ދަތިކަމުގެ ތެރޭން ކާމިޔާބީޔާބީއަށް ވާސިލްވި ޅ. ނައިފަރު ބައެއް މީހުންގެ ހަޔާތުގެ ވާހަކަތަކުގެ މައްޗަށް، އެރަށު މަދްރަސަތުލް އިފުތިތާހުގެ ގްރޭޑް 10 ގެ ދަރިވަރަކު ލިޔުނު ފޮތުގެ ކޮޕީއެއް ތައުލީމީ ވަޒީރު ޑރ. އައިޝަތު އަލީ އަށް ހަދިޔާ ކޮށްފިއެވެ.
މި ފޮތް ލިޔެފައިވަނީ އެ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުު ކުރަމުންދާ ދަރިވަރު، އަޙްމަދު ޝަޔާން އަންވަރު އެވެ.
އޭނާގެ މި ފޮތަކީ ދަތި އުނދަގޫތަކާއެކު ވެސް ކާމިޔާބީއާ ހަމައަށް ވާސިލުވި، ނައިފަރުގެ އެކި މީހުންނާ އިންޓަވިއުކޮށް، އެ މީހުންގެ ހަޔާތާ ގުޅޭ ވާހަކަތައް ހިމަނަައިގެން ލިޔެފައިވާ ފޮތެކެވެ.
މި ފޮތް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތައުލީމާއި ބެހޭ ވަޒީރު ވަނީ ލިޔުންތެރިކަމުގެ ރޮނގުން ކުރިއަށް ދިއުމަށް ޝަޔާނަށް ހިތްވަރު ދެއްވާފައެވެ. އަދި މި ފޮތުގެ ބޭނުން ގިނަބަޔަކު ހިފައި، އެއިން އިބްރަތެއް ހާސިލުވާނެކަން އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ އެކަމަނާ އާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ލިޔުއްވާފައިވާ ފޮތުގެ ކޮޕީއެއް ޝަޔާން އަށް ހަދިޔާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!