ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ދަރިފުޅާއެކު ސައިކަލުގައި ވަޑައިގަންނަވަނިކޮށް މީހަކު މަރުގެ އިންޒާރު ދީފިއެވެ.
މޫކޭ ރޭ 21:30 ގައި މީހެއްގެ ފޮޓޯ ''އެކްސް''ގައި ހިއްސާކުރައްވަމުން ލިޔުއްވާފައިވާ ގޮތުގައި އެ މީހާ ވަނީ މޫކޭ ދަރިފުޅާއެކު ސައިކަލުގައި ވަޑައިގަންނަވަނިކޮށް އަވުގުރާނަ ގޮވައި، މާރާމާރީ ހިންގާފައެވެ.
''އަދި ދަރިފުޅާއި އަޅުގަނޑު މަރާލާނެ ކަމަށްބުނެ އިންޒާރުވެސް ދީފައި'' މޫކޭ ވިދާޅުވެފަވެއެވެ.
މީނާ ވަނީ މިއަދު ހަވީރު އަޅުގަނޑު ދަރިފުޅާއި އެކު ސައިކަލުގައި ދަނިކޮށް އަޅުގަނޑާއި ދަރިފުޅަށް އަވަގުރާނަ ގޮވާ ގަޔަށް އަތްލާ މާރާމާރީ ހިންގާފަ. އަދި ދަރިފުޅާއި އަޅުގަނޑު މަރާލާނެ ކަމަށްބުނެ އިންޒާރުވެސް ދީފަ. މި މައްސަލަ މިހާރު ވާނީ @PoliceMv އަށް ހުށައަޅާފަ. pic.twitter.com/VdJ5si9KBN
— Moosa Ali Manik (@VMookey) October 30, 2023
މޫކޭ ވިދާޅުވެފައިވާގޮތުގައި އެ މައްސަލަ މިހާރު ވަނީ އޭނާ ދިވެހިފުލުހުންނަށް ހުށަހަޅުއްވާފައެވެ.
މި މައްސަލައާއިގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލަ އެ އިދާރާއަށް ރޭގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.
މޫކޭ އަކީ އާރުޑީސީގެ އެމްޑީޕީގެ އިތުރު އެމްޑީޕީގެ މަޑުއްވަރީ ދާއިރާ ރައީސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!