''ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަނީ ހަމައެކަނި ފްލެޓް އިމާރާތްކޮށްގެން ނޫން، ލުއި ލޯނާއި މާލީ އެހީތައް ވެސް ފޯރުކޮށްދޭ''
ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ޢިމާރާތްކުރެވޭ ފްލެޓްތަކުން ނޫން ކަމަށާއި، ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅުދެއްކެވީ މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް މި މޭރުމުން ވާހަކަފުޅުދެއްކެވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހ...