ންނެލި ހިފަން ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް ކަންނެލި މަސްވެރިން އިހުތިޖާޖުކުރަން ފަށައިފިއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ރޭ ވަނީ އެ އިހުތިޖާޖަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި މިއަދު ވަނީ އެ އިހުތިޖާޖު ފަށާފައެވެ.
މި އިހުތިޖާޖުގެ ވީޑިއޯތައް ބީކޭއެމްޔޫ އިން އެ ޖަމިއްޔާގެ އެކްސް އެކައުންޓް މެދުވެރިކޮށް ގެނެސްދެމުން އަންނައިރު، ގިނަ އަދަދެއްގެ ބޮޑު ކަންނެލި މަސްވެރިން މި އިހްތިޖާޖުގައި ބައިވެރިވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.
BKMU protest urging for fair price and calling immediate stop licensing longline fishing. @iufap @SolidarityCntr @MFORmv @mtucMV pic.twitter.com/LwcYg6kaZA
— Bodu Kanneli Masveringe union- BKMU (@FishermensUnion) June 12, 2024
މި އިހްތިޖާޖުގެ މައިގނޑު ބޭނުނަކީ ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުނުފުއްދާ ކަންނެލި ހިފަން ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅުހެދުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!