ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަކަށް އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އައްޔަންކޮށްފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ މަގާމަށް ހަލީމް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ. ހަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި އާރުޑީސީ ހިމެނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް،...
މުޙައްމަދު
ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ އާއި މުދާ ހިމެނޭ ގޮތުން އެއް ބިލިއަނަށް ވުރެން ގިނަ ރުފިޔާ ދައުލަތުން ނަގައިދޭން ނިންމާފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ކޮމިޓީ މިއަދު އުވާލައްވައިފިއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލި އިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައި […]
މުޙައްމަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ ވުޒާރާތަކަށް ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް 25 ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. އަލަށް ސްޓޭޓް މިނިސްޓަރު ކަމަށް ޢައްޔަނުކުރެއްވި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުން އޮތާި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިއަދު ރައީސް އޮފީހުގައެވެ. ރައީސް މިއަދު ޢައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ޢައްޔަނުކުރެއްވި ވުޒާރާތައް: * މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް – ސ. ހިތަދޫ މުދިންގެ، މުޢާޛު ޙަލީމް * މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް – […]
ޔުމްނާ ޢަލީ
އަންނަ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރައްޔިތުންގެ މަޖިލީހުގައި އެދެފިއެވެ. 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އީސީން އެދިފައިވާތީ، އެ ކޮމިޝަންގެ މެންބަރުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދެއ...
ޔުމްނާ ޢަލީ
ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި 1200 އަށްވުރެ ގިނަ މީހުން އަލަށް ގުޅިއްޖެއެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި ލ. އިސްދޫން އެ ޕާޓީއާއި ގުޅުނު 600 މީހުންގެ ފޯމު މި މަހުގެ 20 ވަނަ ދުވަހު އެ ޕާޓީއަށް ވަނީ ލިބިފައެވެ. އަދި އެ އަތޮޅު ގަމުން އެ ޕާޓީއާ ގުޅުނު 370 މީހުންގެ ފޯމުތައް ހަމަ އެދުވަހު ވަނީ އެ ޕާޓީއަށް ލިބިފައެވެ. މި ފޯމުތަކާއި ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން، ރައީސް އޮފީހުގެ […]
ޔުމްނާ ޢަލީ
ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް ރައީސް އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެެއްވުމާގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް އެ އޮފީހުގެ މުވައްޒަފު...
ޔުމްނާ ޢަލީ
އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ވަކިކުރި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް 2.2 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށްފަހު މޯލްޑިވިއަން ކުންފުނިން މައްސަލަ އަނބުރާ ގެންގޮސްފި އެވެ. ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންގެ މަގާމުން 2019 ވަނަ އަހަރު އަމީން ވަކިކުރި މައްސަލާގައި އޭނާއަށް ވަޒީފާ އަނބުރާ ދޭން ސިވިލް ކޯޓުން ނިންމި މައްސަލަ މޯލްޑިވިއަން ކުންފުނިން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް މޯލްޑިވިއަން ކުންފުނިން ވަނީ 2.2 މިލިއަން ރުފިޔާ އަމީނަށް […]
ހުސައިން ހަބީބް
އައްޑޫ ސިޓީގައި ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖު (ނެޝަނަލް ކޮލެޖު ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓު)ގައި ޑިއުޓީ އަދާކުރާ ފުލުހަކު ރޭ އިޝާނަމާދަށް ދިޔަގޮތައް ގެއަަށް ނައިސް ޚަބަރު ނުވެގެން ރޭ އެ އިދާރާއަށް ރިޕޯޓުކޮށްފަ ވާކަމަށެވެ. މި ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ރޭ މެންދަމު 12:40 ގައެވެ. އެ ފުލުސް މީހާ ހޯދަމުން ދަނިކޮށް ފެނުނީ ހިތަދޫ […]
ޔުމްނާ ޢަލީ
ރާއްޖެ އިން ބޭރަށް ދަތުރު ކުރާ ދިވެހިންނާއި ރާއްޖެ އަންނަ ދިވެހިންނަށް “ޓްރެވެލާ ޑެކްލެރޭޝަން” ފޯމު ނުވަތަ އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިއަދު ހަމަޖައްސަވައިފިއެވެ. އެގޮތަށް ނިންމި ނަމަވެސް ރާއްޖެ އަންނަ އަދި ރާއްޖެ އިން ބޭރަށްދާ ފަތުރުވެރިންނާއި ބިދޭސީން އަދިވެސް އިމުގާ ފޯމް ފުރަން ޖެހޭނެއެވެ. އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަމްއާން ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ...
މުޙައްމަދު
މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުކައިރީ އެކްސިޑެންޓް ހިނގީ ކާރު ކޮންޓްރޯލްނުވެގެން ގޮސް ތިން ސައިކަލުގައި ޖެހިގެން ކަމަށާއި، އެ ހާދިސާގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އެކްސިޑެންޓްގެ އިތުރު ތަފްސީލް ދެއްވަމުން ފުލުހުން މިރޭ ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 19:42 ގައި އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި […]
ޔުމްނާ ޢަލީ
ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ އެކްސިޑެންޓެއް ހިނގައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ، ކާރަކާއި ތިން ސައިކަލް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، އެމީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު މިރޭ ޢައްޔަނުކުރައްވައިފިއެވެ. ޒަރީރު މި މަގާމަށް އައްޔަނުކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރުން އޮތީ މިރޭ ރައީސް އޮފީހުގައެވެ. ޒަރީރަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ނައިބު ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ޒަރީރު މިރޭ ޖަލުތަކުގެ ވެރިއަކަށް ހަމަޖެއްސިއިރު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު މިރޭ ވަނީ އައްޔަނުކުރައްވާފައެވެ. ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޢިއްޒު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު މިރޭ ޢައްޔަނު ކުރައްވައިފިއެވެ. ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިޢު ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، މާނިޢު ވަނީ ކުރައްވާފަ އެވެ. މި މަޤާމަށް މާނިޢު ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ދޫކުރި ފްލެޓުތައް ރިވިއު ކުރަން ނިންމާފައިވާ ކަމަށް މި ސަރުކާރުގެ މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި ކުރީ ސަރުކާރުން އާންމު ކުރިއިރު، އެ ލިސްޓު ނެރުނީ ބޭއިންސާފުން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން […]
މުޙައްމަދު
މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓު ވާދަކުރައްވާނެ ކެންޑިޑޭޓަކީ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ދަ ޑިމޮކްރެޓްސް އިން ބުނީ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީ އަށް ކުރިމަތިލުމަށް މި މަހުގެ 5 ވަނަ ދުވަހު އިއުލާންކޮށްފައިވާ މުއްދަތުގައި އެ މަގާމަށް ވާދަކުރުމަށް ހުށަހަޅުއްވާފައި ވަނީ ސައިފް އެކަނި ކަމަށެވެ. […]
މުޙައްމަދު