މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 431 ވަނަ ޞަފްޙާ

ޕާޓީ ބަދަލެއް ނުކުރަން، ދައުރު ނިންމާނީ ވެސް އެމްޑީޕީގައި: ޝިފާޢު

ޕާޓީ ބަދަލެއް ނުކުރަން، ދައުރު ނިންމާނީ ވެސް އެމްޑީޕީގައި: ޝިފާޢު

އެހެން ޕާޓީއަކާއި ގުޅުނުވާހަކަ ދޮގުކުރައްވައި، އޭނާ ދައުރު ނިމެންދެން ދެމިހުންނާނީ މަޖިލީހުގެ މެންބަރަކަށް އިންތިޚާބުވިއިރު ވެސް ހުންނެވި،  އެމްޑީޕީގައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީ އަށް އޭނާ ސޮއިކޮށްފިކަމަށްބުނެ އެކްސްގައި ‘’ހަސަން ކުރުސީ’’ ކިޔާ މީހަކު ކުރި ޕޯސްޓެއް ދޮގުކުރައްވަމުންނެވެ. އެވާހަކަ ދޮގުކުރައްވައި ޝިފާޢު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބުވީ އެމްޑީޕީގެ...

ޔުމްނާ ޢަލީ
އުޝާމް ވެސް އަލުން އޭޖީކަމަށް ޢައްޔަނުކޮށްފި

އުޝާމް ވެސް އަލުން އޭޖީކަމަށް ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބު އަހްމަދު އުޝާމް އަލުން ބަންޑާރަނައިބުކަމުގެ މަޤާމަށް މިއަދު  ޢައްޔަނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ބަންޑާރަނައިބުކަމަށް އުޝާމް ޢައްޔަނުކުރައްވައި، ރައީސް މުޢިއްޒު ވަނީ އޭނާ އަށް މަޤާމުގެ ފަތްކޮޅު  އަރުވާފައެވެ. މީގެ އިތުރުން ބަންޑާރަނައިބު އުޝާމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައިވާގޮތުގެ މަތީން އެ ކޮމިޝަންގެ މެންބަރުކަމަށް ވެސް ޢައްޔަނުކުރައްވާފައެވެ. ބަންޑާަރަނައިބުކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބ...

ޔުމްނާ ޢަލީ
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުކަމަށް ހައިދަރު ޢައްޔަނުކުރައްވައިފި

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުކަމަށް ހައިދަރު ޢައްޔަނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނޭ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު  ޑރ. ޢަލީ ހައިދަރު އަލުން އެ މަގާމަށް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ޑރ. ހައިދަރު އެ މަގާމަށް ޢައްޔަނުކުރައްވައި ރައީސް މުޢިއްޒު ވަނީ މަޤާމުގެ ފަތްކޮޅު އޭނާ އަށް އަރުވާފައެވެ. މިއަދު ރުހުން ނުދިން ވަޒީރުންގެ ތެރޭގައި ހިމެނޭ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު […]

ޔުމްނާ ޢަލީ
އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް ޢައްޔަނުކުރައްވައިފި

އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢައްޔަނު ކުރައްވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުގައި، އެ ވުޒާރާގެ ވަޒީރުކަމަށް ރައީސް މުޢިއްޒު ވަނީ ޝަހީމް ޢައްޔަނު ކުރައްވާފައެވެ. ޝަހީމް އަލުން އެމަގާމަށް ޢައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު ޝަހީމަށް ރުހުން ނުދިނުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަ...

ޔުމްނާ ޢަލީ
މަންޑޭގެ މައްސަލަ: "ދަރިފުޅު ބުއްފުޅި އާއި ތަންމަތި ވެސް ފުލުހުން ވަނީ ގެންގޮސްފައި"

މަންޑޭގެ މައްސަލަ: "ދަރިފުޅު ބުއްފުޅި އާއި ތަންމަތި ވެސް ފުލުހުން ވަނީ ގެންގޮސްފައި"

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލިއިރު ދަރިފުޅުގެ ބުއްފުޅިއަށް ދާންދެން އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭ ޕާކްގެ ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް ފްލެޓް ވިއްކި ކަމުގެ ތުހުމަތުގައި، މަންޑޭ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓާއި އަގުބޮޑު ތަކެތި ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު […...

ހުސައިން ހަބީބް
ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި

ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ. ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ”ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ...

ޔުމްނާ ޢަލީ
ހޯރަފުށީ ޑަބްލިއުޑީސީގެ ކަނބާފާނު އެވޯޑަށް ކުރިމަތިލާން ފުޅުވާލައިފި

ހޯރަފުށީ ޑަބްލިއުޑީސީގެ ކަނބާފާނު އެވޯޑަށް ކުރިމަތިލާން ފުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަހަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “ކަނބާފާނު އެވޯޑް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ތަފާތު ދާއިރާތަކުން އެ ރަށަށް ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދެއްވާފައިވާ ކަނބަލުންގެ، ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑް މައިގަނޑު ފަސް ދާއިރާއަކުން ވަނީ ދިނުމަށް ނިންމާ...

އިބްރާހިމް ޚަލީލް
ޑިމޮކްރެޓްސްގެ ޕްރައިމަރީ ހަތަރު ދާއިރާއެއްގައި

ޑިމޮކްރެޓްސްގެ ޕްރައިމަރީ ހަތަރު ދާއިރާއެއްގައި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ހަތަރު ދާއިރާއެއްގައި އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމައި، އެ ދާއިރާތަކުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާ 5 ޖެނުއަރީ 2023 ގައެވެ. ދަ ޑިމޮކްރެޓްސް އިން މިއަދު  ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ...

ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް

ހއ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަނީ، މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށެވެ. އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އ...

ޔުމްނާ ޢަލީ
މަޖިލީހުގެ ރައީސް އާއި ނައިބުގެ އިތުބާރުނެތްކަމަށް ހުށަހަޅައިފި

މަޖިލީހުގެ ރައީސް އާއި ނައިބުގެ އިތުބާރުނެތްކަމަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ނައިބު ރައީސް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)ގެ އިތުބާރުނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ވައްދައިފިއެވެ. މި މައްސަލަ ވައްދާފައި ވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްްތިހާދުން އިސްވެ އޮވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ބުނެ މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި މަޖިލީހުގެ ތޭވީސް މެންބަރަކު ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ޕ...

ޔުމްނާ ޢަލީ
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަނީ

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަނީ

ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގެ އިދިކޮޅު ދެ ޕާޓީން ނިންމުމުން މަޖިލިސްކުރާގޭ ދޮށުގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ. ބަންޑާރަނައިބު އަހްމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމާފައިވާއިރު، މަޖިލީހުގައި އެ ޕާޓީއާއި ބައިއަތު ހިފާފައިވާ ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެ ތިން ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ. އެމްޑީޕީންނާއި ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމާފައިވާ ވަޒީރުންނަކީ، އިސްލާމީކަންތައްތަކާ ބެހޭ ވު...

ޔުމްނާ ޢަލީ
އޭޖީއާއެކު ތިން ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

އޭޖީއާއެކު ތިން ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

އެޓާނީ ޖެނަރަލް (އޭޖީ) އަހުމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިއަދު ނިންމައިފިއެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގެ އެޖެންޑާގައި އޮތީ ހިމަނާފައެވެ. ވަޒީރުންނަށް ރުހުން ދިނުމާގުޅޭގޮތުން މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ތްރީ ލ...

ޔުމްނާ ޢަލީ
ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތަށް ހުރަސް އެޅުން: ޕީޕީއެމް/ޕީއެންސީ

ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތަށް ހުރަސް އެޅުން: ޕީޕީއެމް/ޕީއެންސީ

ސަރުކާރުގެ ވަޒީރުންނަށް އެއްވެސް ފުރުސަތެއް ނުދީ އެ ބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭން ޖެހޭ އެއްބާރުލުން ނުދިނުން ކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ. ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ...

މުޙައްމަދު
އިމްރާން، ފުރަތަމަ ފަހަރަށް މަޖިލީހަށް ވާދަކުރައްވަނީ

އިމްރާން، ފުރަތަމަ ފަހަރަށް މަޖިލީހަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި މަކުނުދޫ ދާއިރާ އަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިންމަވައިފިއެވެ. މިއީ މަޖިލިހުގެ ގޮނޑިއަކަށް އިމްރާން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. އަދާލަތު ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިމްރާން ހިމެނޭހެން ހަތަރު ބޭފުޅަކަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިމްރާނަށް ދީފައި ވަނީ އ...

މުޙައްމަދު
ފުވައްމަލުގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

ފުވައްމަލުގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 7:30 ހާއިރު ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ 23 އަހަރުގެ ދިވެއްސެއް ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަކަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މުޙައްމަދު