"ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާ ދެކޮޅަށް" ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއް
ސަރުކާރުން ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓުތަކުން މުވައްޒަފުންނަށް އަންގަމުންދާތީ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ފަށައިފިއެވެ. ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށ...