ހަތަރު އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފައި ވަނީ ހއ. ދިއްދޫ ހިމެނޭހެން އިތުރު ދެ ރަށެއްގައެވެ.

Ad
rt

ދިއްދޫގެ އިތުރުން ދެން މި ޖިމްތައް ގާއިމުކުރަނީ ގދ.ވާދޫގައި އެއް ޖިމު އަދި ސ. ހިތަދޫގައި ދެ ޖިމެވެ. ހިތަދޫގައި ދެ ޖިމު ގާއިމުކުރަނީ ހިތަދޫ ރަސްގެދަރަ ދާއިރާގައި އަދި ހިތަދޫ ބޭރުމަތި ދާއިރާ ގައެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މި މަހުގެ 13 ވަނަ ދުވަހު ހެނދުނު 11:00 ގައެވެ.

އެ ވުޒާރާއަށް މިކަމަށް އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ހުންނަނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ 3 ވަނަ ފަންގިފިލާ ގައެވެ.