އަތޮޅު ކައުންސިލެއްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު މިއަދު އިންތިހާބުކޮށްފިއެވެ. ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް މިއަދު އިންތިހާބުކުރީ ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ފ. ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލެވެ. ހައްވަ 941 ވޯޓު ހޯއްދެވި އިރު، ހަލީލަށް ލިބުނީ 888 ވޯޓެވެ. މިއީ އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. […]