ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ބްރިޖުތަކުގެ ދަށުގައި އޮންނަ ޗެނަލް ނުވަތަ ކޯރު ވަކި ވަގުތަކަށް އާންމުންނަށް ބަންދުވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު 9:30 އިން މެންދުރު 2:00 އާ ހަމައަށް އެ ޗެނަލްއަށް މޫދަށް އެރުމާއި، ޖެޓްސްކީ ދުއްވުމާއި ޑިންގީ ހުރަސްކުރުން މަނާވާނެ ކަމަށެވެ.
ޗެނަލް ބަންދުކުރަން ޖެހެނީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ބުނެފައިވެއެވެ.
ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް ސެންޓަރުތައް ހިންގާ ފަރާތްތަކުން މޫދު ކުޅިވަރުގެ ބައެއް ކަންކަމަށް ޗެނަލް ބޭނުންކުރެ އެވެ. ހުޅުމާލޭގައި އަޅާފައި އޮންނަ ސަފާރީތަކުން ވެސް ބްރިޖްގެ ޖެޓީ ބޭނުން ކުރެއެވެ. އޭގެ އިތުރުން އާންމުން މޫދަށް އެރި އުޅުމަށް ވެސް އެ ޗެނަލް ބޭނުން ކުރެއެވެ.
ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ކޯރާ ދިމާލުގައި އެޗްޑީސީން ތަރައްގީކުރަމުން އަންނަ ޗެނަލް ޕާކު ސަރަހައްދުގައި އޯވާވޯޓާ ރެސްޓޯރަންޓެއް އަޅާނެ ބަޔަކު ހޯދަން ވެސް ސަރުކާރުން މީގެކުރިން އިއުލާން ކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!