މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢަޞްރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 387 ވަނަ ޞަފްޙާ

މޭރީގެ މަރުގެ މައްސަލާގައި ހެކިބަސް ނެގުން ލަސްވެ, ލަމްހާގެ ވަކީލުންގެ ކަންބޮޑުވުން

މޭރީގެ މަރުގެ މައްސަލާގައި ހެކިބަސް ނެގުން ލަސްވެ, ލަމްހާގެ ވަކީލުންގެ ކަންބޮޑުވުން

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ރާއްޖެއިން ބޭރުގައި ތިބި މުހިންމު ހެކިވެރިންތަކެއްގެ ހެކިބަސް ނެގުމުގައި ލަސްތަކެއް ކުރިމަތިވުމުން, އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި ރާއްޖޭގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އާއި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ދައުވާ ކުރެ އެވެ. ދައުލަތުން ތުހުމަތު ކުރަނީ މާވިން އާއި ލަމްހާ […]

ހުސައިން ހަބީބް
މޯދީ، ރައީސް މުއިއްޒުއާ ބައްދަލު ކުރައްވައިފި

މޯދީ، ރައީސް މުއިއްޒުއާ ބައްދަލު ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ރޭ ބައްދަލު ކުރައްވައިފިއެވެ. ރައީސް ޑރ. މުއިއްޒު، އަވަށްޓެރި އިންޑިއާ އަށް ވަޑައިގެންނެވީ، މޯދީގެ ދައުވަތަކަށް، އެމަނިކުފާނު ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ރަސްމިއްޔާތު އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރަޝްވަޕަތީ ބަވަންގައެވެ. މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފްގައި އިންޑިއާގެ ރައީސް ދްރޮޕަދީ މުރްމީ ބޭއްވެވި ރޭ...

މުޙައްމަދު
ތޮއްޑޫގައި ހޭޅިފަށުގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ތޮއްޑޫގައި ހޭޅިފަށުގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ ހޭޅިފަށުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ތޮއްޑޫ ބްރައިޓް އަންހެނުންގެ މަގުގެ ހޭޅިފަށުގައި އަލިފާން ރޯވެފައިވާ ކަމަށް ރޭ 21:29ގައި އެ އިދާރާ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ”މި މައްސަލައާއި ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ވަނީ ހައްޔަރުކޮށްފައި” ފުލުހުން ބުންޏެވެ. މި މައްސަލަ ބަލަމުން އަންނަ ކަމަށް […]

ޙުސައިން ޝަހުދީ
ތޮއްޑޫގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށްފި

ތޮއްޑޫގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކައިރީ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށްފިއެވެ. މި މަހު 5 ވަނަ ދުވަހު ތޮއްޑޫ ކައުންސިލް އިދާރާ ދޮށަށް އެއްވެ، އެރަށު ބަޔަކު ވަނީ އިހުތިޖާޖުކޮށްފައެވެ. މި އިހުތިޖާޖާއި ގުޅިގެން އެދުވަހު ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މީގެ އިތުރުން އެސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ ބައެއް މީހުން ކ...

ޔުމްނާ ޢަލީ
އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ޗެނަލް އާންމުންނަށް ބަންދު ކުރަނީ

އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ޗެނަލް އާންމުންނަށް ބަންދު ކުރަނީ

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ބްރިޖުތަކުގެ ދަށުގައި އޮންނަ ޗެނަލް ނުވަތަ ކޯރު ވަކި ވަގުތަކަށް އާންމުންނަށް ބަންދުވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު 9:30 އިން މެންދުރު 2:00 އާ ހަމައަށް އެ ޗެނަލްއަށް މޫދަށް އެރުމާއި، ޖެޓްސްކީ ދުއްވުމާއި ޑިންގީ ހުރަސްކުރުން މަނާވާނެ ކަމަށެވެ. ޗެނަލް ބަންދުކުރަން ޖެހެނީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް […]

މުޙައްމަދު
ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓުވެއްޖެ

ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓުވެއްޖެ

ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އޭގެ ކަނދެއް ނެއްޓި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގީ ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގަ އެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ސީޕްލޭން ދިޔަވަމުން އަންނަ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ބޯޓުގެ ފަހަތަށް ފެން ގަނޑު ވަދެފައިވާ މަންޒަރު ފެނެ އެވެ. މިކަމާ ގުޅޭ ގޮތުން ޓީއެމްއޭގެ ބަހެއް އަދި ނުލިބެ އެވެ. ފުލުހުންގެ […]

މުޙައްމަދު
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާންޖެހޭ ގޮތަށް ނިންމައިފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާންޖެހޭ ގޮތަށް ނިންމައިފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ގައުން ލައިގެން ތިބެންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ. ފަނޑިޔާރުންގެ ތެރެއިން މިހާރު ގައުން ލަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ. “ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު 2024/01” ގެ ބޭނުމަކީ ޝަރީއަތުގެ މަޖިލީހުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑްރެސް ކޯޑެއް ކަނޑައެޅުމާއި، އެ ޑްރެސް ކޯޑު ދަށު ކޯޓުގެ ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ އުސޫލުތައް ބަޔާންކޮށްދިނުމެވެ. އެގޮތު...

މުޙައްމަދު
ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދަރުބާރު ގޭގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި ކޮންފަރެންސް ކުރިއަށް ގެންދަނީ “ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް” މި ތީމުގެ ދަށުން ނެވެ. ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، މުޅި […]

ޔުމްނާ ޢަލީ
މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް 52.8 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް 52.8 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގެ ގޮތުގައި 52.8 މިލިއަން ޑޮލަރު ހޭދަކުރާ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފިއެވެ. ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ، “ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް އިން މޯލްޑިވްސް” މަޝްރޫޢު މިއަދު އިފްތިތާޙްކުރިއިރު، މި މަޝްރޫޢަށް ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރެއިން 12 މިލިއަން ޑޮލަރު،...

ޔުމްނާ ޢަލީ
ނަދީމްގެ މަރުގެ ދައުވާލިބޭ މަފާޒް ބަންދުކުރަން ޕީޖީން ހައި ކޯޓަށް

ނަދީމްގެ މަރުގެ ދައުވާލިބޭ މަފާޒް ބަންދުކުރަން ޕީޖީން ހައި ކޯޓަށް

ޓާމިނަލް ކެފޭއެއްގެ ތެރޭގައި ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މުހައްމަދު މަފާޒް ހުސައިން ސަލީމް ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ. ޖުލައި، 2017 ގައި ހަމަލާދީ މަރާލި މައްސަލާގައި ގ. ޝާރާޒް މަފާޒާއި ދައުލަތުން ދައުވާކުރީ ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް […]

ހުސައިން ހަބީބް
ގެސްޓުން ގޮވައިގެން ދަތުރުކުރި ސަފާރީއެއްގެ އިންޖީނު ހުއްޓިގެން ފުލުހުން އެހީތެރިވެއްޖެ

ގެސްޓުން ގޮވައިގެން ދަތުރުކުރި ސަފާރީއެއްގެ އިންޖީނު ހުއްޓިގެން ފުލުހުން އެހީތެރިވެއްޖެ

މިސްރާބު ނަމަކަށް ކިޔާ ސަފާރީއެއްގެ އިންޖީނު ހުއްޓުމުން އެ ސަފާރީ އަށް ދިވެހި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އިއްޔެ ހަވީރު 16:22 ހާއިރު ގެސްޓުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ސަފާރީއެއްގެ އިންޖީނު ހުއްޓިގެން މ. އަތޮޅު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ސަފާރީ އަކީ މިސްރާބު ނަމަކަށް ކިޔާ ސަފާރީއެކެވެ. މި ހާދިސާ ހިނގިއިރު މި ސަފާރީ ދަތުރުކުރަމުން ދިޔައީ މ.އަތޮޅުން ފުރައިން […]

ޔުމްނާ ޢަލީ
ރައީސްގެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިވާނެ: ޒަމީރު

ރައީސްގެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިވާނެ: ޒަމީރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކ...

އަޙްމަދު ވަހީދު
ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ބޭނުންވޭތޯ ބަލަނީ

ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ބޭނުންވޭތޯ ބަލަނީ

ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުޑަކުއްޖަކު މަރުވި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމާ މެދު ގޮތެއް ނިންމަން ދައުލަތަށް މިއަދު ފުރުސަތު ދީފި އެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް 2021 ވަނަ އަހަރު ސަދާ ސައުދުﷲ މަރުވި މައްސަލާގައި، އެ ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވެފައިވާތީ އެވެ. އެ […]

ހުސައިން ހަބީބް
ރައީސް އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި

ރައީސް އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށާއި، އެ ޤައުމުގެ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ރަސްމީ ދަތުރުފުޅެކެވެ. އިންޑިއާގެ އިންދްރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސް ވަޑައިގެންނެވުމުން އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް...

ޔުމްނާ ޢަލީ
ދިއްދޫ ހިމެނޭހެން ތިން ރަށެއްގައި ހަތަރު އައުޓްޑޯ ޖިމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

ދިއްދޫ ހިމެނޭހެން ތިން ރަށެއްގައި ހަތަރު އައުޓްޑޯ ޖިމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

ހަތަރު އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފައި ވަނީ ހއ. ދިއްދޫ ހިމެނޭހެން އިތުރު ދެ ރަށެއްގައެވެ. ދިއްދޫގެ އިތުރުން ދެން މި ޖިމްތައް ގާއިމުކުރަނީ ގދ.ވާދޫގައި އެއް ޖިމު އަދި ސ. ހިތަދޫގައި ދެ ޖިމެވެ. ހިތަދޫގައި ދެ ޖިމު ގާއިމުކުރަނީ ހިތަދޫ ރަސްގެދަރަ  ...

ޔުމްނާ ޢަލީ