މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,875 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 473 ވަނަ ޞަފްޙާ

މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ހުޅުމާލެގައި އަޅަނީ

މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ހުޅުމާލެގައި އަޅަނީ

މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިއަދު ”އެކްސް”ގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަޤުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެހެންވެ، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށް ވިދާޅުވެފަ ވެއެވެ. މި...

ޔުމްނާ ޢަލީ
ޕީސީބީގެ ބޯޑަށް މުޣުނީ ޢައްޔަނުކޮށްފި

ޕީސީބީގެ ބޯޑަށް މުޣުނީ ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް ހަސަން މުޣުނީ ޢައްޔަނު ކުރައްވައިފިއެވެ. މުޣުނީ އަކީ މިދިޔަ ސަރުކާރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ ދައުރުގައި ހަތަރު އަހަރެއްހާ ދުވަހު ސްޓެލްކޯގެ އެމްޑީކަން ކުރެއްވި މުޣުނީ އެ މަގާމުން ވަކިކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ހަތަރު އަހަރާއި ގާތްވެފައި ވަނިކޮށެވެ. އެއަށްފަހު އޭނާ ޢައްޔަނު ކުރެއްވީ ތ...

ޔުމްނާ ޢަލީ
ޕީސީބީ ބޯޑުގެ ރައީސަކަށް ޙަމްދީ ޢަޤީލް ޢައްޔަނުކޮށްފި

ޕީސީބީ ބޯޑުގެ ރައީސަކަށް ޙަމްދީ ޢަޤީލް ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ޙަމްދީ ޢަޤީލް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޙަމްދީ ޢަޤީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ. ޕީސީބީގެ ބ...

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު، ތިލަމާލެ ބްރިޖުގެ ސައިޓްތަކަށް

ރައީސް މުޢިއްޒު، ތިލަމާލެ ބްރިޖުގެ ސައިޓްތަކަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް މިއަދު އޮޅުންފިލުއްވައިފިއެވެ. “ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް”ގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސް ޒިޔާރަތް ކުރެއްވީ މިއަދު ހަވީރު އެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަދު ހަވީރު ރައީސް ފުރަތަމަ...

ޔުމްނާ ޢަލީ
ސްޕެޝަލް އެންވޯއީ އެއްގެ އިތުރުން 11 ސްޓޭޓް މިނިސްޓަރުން ޢައްޔަނުކޮށްފި

ސްޕެޝަލް އެންވޯއީ އެއްގެ އިތުރުން 11 ސްޓޭޓް މިނިސްޓަރުން ޢައްޔަނުކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށާއި، ސްޓޭޓް މިނިސްޓަރުންގެ މަގާމަށް 11 ބޭފުޅަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ރައީސް، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް، ޢައްޔަނު ކުރައްވާފައި ވަނީ، ޢަލީ ޝަރީފް އެވެ. މިއަދު ސްޓޭޓް މިނިސްޓަރުކަމަށް ޢައްޔަނުކުރެއްވި ބޭފުޅުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެ...

ޔުމްނާ ޢަލީ
އަޅުގަނޑާއި ނޫމަޑި މައްސަލަ އާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް: ފަތުހީ

އަޅުގަނޑާއި ނޫމަޑި މައްސަލަ އާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް: ފަތުހީ

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އޭނާ އާއި ނޫމަޑި މައްސަލައާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމާ އޭނާ އާއި އެއްވެސް ގުޅުމެއްނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ސަރުކާރުގައި ދާޚިލީ ވުޒާރާގެ ނައިބު ވަޒީރުކަން ވެސް ކުރައްވާފައިވާ ފަތުހީ މިހެން ވިދާޅުވީ މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖެ ޓީވީން […]

ޔުމްނާ ޢަލީ
ޕީޕީއެމުން މަލީހް ސަސްޕެންޑްކޮށްފި

ޕީޕީއެމުން މަލީހް ސަސްޕެންޑްކޮށްފި

ޕީޕީއެމް/ޕީއެންސީގެ އަސާސީ ގަވައިދާ ހިލާފަށް ޕީޕީއެމް ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރުމުގެ މަސައްކަތް ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެ ޕާޓީގެ ހަރަކާތްތަކުން އޭނާ މިއަދު ސަސްޕެންޑްކޮށްފިއެވެ. ޕީޕީއެމްގެ ދެ ނައިބު ރައީސުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއި ކުރައްވައި މަލީހަށް ފޮނުއްވި ސިޓީގައި ވަނީ ޕީޕީއެމް ސެނެޓަރެއްގެ މަގާމުގައި ހުންނަވައި […...

މުޙައްމަދު
މިދިޔަ ސަރުކާރުން ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ދީފައި ވަނީ ގާނޫނާ ހިލާފަށް: ބަންޑާރަ ނައިބު

މިދިޔަ ސަރުކާރުން ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ދީފައި ވަނީ ގާނޫނާ ހިލާފަށް: ބަންޑާރަ ނައިބު

މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިހެން ވިދާޅުވީ، ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސް ޑރ. މުޙައްމަދު އިއްޔެ އުވާލެއްވި އުވާލެއްވުމާއި ގުޅިގެން ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އުޝާމް ވިދާޅުވީ، އެއްވެސް ގާނޫނަކުން ބާރުލިބ...

ޔުމްނާ ޢަލީ
މަސްވެރިއެއްގެ ލޮލުގައި މަހަކުން ޖެހި އަނިޔާވެއްޖެ

މަސްވެރިއެއްގެ ލޮލުގައި މަހަކުން ޖެހި އަނިޔާވެއްޖެ

ކަންނެލި މަސްވެރިއެއްގެ ލޮލުގައި މަހަކުން ޖެހި އިއްޔެ އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު “އަލްޙަމްދު” ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ ޕޯޓު އިއްޔެ ހަވީރު 16:20 ހާއިރު އެ އިދާރާގެ ކޯސްޓްގާޑަށް ލިބުނު ކަމަށެވެ. މަސްވެރިޔާގެ ލޮލުގައި މަހަކުން ޖެހުނީ އޭނާ ހުރި ދޯނި، ކ. ކާށިދޫގެ އިރުން 13 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. މި […]

ޔުމްނާ ޢަލީ
ޕީސީބީގެ ބޯޑަށް ތިން މެންބަރުން ޢައްޔަނުކޮށްފި

ޕީސީބީގެ ބޯޑަށް ތިން މެންބަރުން ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް ތިން މެންބަރުން ޢައްޔަނު ކުރައްވައިފިއެވެ. ޕީސީބީގެ ބޯޑަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ތަނެކެވެ. މި ބޯޑަށް ރައީސް އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ: އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤު ބޭންކިންގގެ ދާއިރާއިން: ވ. ބްލޫއޯޝަން، ލީނާ...

ޔުމްނާ ޢަލީ
ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:05 އިން ފެށިގެން މެންދުރު 12:00 […]

ޔުމްނާ ޢަލީ
ރާއްޖެއާއެކު ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރަން ސައުދީން ނިންމައިފި

ރާއްޖެއާއެކު ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރަން ސައުދީން ނިންމައިފި

ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ. ރާއްޖެ އާއި ސައުދީއާ ދެމެދު އެފަދަ އެއްބަސްވުމެއް ގާއިމު ކުރަން ނިންމީ ސައުދީގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒް ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސައުދީގެ އުމީ ނިއުސް އޭޖެންސީ “ވާސް” އިން މިއަދު ބުނީ ވިޔަފާރީގެ މި އެއްބަސްވ...

މުޙައްމަދު
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ތޮލާލް

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ތޮލާލް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، މުޙައްމަދު ޠަލާލް ޢައްޔަން ކުރައްވައިފިއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަންގެ އެއް ބައިވެރިޔާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި، ޠަލާލް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައެވެ. މިދިޔަ ސަރުކާރުގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވީ މައުރޫފް އަހްމަދު (މާއްޓޭ) އެވެ. ކުރީގެ ރައީސް އަދި އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދި ޑިމޮކްރެޓްސް ޕާ...

ޔުމްނާ ޢަލީ
ޢަރަބިއްޔާ ސްކޫލް އާ އިމާރާތް އަޅާނެ ބިން ކަނޑައަޅައިފި

ޢަރަބިއްޔާ ސްކޫލް އާ އިމާރާތް އަޅާނެ ބިން ކަނޑައަޅައިފި

ޢަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަޅާނެ ބިން ސަރުކާރުން ކަނޑައަޅައިފިއެވެ. ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ‘ދިވެހީންގެރާއްޖެ...

ޔުމްނާ ޢަލީ
ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބަދަލު ނުދެވޭނެ: ރައީސް މުއިއްޒު

ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބަދަލު ނުދެވޭނެ: ރައީސް މުއިއްޒު

ރައްޔިތުންގެ ފައިސާ އިން ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސް މުއިއްޒު ވަނީ އުވާލައްވައިފައެވެ. ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ޚިލާފަށް ނަހަމަ ގ...

މުޙައްމަދު