ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދޭތެރޭ ގޮތެއް ނިންމާނީ ކައުންސިލުގެ މަޝްވަރާއަށް ފަހު ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ކުރަންޖެހޭ ކޮންމެ ކަމއެއްގައި ވެސް ދެމިތިބޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން އިގްތިސާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ވެސް ޕާޓީ ދެމިއޮންނާނޭ ކަމުގެ ޔަގީންކަން އަރުވަމުން އެ ބަޔާނުގައި ބުނީ މިވަގުތު ގައުމުގެ މަސްލަހަތަށްޓަކައި އިންތިހާބުގެ ދެވަނަ ބުރާ ދޭތެރޭ އެ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލުގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިއުލާން ކަމަށެވެ.

ހަމަމިއާއެކު މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށާއި، އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމަށް ތާއީދު ކުރައްވައި ވޯޓުދެއްވި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށާއި މިކެންޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ވަނީ ޝުކުރުދަންނަވާފައެވެ.