އދ. ސެންޓަރާ ރިސޯޓުގައި ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި، ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން ފަރުވާދެމުންދާކަމަށް މިއަދު 11:05 ހާއިރު އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

ފަތުރުވެރިޔާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބުނު ދިވެހި މީހާ އދ. ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަމަށް އެތަނުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގެނބިގެން ނިޔާވެފައި ވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގަައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ މަައުލޫމާތު ދީފައެވެ.