މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި
ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހެއްގެ އަތަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މިޔަރެއް ހަމަލާދީފައި ވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހަކަށެވެ. “ރިހިވެލި” ނަމަކަށް ކިޔާ ޑިންގީއެއްގައި ދޮށި އުކައިގެން މަސް ބާނަން އުޅުނު އެ މީހާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އޭނާގެ އަތުގައި އަޅައި ވަނީ ޒަޚަމްކޮށްލާފައެވެ. މިޔަރުގެ ހަމަލާގެ ސަބަބުން އެމީހާ ޒަޚަމްވެ ހާލު ދެރަވި […]