ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ތަފާތު ސަރުކާރެއް ކަމަށާއި ސަރުކާރު ހިންގާނީ “މުއިއްޒު ދުވެލީ” ގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. “ވިޒިޓާ އިކޮނޮމީ ކައުންސިލް” ގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚަލީލް އެގޮތަށް ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އާ ކަންކަން ނުހިމެނޭ ކަމަށް ދިވެހި ނޫސްވެރިއަކު ކުރި ސުވާލެއްގައި ފާހަގަ ކުރުމާ ގުޅިގެންނެވެ. އެ ސުވާލާ ގުޅިގެން ޚަލީލް […]
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުން މިހާރު ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް މައްޗަށް ޖެއްސުން ކަމަށް “ވިޒިޓާ އިކޮނޮމިކް ކައުންސިލް”ގެ ކޯ ޗެއާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އަލަށް އުފެއްދި ވިޒިޓާ އިކޮނޮމިކް ކައުންސިލުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ ކައުންސިލަކީ ދުރުރާސްތާ އާއި މެދުރާސްތާ އާއި އަދި ކުރުރާސްތާއަށް ވެސް ޓާގެޓްކުރެ...
މުޙައްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ހައި ކޯޓުން ތާވަލްކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޔާމީން 11 އަހަރަށް ޖަލަށްލައި, ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު, ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. […]
ހުސައިން ހަބީބް
ހއ. ވަށަފަރު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން، ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް ރޭ ޢައްޔަނުކޮށްފިއެވެ. މުޙައްމަދު މަގާމަށް ޢައްޔަނުކޮށް މަގާމުގެ ލިޔުން ހަވާލުކުރީ ރޭ ރައީސް އޮފީހުގައޮ އޮތް ރަސްމިއްޔާތެއްގަ އެވެ. މުޙައްމަދާއި ލިޔުން ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މުޙައްމަދަކީ ކައުންސިލްތަކުގެ ނިމުނު ދައުރުގެ ވަށަފަރު ކައުންސިލްގެ ރައީސް އެވެ. އޭނާ އެ މަގާމު ފުރުއްވީ ޕްރޮގްރެސިވް ޕާޓީ އޮފް […]
ޔުމްނާ ޢަލީ
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުޙައްމަދު ޝަމްޢާން ވަޙީދު މިރޭ ޢައްޔަނުކުރައްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޝަމްޢާން މި މަޤާމަށް ޢައްޔަނުކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ޝައްމާން ވަނީ މީގެ ކުރިން އިމިގްރޭޝަންގައި 14 އަހަރު ޚިދުމަތްކުރައްވައިފައެވެ. ނަމަވެސް ކުރީ ސަރުކާރުން އޭނާ ވަނީ ވަޒީފާއިން އެކަހެރިކޮށްފައެވެ. މީގެ ކުރީން އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމަށް ހުންނެވީ، މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ)...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާ އިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ. ފުލުހުން މި މައްސަލައިގައި ހަމައެކަނި ބުނީ ކޭޕާކް މައްސަލައިގައި ތުހުމަތު ކުރެވޭ މަންޑޭ ދިރިއުޅޭ ގެ ކޮޓު އަމުރެއްގެ ދަށުން އިއްޔެ ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. […]
މުޙައްމަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިރޭ ޢައްޔަނު ކުރައްވައިފިއެވެ. މުންދު މީގެ ކުރިން ވަނީ ސްޕޯޓްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމާއި އަދި ސަރުކާރުގެ ތަރުޖަމާންގެ މަގާމުވެސް އަދާކުރައްވާފަ އެވެ. މުންދުއަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. މީގެ ކުރިން ރައީސް މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރގެ މަގާމަށް، ޑޮކްޓަރ މަޙްމޫދު ޝައުޤީ މިރޭ ޢައްޔަނު ކުރައްވައިފިއެވެ. ޝައުޤީ އެމަޤާމަށް ޢައްޔަނު ކުރައްވައި މަޤާމްގެ ފަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ޑރ. ޝައުގީ އަކީ ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު ކަމާއި، ފަތުރުވެރިކަމާބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފޫޅެކެވެ. ޝައުޤީ މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ޝައުޤީ ޖޭޕީއަށް ރަސްމީކޮށް ސޮއި ކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރު، އިޤްބާލް އާދަމް ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް މިރޭ ޢައްޔަނުކޮށްފިއެވެ. އިޤްބާލް އެ މަޤާމަށް ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އެރުވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިރޭ ރައީސް އޮފީހުގައެވެ. އިޤްބާލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލީ ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވި ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރުކަމުން އުސްތިއުފާދެއްވައި އެ ޕާޓީން ވަކިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރައީސް ޑރ. […]
ޔުމްނާ ޢަލީ
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ތިން ކައުންސިލެއް މިއަދު އެކުލަވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ސަރުކާރުން މިއަދު އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލަކީ، ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މިކައުންސިލުތަކުގެ ތެރެއިން މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވާނީ ސީދާ ރައީސް، ޑރ. މުޙައްމަދު މުޢިއްޒެވެ. ސޯޝަލް ކައުންސިލް ޗެއާ ކުރައްވަނީ ނައިބ...
ޔުމްނާ ޢަލީ
އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބުދުﷲ ޚަލީލް ވިދާޅުވީ، އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތަފުސީލު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްތަރު ބަލަހައްޓަނ...
ޔުމްނާ ޢަލީ
ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ނުރައްކާވާގޮތައް ހުރި މާއްދާތައް ދިރާސާކުރަމުން އަންނަ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެމްޕޭންގައި ވެވަޑައިގެންފާ ވަޢުދުފުޅެކެވެ. މި ފަދަ އެއްބަސްވުންތައް ހާމަކުރާނީ ކޮން އިރަކުންތޯ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއ...
ޔުމްނާ ޢަލީ
ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ގެންދާ މީހުން އަތުން ޙައްޖަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން ބޮޑު އަގުނަގާ މައްސަލަ ހައްލުކުރުމަށް ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާފަށާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރައިގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރޭގެ ”ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ކޯޓާ ދޭ ކުންފުނިތަކުން ހައްޖު ޖާގަ އަށް ބޮޑު އަގުގައި ފައިސާ ނަގާ މަ...
ޔުމްނާ ޢަލީ
މުލިއާގެ ރައީސްގެ ރަސްމީގެކޮޅަށް ހަމަޖެއްސުމަކީ ނަޝީދު ގައުމަށް ޖެއްސި މުސީބާތެއް ކަމަށާއި، އެތަން ބަހައްޓަންވީ ތަރިކައެއް ގޮތުގައި ކަމުގައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. މިހެންކަން ހިނގާފައިވާއިރު ރޮޒައިނާ ”އެކްސް”ގައި ވިދާޅުވީ، ތީމުގެ އަކީ ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅުން ދިރިއުޅުއްވަން ރައީސް މައުމޫން ހެއްދެވި ތަނެއް ކަމަށެވެ. ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ތީމުގެ އޮފީހަަކަށް ބަދަލުކުރެއްވުމަށްފަހު، ރައީސްގެ ރަސްމީ ގެކ...
ޔުމްނާ ޢަލީ
އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށާއި، މި މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ކުރާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފ...
ޔުމްނާ ޢަލީ