ވެރިކަމުން ފައިބައި ވަޑައިގަތުމަށް ފަހު، ހުންނަވާނީ ވަރަށް ހުސްކޮށް ކަމަށާއި ހުސް ވަގުތުގައި ފޮޓޯ ނަގައި ކޮލަމް ލިޔުއްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ތަޖުރިބާގެ އާއި އެނގިވަޑައިގެން ހުންނެވި އެއްޗެއްގެ އަލީގައި ގައުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ...
މުޙައްމަދު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި ސްރީލަންކާ އިން މަރުހަބާ ކިޔައިފިއެވެ. ދެވަނަ ބުރުގެ ނަތީޖާ އަށް ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ. […]
މުޙައްމަދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. އެ ޕާޓީ އުފެއްދުމުގެ އިސް މޭސްތިރިޔާ، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ. ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު […]
ޔުމްނާ ޢަލީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގާނޫނީ ހުރަހެއް ނެތް ނަމަ، ނޮވެމްބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އަނެއްކާވެސް އިޔާދަކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވެސް ރަ...
މުޙައްމަދު
ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް ކަމަށާއި ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދިރުއުޅުއްވާނީ އުފަން ރަށުގައާއި މާލޭގައި ކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރަށް މީހުން ދަތުުރުކުރާ ފަދައިން ބައެއް ފަހަރު ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އިންތިހާބަށްފަހު އެމަނިކުފާނު ރާއްޖެ ދޫކުރަ...
މުޙައްމަދު އަފްރާޙް
ވޭތުވެދިޔަ 24 ގަޑިއިރު 75.2 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ އިދާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި ރޭ އިރާކޮޅުން ފެށިގެން މާލެއަށް ވާރޭ ވެހެމުންދިޔައިރު، ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި 53.7 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ވެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައިވާ ބ. ދަރަވަންދުއަށް 64 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް 63.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް […]
މުޙައްމަދު އަފްރާޙް
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލާ ބޫތުތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސާ މަރްޔަމް މުނާ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު، ދެވަނަ ބުރުގައި ގިނަ ކަންތައްތަކެއް އީސީ އިން ރަނގަޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒްތަކުގައި ޙަރަކާތްތެރިވި އޮފިޝަލުންގެ އ...
މުޙައްމަދު އަފްރާޙް
ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކާ އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިއުމާއެކު، އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މުހިންމީ އެމަނިކުފާނު ހުންނަ މަގާމެއް ނޫން ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް...
މުޙައްމަދު އަފްރާޙް
މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވީ ބޭންކުތަކުންނާއި އެ އިދާރާ އިން ފައިސާ ބަލައިގަނެ، ދޫކުރުމުގެ ހިދުމަތް މިއަދު ހެނދުނު 08:30 އިން މެންދުރު 2 ޖެހުމާއި ހަމައަށް އެޕޮއިންޓްމަންޓް އުސޫލުން ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސިޓީ އާއި ތަކެތި ބަލައިގަތުގެ ހިދުމަތް ވެސް ހަމަ މިވަގުތުގައި ލިބޭނެ ކަމަށް […]
މުޙައްމަދު އަފްރާޙް
ދެން ފެށޭ ރިޔާސީ އައު ދައުރުގައި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. ދަ ޑިމޮކްރެޓްސްގެ ފައުންޑަރ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވީ، ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި އެ ޕާޓީން ވެސް ބައިވެރިވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދަ ޑިމޮކްރެޓްސް އިން ވާދަކޮށްފައިވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު […]
ޔުމްނާ ޢަލީ
ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައިި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބާއްވަން ތާވަލުކުރި ހާއްސަ ބައްދަލުވުން މާދަމާ ރެއަށް ފަސްކޮށްފިއެވެ. ޕްރޮގްރެސިވް ކޯލިޝަންގެ އިސްތަރުޖަމާން ހިނާ ވަލީދު މީޑިއާ އަށް ވިދާޅުވީ މި ބައްދަލުވުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. “އިންތހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކުރެވިފައިވާ ވާހަކަ...
މުޙައްމަދު އަފްރާޙް
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އާދީއްތަ ދުވަހުގެ އިޢުލާން ކުރަން ހަމަޖެހިފައިވާކަން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް އެ ކޮމިޝަންގެ ނައިބް ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއާއި ޖުމްލަ ނަތީޖާ މިހާރު ކޮމިޝަނުން އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވެފައި ވަނީ އިންތިހާބުގެ ރަސްމީ ނަތީޖާ މި މަހުގެ 8 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާން […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ރިޔާސީ އިންތިހާބުގައިި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށާއި އެ ޕާޓީގެ ކެންޑިޑޭޓް އަދި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ހާމަކުރައްވައިފިއެވެ. ޕީއެންސީ އިން ވިދާޅުވީ މިކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ އާޓިފިޝަލް ބީޗުގައި މިރޭ ކަމަށާއި މި ރަސްމިއްޔާތު ފެށޭނީ މިރޭ 8:30 ގައި ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ މި ރަސްމިއް...
މުޙައްމަދު އަފްރާޙް
ގދ. ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި ކަމަށާއި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ރުޅިއައިސްފައިވަނީ އައިޑީކާޑު ނެތުމުގެ ސަބަބުން ވޯޓު ނުލެވިގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެރަށުގައި ބަހައްޓާފައި ހުރި […]
މުޙައްމަދު އަފްރާޙް
ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ވަޒީތުންގެ މަޖިލީހުގެ މެމްބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް އޮފީހުގައި ކުރިއަަށްދިޔަ މި ބައްދަލުކުރެއްވުމުގައ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި، ރައީސް ވަ...
މުޙައްމަދު އަފްރާޙް