ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ. މިއީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ އިދާރާއިން ބުނީ، ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މި މަހު 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް ބަލައިފާސ...