މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
އެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 11 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާއި ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ ކަމަށެވެ.
މީގެ އިތުރުން ސެޕްޓެމްބަރު 11 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް އެދިވަޑައިގެންފައިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅިގެން ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިހާބު އޮންނަ ދުވަސް ނޫން އަނެއް ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!