މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 424 ވަނަ ޞަފްޙާ

ޑޮލަރު ލިމިޓް ކުޑައެއް ނުކުރޭ، މަސައްކަތް ކުރަނީ ހެޔޮ ބަދަލެއް ގެންނަން: ސަރުކާރު

ޑޮލަރު ލިމިޓް ކުޑައެއް ނުކުރޭ، މަސައްކަތް ކުރަނީ ހެޔޮ ބަދަލެއް ގެންނަން: ސަރުކާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް އަދި ކްރެޑިޓް ކާޑް ލިމިޓް ކުޑަކުރަން ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި ކާޑް ލިމިޓަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބީއެމްއެލުން ދޫކުރާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަ ކުރަން ނިންމަނީ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރު […]

މުޙައްމަދު
''ޤައުމިއްޔަތު މާއްދާ މުޅި ރާއްޖޭގައި ކިޔަވައިދޭން ފަށާނީ އަންނަ ދިރާސީ އަހަރު''

''ޤައުމިއްޔަތު މާއްދާ މުޅި ރާއްޖޭގައި ކިޔަވައިދޭން ފަށާނީ އަންނަ ދިރާސީ އަހަރު''

ޤައުމިއްޔަތު މާއްދާ މުޅި ރާއްޖޭގައި ކިޔަވައިދޭން ފަށާނީ އަންނަ ދިރާސީ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން މާވަށު ސްކޫލުގެ ޕްރިންސިޕަލް، ޒުލައިޚާ ރަފީޢު،  ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ސަރުކާރުން ތައާރުފުކުރި ޤައުމިއްޔަތުގެ މާއްދާ ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުން އަންނަކަން ފާހަގަކޮށް، ލ. އަތޮޅު ސް...

ޙުސައިން ޝަހުދީ
އަދާލަތު ކެންޑިޑޭޓުން ވެސް ފޯމު ހުށަހަޅައިފި

އަދާލަތު ކެންޑިޑޭޓުން ވެސް ފޯމު ހުށަހަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅައިފިއެވެ. އަދާލަތު ޕާޓީން މިއަދު ބުނީ، އެ ޕާޓީގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން މިއަދު އީސީ އަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަންނަ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީން ވަނީ ހަތަރު ދާއިރާ އަކަށް ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ. އެ ދާއިރާ ތަކަކީ، ހދ. ވައިކަރަދޫ، މަކުނުދޫ […]

ޔުމްނާ ޢަލީ
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވާލައި، އެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ޓެކްސީ ޑްރައިވަރުންނަށް ހުޅުވާލައިފިއެވެ. ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ. ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ނިންމެވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހ...

ޔުމްނާ ޢަލީ
އެމްޑީޕީން ފޯމު ހުށަހަޅައިފި، 4 ދާއިރާ އަކަށް ވާދައެއް ނުކުރޭ!

އެމްޑީޕީން ފޯމު ހުށަހަޅައިފި، 4 ދާއިރާ އަކަށް ވާދައެއް ނުކުރޭ!

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން 20 ވަނަ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅައިފިއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން އީސީ އަށް މިއަދު ދިޔައިރު، އެ ޕާޓީ ލީޑާޝިޕްގެ ބޭފުޅުން ވެސް އެކުގައި ދިޔައެވެ. 20 ވަނަ މަޖިލީހަށް 93 ދާއިރާ އަކަށް 93 މެންބަރުން އިންތިޚާބު ކުރާއިރު އެމްޑީޕީން 89 ދާއިރާއަކަށް ވެސް ކުރިމަތިލައެވެ. އެނގިފައިވާ ގޮތުގައި ވ. ފެލިދޫ ދާއިރާ، ތ. […]

ޔުމްނާ ޢަލީ
މާޔަންގެ ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މާޔަންގެ ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަރިޔަމް މުހައްމަދު (މާޔަން) ކަރުގައި އޮތް ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މާޔަންގެ ރަން ފަށް ދެ މީހަކުވެގެން ފޭރިގަތީ އިއްޔެ ފަތިހު އޭނާ ދުވަން ނުކުމެ އުޅެނިކޮށް، ބިންމައްޗަށް ވައްޓާލުމަށްފަހުއެވެ. ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ”އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް” ފުލުހުން ބުނެފަވެއެވެ. މި މައްސަލައާއި ގުޅިގެން މާޔަން […]

ޔުމްނާ ޢަލީ
ވޯލްޑް ގަވަމަންޓްސް ސަމިޓަށް ރައީސް ދުބާއީ އަށް ވަޑައިގެންފި

ވޯލްޑް ގަވަމަންޓްސް ސަމިޓަށް ރައީސް ދުބާއީ އަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި އަރަބި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ދުބާއީ އަށް ވަޑައިގެންފިއެވެ. ރައީސް ޔޫއޭއީގެ ދުބާއީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އޭޑީއެފްޑީ ގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔޫއޭއީ ގެ ސަފީރު ޝެއިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން ބިން ރަޙްމާ އަލް ޝަމްސީ އެވެ. ރައީސްގެ މި ދަތުރުފުޅަކީ […]

ޔުމްނާ ޢަލީ
އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަަމަ ބުރު ފަށައިފި

އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަަމަ ބުރު ފަށައިފި

އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ އިފްތިތާޙްކޮށް އެ މަޝްރޫޢުގެ ފުރަތަަމަ ބުރު 77 އިމާމުންނާއެކު އިއްޔެ ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 ވަނީ ފަށާފައެވެ. އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައި ވަނީ ގއ. ގ...

ޔުމްނާ ޢަލީ
''އުނގޫފާރު ބިންހިއްކާއިރު އިތުރު 3 ހެކްޓަރު ހިއްކާނެ''

''އުނގޫފާރު ބިންހިއްކާއިރު އިތުރު 3 ހެކްޓަރު ހިއްކާނެ''

ރ. އުނގޫފާރު ބިންހިއްކާއިރު ކުރިން ކަނޑައަޅާފައި އޮޮތް ވަރަށްވުރެ އިތުރު 3 ހެކްޓަރު ހިއްކަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ރ. އުނގޫފާރުގެ ރައްޔިތަކު އެރަށު ބިންހިއްކުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ”މުޢިއްޒަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައި އެބައޮތޭ ބިން ހިއްކާއިރު ހިއްކެއް އޮތް...

ޔުމްނާ ޢަލީ
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އެދިއްޖެ

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އެދިއްޖެއެވެ. މިރޭ ފަތިހާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނީ ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ އެކިހިސާބުތަކަށް ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފަވެއެވެ. ނަމަވެސް މި ވަގުތުގައި [...

ޔުމްނާ ޢަލީ
‎އިލްހާމް އެމްޑީޕީ ޓިކެޓުގައި ށ. ފުނަދޫ ދާއިރާ އަށް ވާދަކުރައްވަނީ

‎އިލްހާމް އެމްޑީޕީ ޓިކެޓުގައި ށ. ފުނަދޫ ދާއިރާ އަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މަޖިލިހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. އެނގިފައިވާ ގޮތުގައި، މަޖިލިހުގެ ފުނަދޫ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ތާއީދު ކުރައްވަނީ އިލްހާމަށެވެ. ޝާހިދު ވަނީ މިފަހަރުގެ މަޖިލިހުގެ އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ކުރިމަތިނުލެއްވުމަށް ނިންމަވައިފައެވެ. ‎އިލްހާމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި މަޖިލިސް މެމްބަރުކަން ކުރައްވައިފ...

މުޙައްމަދު
ރައީސް ޔޫއޭއީ އަށް ފުރާވަޑައިގެންފި

ރައީސް ޔޫއޭއީ އަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒީ ރަށް، ދުބާއީގައި ބާއްވާ ވަރލްޑް ގަވަރމަންޓް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީ ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް […...

ޔުމްނާ ޢަލީ
އަމީން 27 އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް

އަމީން 27 އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް ވެރިއެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވެ، މީހުން ޖިހާދަށް ފޮނުވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ކުށް ސާބިތުވި ޏ. ފުވައްމުލަކު، ކަރިއްޔާވިލާ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އަމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑަ...

ހުސައިން ހަބީބް
''ކަނޑުން ގެއްލުނު ބައި ހޯދައި، ދިވެހި ބިމަކީ ބޭރުގެ ބާރުތަކަށް ޖާގަ ނެތް ތަނަކަށް ހަދާނަން''

''ކަނޑުން ގެއްލުނު ބައި ހޯދައި، ދިވެހި ބިމަކީ ބޭރުގެ ބާރުތަކަށް ޖާގަ ނެތް ތަނަކަށް ހަދާނަން''

ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ތަނަކަށް ހައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު މިއަދު ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމަށެވެ. އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން […]

ޔުމްނާ ޢަލީ
މާޔަން ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގެންފި

މާޔަން ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގެންފި

ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަރިޔަމް މުހައްމަދު (މާޔަން) ފަތިހު ދުވަން ނުކުމެ އުޅެނިކޮށް އޭނާ ކަރުގައި އޮތް ރަން ފަށް ބަޔަކު ފޭރިގެންފި އެވެ. މާޔަން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ، އޭނާ ހެނދުނު 6:15 ހާއިރު ހުޅުމާލޭ ކްލޭ ސްޓޭޑިއޯ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އައި ދެމީހަކު އޭނާ ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ފިލާފައިވާ ކަމަށެވެ. އެ މައްސަލަ ވަގުތުން ހުޅުމާލޭ ޕޮލިހަށް ރިޕޯޓުކޮށްފައިވާ ކަމަށް […]

ޔުމްނާ ޢަލީ