ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ދރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫއުތަކަށް އިބްތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ޝޫކުރު އަދާކުރެއްވީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވެވި އިހުތިރާމުގެ ޒިޔާރަތުގައެވެ. އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ އައު ސަރުކާރުން ރައްޔިތުންނަށް ވެވ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 20 މުވައްޒަފުން ތަމްރީނު ދަތުރެއްގައި އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާކަމަށް އެ އިދާރާ އިން ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ މިއީ ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށާއި މި ތަމްރީނުތައް އޮންނާނީ މި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ކަސްޓަމްސް ތަމްރީން […]
މުޙައްމަދު އަފްރާޙް
ވިލިމާލޭގައި ހުރި ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މީހުން ނޫޅޭ ފަޅުގެއެއްގައި ކަމަށާއި އެ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ ފަތިހު 5:12 ހާއިރު ކަމަށެވެ. އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވެފައިވަނީ “ބަސްމަލާ” ނަމަކަށް ކިޔާ ގޭގައި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އަލިފާން ރޯވެފައިވަނީ އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ މޫސުން މިއަދާއި މާދަމާ ވެސް ގޯސްވާނެކަމަށް ލަފާކުރައްވައި، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ. އެ އޮފީހުން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި މެދުރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވުމާއެކު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދިި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާ ދެކުނު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި...
މުޙައްމަދު އަފްރާޙް
ކުރީގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ ބައްޕަ ދުއްވި ސައިކަލުގައި ކާރަކުންޖެހި މިރޭ ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާއަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ. އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ބައްޕަ އަހްމަދު މަނިކު 74އ، އެކްސިޑެންޓްވީ މިރޭ އިޝާނަމާދުން ފައިބައިގެން ޗީބޯ ރެސްޓޯރެންޓުކައިރީ ހުންނަ އޭނާ ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައެވެ. މި އެކްސިޑެންޓާގުޅޭ މައުލޫމާތު އަހްމަދު މަނިކުގެ ޢާއިލީ މެންބަރަކު ‘’ތިލަދުން’’ އަށް ހިއްސާކޮށްފައިވ...
ޔުމްނާ ޢަލީ
ބުރިޖި ހައިވޭގައި 4 ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެކްސިޑެންޓުވީ މާލެއިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. އަދި އެ ސަަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި އެކްސިޑެންޓާއި ގުޅިގެން ބުރިޖުގެ ޓްރެފިކް ބްލޮކްވެފައިވާ ކަމަށާއި އެހެންކަމުން ބުރިޖުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އެދިވަޑައިގެންފައެވެ. މިކަމާއި ގުޅިގެން އިތުރުު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.
މުޙައްމަދު އަފްރާޙް
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް “އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް”، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގާއިމު ކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި 2023/10 ނަންބަރު ދެންނެވުމުގައެވެ. ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނު ގައި ވާގޮތުން “ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން” ގެ މަޤާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފައި ވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް...
މުޙައްމަދު އަފްރާޙް
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަން ކުރައްވައިފިއެވެ. މިއީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ކޮމެޓީއެކެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ހަމަޖެއްސެވުމާއި ގުޅިގެން މަސްއޫލިއްޔަތު ހަވާލު ކުރެއްވުމަށް ސިވިލް ސާވިސް ކޮމިޝަންގައި މިއަދު ވަނީ ާއްސަ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާ އަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް ސާލިހަށް ފޮނުއްވެވި ސިޓީފުޅެއްގައި އިންތިހާބީ ރައީސް ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 30، 2023 ގައި ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާއަށްޓަކައި ނުހަނު އިހްލާސްތެރ...
މުޙައްމަދު އަފްރާޙް
އިންތިގާލީ މުއްދަތުގައި ބޮޑު ހަރަދުކުރަންޖެހޭ އައު އެއްވެސް ކަމެއް ނުކުރުމަށް ޕްރައިވައިޓޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފިއެވެ. އެ އިދާރާ އިން ނެރުއްވި ސާކިއުލާ އެއްގައި ވިދާޅުވީ ރިޔާސީ އައު ދައުރަށް ހޮވިފައިވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރު ފެށުމާ ހަމައަށް މިހިނގާ އިންތިގާލީ މުއްދަތުގައި ކުންފުނިން އާންމުކޮށް ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި އަދި ކުންފުނީގެ މަގުސަދުގައި ނުހިމެނޭ މުޅިން އައު އެއްވެސް ޕްރޮޖެކްޓެއް ނުވަތަ ކުންފުނިން ބޮ...
މުޙައްމަދު އަފްރާޙް
ދޮން ދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އުމުރުން 8 އަހަރުގެ ދޮންދަރިފުޅު އޮކްޓޫބަރު 2018 ގައި ނިދާފައި އޮއްވައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މީހާ ޖިންސީ ގޯނާކުރި ކަމަށް އެ […]
ހުސައިން ހަބީބް
މުދައްރިސުންނަކީ ގައުމުން އަނދިރިކަން ނައްތާލާ ބައްތިތަކެއް ކަމަށާއި ކަތިކަން ނައްތާލާ ރަހަފަތިތަކެއް ކަމަށް އިބްތިހާބީ ރައީސް، މާލޭ ސިޓީގެ ޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްބި މެސެޖުގައި މުދައްރިސުންނަކީ އަންނަހާ ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކާމިޔާބީގެ އައްސޭރިއަށް ގައުމަކަށް ވާސިލުވެވޭނީ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. […]
ހުސައިން ހަބީބް
ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. އެ ހިތާބުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިންމު ގައުމީ ހިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން ވަނީ ފ...
މުޙައްމަދު އަފްރާޙް
އައު ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާއި ޔޫ.އޭ.އީގެ ވިޔަފާރިވެރިންނާއި ވުނޭރުންގެ ބައިވެރިވުމަށް ރާއްޖޭގެ އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިންތީހާބީ ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި، ޔޫ.އޭ.އީ އާއެކު އޮންނަ ގުޅުން މި...
މުޙައްމަދު އަފްރާޙް