޭޓު އިލްޔާސްގެ މި ގަރާރުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މިއަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ނެގުމަށް ވަނީ އެދިލައ...
މުޙައްމަދު އަފްރާޙް
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރުހުން ލިބިފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަދުރޭ ވިދާޅުވީ އެކުގައި މަސައްކަތްކުރަން ތިބި ކޮންމެ ޕާޓީއަކާއެކު ވެސް މަަސައްކަތްކުރ...
މުޙައްމަދު
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ހޯއްދެވި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ޖޭޕީގެ މީޑިއާ ޓީމުން މިހައިތަނަށް އެއްޗެއް ވިދާޅުވެފައި ނުވިނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކެކެވެ. ގާސ...
މުޙައްމަދު އަފްރާޙް
ނިމިދިޔަ އޮގަސްޓު މަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާ އިން މައުލޫމާތު ދީފިއެވެ. މީރާގެ ތަފާސް ހިސާބުން ދައްކާގޮތިގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %21.0 އިތުރު އަދަދެކެވެ. އެހެންނަމަވެސް މިއަހަރުގެ އޮގަސްޓު ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.7 މަދު އަދަދެއް ކަމަށް އެ އިދާރާ އިން ހާމަކުރައްވައެވެ. މިރާ އިން ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ […]
މުޙައްމަދު އަފްރާޙް
މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެ މުއްދަތުގައި 1،254،252 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް ދުވާލަކު 5,037 ފަތުރުވެރިންނެވެ. މީގެ އިތުރުން އެވްރެޖުކޮށް 7 ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހުން ރާއްޖޭގައި ހޭދަކުރާ ކަމަށް ތަފާސް ހިސާބުން ދައްކާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 14 އިންސައްތައިގެ […]
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޕީއެންސީ އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މީރުމާ މާލަމުގައި ކުރިއަށް ގެންދާ ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، ނާޒިމާއި އަބްދުއްރަހީމް ވެސް ވިދާޅުވީ، އެއްބ...
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގރ ނައިބު ރައީސް އިސްލާމިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8 ން ހަވީރު 5 ޖެހުމާއި ހަމައަށް ކަމަށެވެ. މިގޮތަށް ނިންމީ ނިމިދިޔަ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް އެހެން އިންތިހާބުތަކާއި އަޅާބަލާއިރު، މަދުވުމާއި އެކު ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މީގެ […]
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދަ ޑިމޮކްރެޓްސް އުފައްދަވާ ވިދާޅުވިގޮތަށް ސުވާލެއް ނެތް މިންވަރަށް އެމްޑީޕީ ރޫޅާލެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޑިމޮކްރެޓްސް އުފެދުނުތާ މަދު ދުވަސްތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީއަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ވާދަކުރި މަގުސަދާއި ހާސިލް ކުރަން ބޭނުންވި ކަންތައް ވެސް ހާސިލު […]
މުޙައްމަދު އަފްރާޙް
ފުވައްމުލައް ސިޓީގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ ފުވައްމުލަކު ނައިބުތުއްތުއްތު މަގުން ބާރޫ ސްޕީޑް ގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަަކށް އަރައި، ހިނގި ހާދިސާއެއްގައި އަނިޔާވި މީހެއް ކަމަށެވެ. އަދި އެ ހާދިސާ ހިންގާފައިވާކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ މި ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 10:25 ހާއިރު ކަމަށެވެ. އެ ހާދިސާގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގަން ފުވައްމުލަކު ހޮސްޕިޓަލުގައި […]
މުޙައްމަދު އަފްރާޙް
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު އިސްތިއުފާ ދެއްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ގައި ހުންނެވި ޒާމިރުގެ އިސްތިއުފާގެ ސިޓީގައި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެންމެންގެ ބުރަ މަސަައްކަތުން 2018 ވަނަ އަހަރު އުފެދުނު ކޯލިޝަން ސަރުކާރުގައި ދިވެހި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ދިވެހި ދައުލަތަށް ހިދުމަތް ކުރުމަށް އޭނާ އަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވައިފި ކަމަ...
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މާދަމާ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރަން ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި، ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ގާސިމްއާ ވަނީ ބައްދަލު ކުރައްވައިފައެވެ. ސަން އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ގާސިމް ވަނީ ވަކިވަކިން ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ވިސްނުން ހުރި ގޮތް އޮޅުން ފިލުއްވައިފައެވެ. ބައެއް ބޭފުޅުން ދެވަނަ ބުރުގައި ތާއީދު ކުރައްވަނީ ރައީސް […]
މުޙައްމަދު