ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކަމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ނުލުމަށް ހޯމް މިނިސްޓާ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ، އިންތިިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ. އޭނާ މިފަދައިން އެދިވަޑައިގެންނެވީ އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޓެގް ކުރައްވައި، ކުރައްވާފައިވާ ޓްވީޓެއްގައެވެ. ހޯމް މިނިސްޓާ މިފަދައިން އިލްތިމާސް ކުރައްވާފައިވާއިރު، އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ދަ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީ އިން މިހެން ބުނެފައި މިވަނީ ނިޒާމީ ވޯޓާ ގުޅޭ ކަންކަމާ މެދު ބަހުސް ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވަހަކަފުޅަކާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު […]
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. ދ. ބަނޑިދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމް ހުކުމްކުރީ ކްރިމިނަލް ކޯޓުންނެވެ. އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ […]
އަލީ އާދިލް
3 އަހަރު ކުރިން
އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ނަޝީދުގެ ދައުވަތަކަށް މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއިއްޒު މަޖިލިހުގެ އިދާރާ އަށް ވަޑައ...
މުޙައްމަދު
3 އަހަރު ކުރިން
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެމްޑީޕީއަކީ ޒިންމާދާރުކަމާ އެކީގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ޕާޓީއަކަށް ވާނެ ކަމަށާއި އެކަަމަކު، ހުދުމުހުތާރު ކަން ތަހަންމަލް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ. Pres Elect @MMuizzu as you requested you can be rest assured we will be responsible in holding the gov accountable. I pray and hope that your promises for upholding […]
މުޙައްމަދު
3 އަހަރު ކުރިން
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަށް ނުދެއްނެވޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ޖަލްސާގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް މެންބަރުން ކުރައްވަމުން ގެންދަވާ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށްފިނަމަ...
ޔުމްނާ ޢަލީ
3 އަހަރު ކުރިން
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ. ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމްް ވަހީދު (ވައްޑެ) ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެކަމާއި ގުޅިގެން ބާއްވާ ގައުމީ މަޖިލިސް މިރޭ 8:30 ގައި އޮންނާނީ އިމާދުއްދީން ސްކޫލުގައި ކަމަށެވެ. އަދި މި މަޖިލިސް ކުރިއަށް ދާނީ […]
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ނައިބުގެ މަގާމުގައި ހުންނެވި އަދި އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީއެންސީ އާ ރަސްމީކޮށް ސޮއި ކޮށްފިއެވެ. ޕީޕީއެމްގައި ހުންނެވި، އިންތިހާބީ ނައިބު ރައީސް ޕީއެންސީ އަށް ސޮއިކުރައްވައިފައިވާކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
މިދަނޑިވަޅުގައި ކުރަންޖެހޭ ހަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ހަރަދުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގަވައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް އަންގަވައި ބަޔާނެއް ނެރެފައި މިވަނީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ހިންގުމުގެ ބާރާއި އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ ދަނޑިވވަޅުގައެވެ. އޭސީސީ އިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ފަރާތްތަކުން ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ގިނަ ޝަކުވާ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީއަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހަޅުއްވި އިސްލާހްގެ ބިލް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވައިލައިފިއެވެ. ދަ ޑިމޮކްރެޓްސްގެ މެންބަރު އިންތި ވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު، ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އިންތި މި ބިލް ހުށަހެޅުއްވީ މި ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް...
ޔުމްނާ ޢަލީ
3 އަހަރު ކުރިން
ކުޑަކުޑަ ރަށްރަށަށް ވެސް ވެފައިވާ ވައުދެއް އޮވެއްޖަނަމަ ފުއްދައުދެއްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. މި ޔަގީންކަން އެމަނިކުފާނު ދެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތައް ކުރަން ކެބިނެޓުގައި ތިއްބަވާނީ ތަޢުލީމީ، ޤާބ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މިއަދު ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފއެވެ. އެ އިދާރާ އިން ނެރެފައިވާ މޫސުމީ ބުލެޓިން ގައި ވިދާޅުވެފައިވަނީ އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާކަމަށެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރައްވާގޮތަށް ބަލައިލާ ނެރެފައިވާ ބުލެޓިންގައި އިތުރަށް ވަނީ އުތުރާއި މެދުރާއްޖެއަށް ވިއްސާރަނަމަވެސް ދެކުނުގެ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރުކަމަށް އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ޕީޕީއެމް/ޕީއެންސީން ރޭ ވަނީ މާލޭގެ ސޯޝަލް ސެންޓަރުގައި ޖަލްސާއެއް ބާއްވާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަން މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އިންތިޚާބު ކުރީ ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމަށެވެ....
ޔުމްނާ ޢަލީ
3 އަހަރު ކުރިން
ރާއްޖޭގެ ރިޔާސީ އިންތިހާބު އޮތް ދުވަހު ކަންހިނގާފައިވަނީ ވަރަށް އަމާންއޮމާންކޮށް ކަމަށާއި އެކަމުގެ ސަބަބުން އިންތިހާބާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެފައިވާކަމަށް މި އިންތިހާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަން އިން ވިދާޅުވެއްޖެވެ. ހޮޓެލް ޖެން ގެ ބޯލް ރޫމުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޔޫގެ ޗީފް އޮބްޒާވަރ، ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވީ ދެ ބުރުގައި ވެސް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް އަދި ދެފުށް ފެންނަގޮތަށް ކަމަށެވ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ މިއަހަރުގެ އޯގަސްޓް 14 ވަނަ ދުވަހު ކަމަށެވެ. އަދި އެއީ ޕޯސްޓް މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށެވެ. މި މަސްތުވާތަކެތި ފެނިފައިވަނީ އެ ޕެކޭޖު ބަލައި ފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސް އަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން