މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 414 ވަނަ ޞަފްޙާ

އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން"

އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން"

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް “ތިލަދުން” ހަމަޖައްސައިފިއެވެ. މިފަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންނަކީ “ތިލަދުން” ގެ އިތުރުން “ވަގުތު” އޮންލައިނާއި “ހަބަރު އޮންލައިން”އެވެ. އެޗްވައިއެމްގެ ފުޓްސަލް މުބާރާތުގައި ކުޅޭ ހުރިހާ މެޗުތަކުގެ މައުލޫމާތު “ތިލަދުން” އިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ “ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ މ...

މުޙައްމަދު
މާލޭގެ މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި

މާލޭގެ މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި

މާލޭގެ މަގުތަކަށް ކުނި އަޅައި މަގުތައް ހަޑިކުރި މައްސަލައިގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، މަގުތައް ފުރާލައިފައެވެ. ގެތަކުން ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ ސާމާނު ހިމެނެއެވެ. މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވުމާ އެކު ސިޓީ ކައުންސިލާއި […]

މުޙައްމަދު
އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ދިިޔަ މައްސަލައިގައި ބަޔަކު ހޯދަނީ

އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ދިިޔަ މައްސަލައިގައި ބަޔަކު ހޯދަނީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ރިޕޯޓްނުކޮށް ސީން ދޫކޮށް ދިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދުމުގެ މައްސަކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަމުންދާކަމަށެވެ. ފުލުހުން ވަނީ އެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައި...

މުޙައްމަދު
ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ، 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. މެންބަރުގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއުގެ ސަބް-ކޮންޓްރެކްޓަރަށް އޭނާ ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ. އެއީ 856،830 ރުފިޔާ އެވެ. މި މަޝްރޫއުއަކީ އިސްމާއިލްގެ ކުންފުންޏާ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން […]

ހުސައިން ހަބީބް
ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ކަމަށް ފެތުރި ވާހަކަ ދޮގުކުރައްވައިފި

ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ކަމަށް ފެތުރި ވާހަކަ ދޮގުކުރައްވައިފި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެމަނިކުފާނަށް ދައުލަތުން ހާއްސަކޮށްފައިވާ ގެކޮޅު، ހިލާލީގެއިން ނިކުމެވަޑައިގެންނެވި ކަމަށް ނޫހަކުން ފެތުރި ޚަބަރު އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ. އެވާހަކަ ދޮގުކުރައްވައި ނައިބު ރައީސް ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ދޮގު ފަތުރައި، މުޖުތަމައު ފަސާދަ ނުކުރުމަށް ގޮވައިލައްވާ ކަމަށް ވެސް ވިދާޅުވެފަވެއެވެ. ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ތާއީދުކޮށް އާންމުގޮތެއްގައި ލިޔުން...

ޔުމްނާ ޢަލީ
ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި

މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނި ގޮތުގައި 1445 ވަނަ އަހަރުގެ ފިތުރު ޒަކާތް 12 މާރިޗުން ފެށިގެން 9 އޭޕްރިލްގެ ނިޔަލަށް ބަލައި ބަލައި ގަންނާނެއެވެ. ފިތުރު ޒަކާތް އޮންލައިންކޮށް ބަނޑޭރިޕޭ، ފަހިޕޭ، ބީއެމްއެލް، އެމްއައިބީ، ދިރާގު އަދި އޫރިދޫ މެދުވެރިކޮށް ވެސް ދެއްކޭނެއެވެ. އަތޮޅުތެރޭގައި ނަމަ ޒަކާތް ބަލައިގަންނަން ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާތަނެއްގައެވެ. އަދި އަތޮޅުތަކުގައި އުޅޭ ރައްޔިތުން ނަށް ވެސް އޮންލައިންކޮށް ޒ...

ޔުމްނާ ޢަލީ
މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި

މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި

މަސްވެރިން މިފްކޯ އަށް މަސް ކިރުމުން މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެވުނު ހުރިހާ ފައިސާއާ އެކުގައި މަސްވެރިންގެ ބެކްލޮގް ކްލިއާ ކުރެވިފައިވާ ކަމަށެވެ. Miadhu dhevunu faisaa aaeku, masverin mi dhiya hukuru dhuvahaahisaabah beyni hurihaa mahah faisaa dhee […]

މުޙައްމަދު
ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނުނަގަން އެމްޓީއޭ އިން ގޮވާލައިފި

ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނުނަގަން އެމްޓީއޭ އިން ގޮވާލައިފި

އަންނަ މަހުން ފެށިގެން ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމުމާ ގުޅިގެން އެކަން ނުކުރަން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ގޮވާލައިފިއެވެ. އެމްޓީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ އެކު، މުދާ އެތެރެ ކުރާ އެންމެހާ ފަރާތްތަކަކީ ވެސް ޑޮލަރުން ކުރަން ޖެހޭ އެންމެހާ ހަރަދުތަކަށް ވެސް ބޭނުންވާ ޑޮލަރު ބޮޑު އަގުގައި ގަންނަން ޖެހޭ ފަރާތްތަކެއް ކަމަށެވެ. […]

މުޙައްމަދު
މާލޭގެ މަގުމަތިން 59.6 ޓަނުގެ ކުނި ނަގައިފި

މާލޭގެ މަގުމަތިން 59.6 ޓަނުގެ ކުނި ނަގައިފި

މާލޭގެ މަގުމަތިން އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން ނުވަ ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމަށެވެ. މާލޭގެ މަގުމަތިން ކުނި ނެގި އަދަދު: 1.5 ޓަނުގެ 16 ޕިކަޕް 2 ޓަނުގެ 1 ޕިކަޕް 350 ޓަނުގެ 26 ޕިކަޕް 3 ޓަނުގެ 7 ޕިކަޕް […]

މުޙައްމަދު
ރައީސް، ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި

ރައީސް، ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި

މި އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. އިސްލާމީ ގިނަ ޤައުމަތަކަށް ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުނީ މިއަދު އެވެ. މި މުނާސަބަތުގައި ‏ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސްގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޤައުމުތަކުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ....

ޔުމްނާ ޢަލީ
ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހަމަޖައްސައިފި އެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އެ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ. ޖޭއެސްސީން މިއަދު ބުނިގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސަކަށް […]

ހުސައިން ހަބީބް
ރަމަޟާން މުބާރިކް! މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

ރަމަޟާން މުބާރިކް! މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

މާދަމާ އަކީ ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިރޭ އެކަން ޢިއުލާންކޮށްފިއެވެ. އެ ވުޒާރާއިން  މިކަން އިޢުލާން ކުރީ، ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު އެވެ. މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަން […]

ޔުމްނާ ޢަލީ
ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑު އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް މޮނިޓާކުރަން ފަށަނީ

ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑު އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް މޮނިޓާކުރަން ފަށަނީ

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި “ވެސެލްސް ޓްރެކިންގ ޑިވައިސް” ހަރުކޮށް މޮނިޓާ ކުރަން ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ރައީސް މި ނިންމެވުން ނިންމެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިކަމާއިބެހޭ ގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާމެދެ މަޝްވަރ...

ޔުމްނާ ޢަލީ
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި

މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި 281 ވެހިކަލް ނައްތާލައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ. ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހ...

މުޙައްމަދު
ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮ ކުރެވޭތޯ މަސައްކަތް ކުރާނަން: ރައީސް

ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮ ކުރެވޭތޯ މަސައްކަތް ކުރާނަން: ރައީސް

ކުރިއަށް އޮތް ރަމަޟާން މަހަށް ތަކެތީގެ އަގު ހެޔޮ ކުރަން އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު”ގެ މިއަދުގެ ސެގްމަންޓްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، […]

މުޙައްމަދު