މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,874 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 455 ވަނަ ޞަފްޙާ

މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ފަށަނީ

މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ފަށަނީ

މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރުގައި މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ކަންގަތި އެވޯޑް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރު ރައްޔިތުންނަށް ކޮށްދޭން އުޅުއްވި މުހިންމު ބޮޑެތި ގިނަ ކަންތައްތަކެއް އޭރު އޮތީ ހުއްޓުވާފައި ކަމަށެވެ. އޭރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށާއި ލޯކަލް […]

މުޙައްމަދު
ރައްޔިތުންގެ ހާލު ބެލުމަށް ސަރުކާރުގެ ވަފްދުތައް ހަފްތާ ބަންދުގައި ރަށްރަށަށް

ރައްޔިތުންގެ ހާލު ބެލުމަށް ސަރުކާރުގެ ވަފްދުތައް ހަފްތާ ބަންދުގައި ރަށްރަށަށް

ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ދަރުބާރުގޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ބޭއްވި “ކަންގަތި އެވޯޑް 2023” ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި ދިވެހި އާއިލާގެ ހުރިހާ އެންމެން އެމަނިކުފާނަށް ވާނީ ހަމަހަމަ ކަމަށެވ...

މުޙައްމަދު
އަންހެނަކު ގެނބެނިކޮށް ސަލާމަތްކޮށް ފަރުވާދެނީ

އަންހެނަކު ގެނބެނިކޮށް ސަލާމަތްކޮށް ފަރުވާދެނީ

ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބެމުން ދަނިކޮށް ސަލާމަތްކޮށް ފަރުވާދެމުން އެބަދެއެވެ. ފުލުހުން މިއަދު ބުނީ ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބެމުންދާ ކަމަށް ރޭ 00:31 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އެ އަންހެންމީހާ ސަލާމަތްކޮށްގެން ވިލިމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ. އެއީ އުމުރުން 32 އަހަރުގެ އަންހެނެކެވެ. ”އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އައިޖީއެމްއެޗަށް...

ޔުމްނާ ޢަލީ
މި ދައުރު ނިމޭއިރު އެއްވެސް ދިވެހި ރައްޔިތަކު ގެދޮރިވެރިކަން ނެތިގެން ހިތާމަ ކުރާކަށް ނުޖެހޭނެ: ރައީސް

މި ދައުރު ނިމޭއިރު އެއްވެސް ދިވެހި ރައްޔިތަކު ގެދޮރިވެރިކަން ނެތިގެން ހިތާމަ ކުރާކަށް ނުޖެހޭނެ: ރައީސް

މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދަރުބާރުގޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ބޭއްވި “ކަންގަތި އެވޯޑް 2023″ ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ”ރަސްމާލެ” ހިއްކުމުގެ މަޝްރޫޢު 18 ޑިސެމްބަރު 2023 ގައި ރައީސް...

ޔުމްނާ ޢަލީ
މިފެށެނީ ރަށްވެހިކަމުގެ އާ ޒަމާނެއް، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް

މިފެށެނީ ރަށްވެހިކަމުގެ އާ ޒަމާނެއް، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް

މިފެށެނީ ދިވެހިންގެ ރަށްވެހިކަމުގެ އާ ޒަމާނެއް ކަމަށާއި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް މި ފަސް އަހަރުތެރޭ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ހަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުންނަށްޓަކައި ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުއެއް ވެރިކަމުގެ ފުރަތަމަ 14 ހަފުތާ...

ޙުސައިން ޝަހުދީ
އިންޑިއާ އާއި ނޭޕާލުން ލޭބަރުން ގެނައުމުގެ ހުއްދަ ދީފި

އިންޑިއާ އާއި ނޭޕާލުން ލޭބަރުން ގެނައުމުގެ ހުއްދަ ދީފި

ބަންގްލަދޭޝްގެ މަސައްކަތްތެރިންނެކޭ އެއްގޮތަށް އިންޑިއާ އާއި ނޭޕާލުން މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ ވަނީ ބަންގްލަދޭޝްގެ ލޭބަރުން ގެނައުމުގެ ހުއްދަ ދީފައެވެ. އަދި އެ ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކުގެ އަންސްކިލްޑް ލޭބަރުން ގެނައުން މަޑުޖައްސާލަން މިނިސްޓްރީން ނިންމިއެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލ...

މުޙައްމަދު
20 ވަނަ މަޖިލިހުގެ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ

20 ވަނަ މަޖިލިހުގެ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ. ގާސިމް އެގޮތަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ރައީސް އޮފީހުން ނުކުމެވަޑައިގެން، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ އެ...

މުޙައްމަދު
މި ސަރުކާރުން ބުނަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް!

މި ސަރުކާރުން ބުނަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ ވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވީ މި ސަަރުކާރަކީ މަރުގެ ހުކުމް […]

މުޙައްމަދު
މުސާރަތައް ބޮޑުކުރުމާ ދެކޮޅަށް ދަ ޑިމޮކްރެޓިކްސްއިން ''ތްރީލައިން ރެޑް ވިޕެއް'' ނެރެފި

މުސާރަތައް ބޮޑުކުރުމާ ދެކޮޅަށް ދަ ޑިމޮކްރެޓިކްސްއިން ''ތްރީލައިން ރެޑް ވިޕެއް'' ނެރެފި

ސަރުކާރުގެ ވެރިންނާއި، ކުންފުނިތަކާއި މަޖިލިސް މެންބަރުންނާއި ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރި ފާސްކުރުން އަނބުރާ ގެންދަން ދަ ޑިމޮކްރެޓްސް އިން ގޮވައިލައިފިއެވެ. އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ މުސާރަތައް ބޮޑުކުރުމާއިގުޅޭގޮތުން މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ނިންމުމާއި ދެކޮޅަށް ”ތްރީލައިން ރެޑް ވިޕެއް” ނެރެފައެވެ. ތްރީލައިން ރެޑް ވިޕަކީ އޭގެ މައްޗަށް ހުރިހާ ޕީޖީ މެންބަރުން ޢަމަލު ކުރުން ލާޒިމް ނިންމުމެކެވެ. އެ ނިމުން ހާމަކޮށް އެ ޕާޓީން މިއަދު ނެރުނު […...

ޔުމްނާ ޢަލީ
ރައީސް، ސިޔާމް، ނާޒިމް އަދި ހަސަން އާއި ވެސް ބައްދަލުކުރައްވައިފި

ރައީސް، ސިޔާމް، ނާޒިމް އަދި ހަސަން އާއި ވެސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު އިތުރު ތިން ޕާޓީއެއްގެ އިސް ވެރިންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް ފުރަތަމަ ބައްދަލު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އާއެވެ. އެއަށްފަހު މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާއި ވަނީ ބައްދަލު ކުރައްވާފައެވެ. ސިޔާމަށްފަހު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު […]

ޔުމްނާ ޢަލީ
ލަމްހާ އަނެއްކާވެސް ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

ލަމްހާ އަނެއްކާވެސް ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް، އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ […]

ހުސައިން ހަބީބް
ރައީސް އާއި ޤާސިމް ބައްދަލުކުރައްވައިފި

ރައީސް އާއި ޤާސިމް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގެ އިތުރު ތަފްސީލެއް އެ އޮފީހުން އަދި ނުދެއެވެ. މި ބައްދަލުވުމާއިގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވާލުމަށް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު އަށް ގުޅާލުމުން އެ ބައްދަލުވުމާގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ޤާސިމް ރައީސް އާއި ބައ...

ޔުމްނާ ޢަލީ
މުސާރަ އަށް އިތުރުވާ ބައި ނުނަންގަވަން ރައީސް މުއިއްޒު ނިންމަވައިފި

މުސާރަ އަށް އިތުރުވާ ބައި ނުނަންގަވަން ރައީސް މުއިއްޒު ނިންމަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިގެ ކުރިއެރުން ނުނަންގަވައި އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރެއްވުމަށް އެމަނިކުފާނު މިއަދު ނިންމަވައިފިއެވެ. ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އަދި އެ މުސާރަތައް ބޮޑުކުރުމަށް ބޭނުންފުޅު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. “އެއްވެސް މަޝްވަރާއެއް ކުރުމެތް ނެތި މި ގެނައި ބ...

މުޙައްމަދު
މުސާރަ ބޮޑުކުރަން ރައީސްގެ ތާއީދެއްނެތް، އެމްޑީޕީން އުޅެނީ ނަފުރަތު އުފައްދަން: ތަރުޖަމާނު

މުސާރަ ބޮޑުކުރަން ރައީސްގެ ތާއީދެއްނެތް، އެމްޑީޕީން އުޅެނީ ނަފުރަތު އުފައްދަން: ތަރުޖަމާނު

ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު ތާއީދު ނުކުރައްވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ. އެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ، ރައީސް އާއި ނާއިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށެވެ. އެއީ ރައީސް ޑރ. މުޢިއްޒު ތާއީދުކުރައްވާ ނިންމުމެއްނޫން ކަމަށް ވެސް އިސް ތަރުޖަމާނު ވިދާޅުވިއެވެ. ”ސަރުކާރުގެ އެންމެ އިސް […]

ޔުމްނާ ޢަލީ
ބޮޑެތި ޕާޓީތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން، އާ ވިސްނުމަކަށް ދާންޖެހޭ: ފާރިޝް

ބޮޑެތި ޕާޓީތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން، އާ ވިސްނުމަކަށް ދާންޖެހޭ: ފާރިޝް

މަޖިލީހުގެ މެންބަރުންނާއި ދައުލަތާއި ކައުންސިލްތަކުގެ ވެރިންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމުމުން އެކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން ފާޑު ވިދާޅުވެއްޖެއެވެ. އެކަމަށް ފާޑުވިދާޅުވެ، ކުރިން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ފާރިސް ”އެކްސް”ގައި ލިޔުއްވާފައިވާ ގޮތުގައި މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެން ދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް-ޕީއެނ...

ޔުމްނާ ޢަލީ